24 މެއި

May 24, 2019 21
ނިއުގެ އަދަބު ފީފާ އިން ތަންފީޒްކުރަން ނިންމައިފި

ނިއު ރޭޑިއަންޓަށް މިދިޔަ ސީޒަނުގައި ކުޅުނު އަފްގާނިސްތާނުގެ ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް ފީފާ އިން ދިން މުހުތަލުގައި ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ ދެއްކުމާ ހަމަޔަށް ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގައި ނިއު އަށް ކުޅުންތެރިން ނުގެނެވޭނެ ކަމަށް ފީފާ އިން އަންގައިފި އެވެ.

21 މެއި

May 21, 2019 12
ނިއުގެ ސަޕޯޓަރުންގެ މަސައްކަތަށް ކުއީން ވަހީދުގެ ތާއީދު

ނިއު ރޭޑިއަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ކްލަބުގެ ސަޕޯޓަރުންގެ ގްރޫޕުން އިސް ނަގައިގެން ފަށާފައިވާ މަސައްކަތުގައި ކްލަބުގެ ކުރީގެ މަސްއޫލުވެރިޔާ ކުއީން އަހުމަދު ވަހީދާ ބައްދަލުކޮށް އޭނާގެ އެއްބާރުލުން އެކަމަށް ހޯދައިފި އެވެ.

19 މެއި

May 19, 2019 9
ނިއުގެ ޖާގަ އެހެން ޓީމަކަށް ނުދޭން ނިންމައިފި

ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް މި އަހަރު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވުނު ނަމަވެސް އެ ޓީމުގެ ބަދަލުގައި ދިވެހި ޕްރިމިއާ ލީގަށް އެއްވެސް ޓީމެއް ނުގެންނަން އެފްއޭއެމުން ނިންމައިފި އެވެ.

15 މެއި

May 15, 2019 30
ނިއު ރޭޑިއަންޓުގެ މައްސަލައިގައި ސަޕޯޓަރުން ތެދުވެއްޖެ

މީގެ ހަ އަހަރު ކުރިން މިއަދަކީ، ކްލަބް ފުޓްބޯޅަ މެޗަކަށް ގަލޮޅު ދަނޑު އެންމެ ފަހުން ފުރުނު ދުވަހެވެ. އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުގައި މެލޭޝިއާގެ ސެލަންގޯ އަތުން 2-0 އިން ނިއު ރޭޑިއަންޓް މޮޅުވެ ކުއާޓާ ފައިނަލަށް ދިޔަ މެޗަށް ގަލޮޅު ދަނޑަށް 8600 މީހުން ވަން ފަހުން ކްލަބް މެޗަކަށް ހާހެއްހާ މީހުން ވަނީ ވެސް އަތުން ގުނާލެވޭހާ މަދު މެޗެއްގަ...

04 އެޕްރީލް

April 04, 2019 10
ސަސްޕެންޝަން ދެމެހެއްޓީ މުއްދަތެއް ދީފައި އޮއްވާ: ނިއު

އެފްއޭއެމްގެ ކޮންގްރެސް އިން ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން ދަމަހައްޓަން ފާސްކޮށްފައިވަނީ، ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް ކަމަށް ނިއު އިން ބުނެފި އެވެ.

25 މާޗް

March 25, 2019 64
ކްލަބްތަކުން ނިއުގެ ސަސްޕެންޝަން ދަމަހައްޓައިފި!

ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެފްއޭއެމުން ސަސްޕެންޑްކުރި ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ދެމެހެއްޓުމަށް މެޖޯރިޓީ ކްލަބްތަކުން މިއަދު ނިންމުމާ އެކު، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބުގެ 40 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ފުރަތަމަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

07 މާޗް

March 07, 2019 11
ނިއުއާ ޒާތީ ކަމެއް ނެތް، އެހީވާން ތައްޔާރަށް މިތިބީ

ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށާއި އެ ކްލަބުން މާލީ އެހީތެރިކަމަށް އެދިފައިވާތީ އެކަމާ މަޝްވަރާކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2019 15
ސަސްޕެންޝަނުގެ ސަބަބުން ހުރިހާ މަގެއް ބަންދުވެއްޖެ!

ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެފްއޭއެމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑްކޮށްފައި އޮތުމުން، އެ މުސާރަ ދެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި ސަސްޕެންޝަން އުވާލައިފި ނަމަ މަސައްކަތްކުރާނީ ދަރަނިތައް ހަލާސްކޮށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެލެވޭވަރުގެ ޓީމެއް މި އަހަރު ނެރެން ކަމަށް ނިއު އިން ބުނެފި އެވެ.

11 ފެބުރުއަރީ

February 11, 2019 5
ކޮންޓްރެކްޓްތައް ބާތިލްކުރީ އުސޫލުން ބޭރުން: ނިއު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ) އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ބާތިލްކުރި ގޮތާ މެދު ނިއު އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

06 ފެބުރުއަރީ

February 06, 2019 15
ނިއު އާއި ހަމްޕުގެ އެއްބަސްވުން އެފްއޭއެމުން އުވާލައިފި

ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިއާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނިއު ރޭޑިއަންޓާ ދެމެދު ހަދާފައިވާ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން މިއަދު އުވާލައިފި އެވެ.

28 ޖެނުއަރީ

January 28, 2019 10
ނިއުގެ ޔޫތު ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިފި

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވުމުން ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ނިއު ރޭޑިއަންޓުގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވާން ފުރުސަތު ދިނުމުގެ ގޮތުން އެފްއޭއެމުން މުބާރާތުގެ ރަޖިސްޓްރޭޝަން އަލުން ހުޅުވާލައިފި އެވެ.

27 ޖެނުއަރީ

January 27, 2019 6
ނިއު އަށް ފިޔަވަޅު އެޅީ ބާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން: ޝާހު

ނިއު ރޭޑިއަންޓް ސަސްޕެންޑްކުރަން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ، ލިބިދޭ ބާރެއް ނަހަމަ ގޮތެއްގައި ބޭނުންކޮށްގެން ކަމަށާއި، ޒާތީ ތައައްސަބުން ފުރިފައިވާ އެ އަމަލުން...

January 27, 2019 24
ކޮޅުފައިން ޖަހައި ނިއު ވައްޓާލުން: ޒާތީ ކަމެއް؟!

ދިވެހި ކުޅިވަރުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރަން...

26 ޖެނުއަރީ

January 26, 2019 9
އެފްއޭއެމުން އެޅީ ޒާތީ ފިޔަވަޅެއް: ނިއު

ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ، އެފްއޭއެމުން އެޅީ ތާކުންތާކު ނުޖެހޭ ޒާތީ ފިޔަވަޅެއް ކަމަށް ނިއު ރޭޑިއަންޓުން މިރޭ ބުނެފި އެވެ.

January 26, 2019 25
މުސާރައިގެ މައްސަލާގައި ނިއު ސަސްޕެންޑްކޮށްފި

މިދިޔަ އަހަރު 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދީފައި ނުވާތީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)...

25 ޑިސެމްބަރ

December 25, 2018 14
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

13 ފެބުރުއަރީ

February 13, 2018 5
މެޗު ކެންސަލްކުރީ ގައުމީ ޓީމާއި ކްލަބްތަކަށް ވިސްނާފައި

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަސްކުރި މައިލޯ ޗެރިޓީ ޝީލްޑް މެޗު ކެންސަލްކޮށްފައިވާ ކަމަށާއި އެކަން ކުރީ ކަލަންޑަރަށް ބަދަލެއް ގެނެވިއްޖެ ނަމަ ގައުމީ ޓީމްތަކަށާއި ކްލަބްތަކަށް ގެއްލުންވެދާނެތީ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

06 ފެބުރުއަރީ

February 06, 2018 11
ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން ފުޓްބޯޅަ ސީޒަން ހުޅުވުމަށް މިރޭ ކުޅެން ހަމަޖެހިފައި އޮތް އެފްއޭ ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2017 7
ނިއުގެ ކާމިޔާބަށް ފީފާގެ ރައީސްގެ މަރުހަބާ

ހަ ސީޒަނުގެ ތެރޭ ފަސް ވަނަ ފަހަރަށް ރާއްޖޭގެ ލީގު ޗެމްޕިއަންކަން މި އަހަރު ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަރުހަބާ ވިދާޅުވެއްޖެ އެވެ.

18 މެއި

May 18, 2017 8
ނިއު އަށް ދިން އަދަބު ދަމަހައްޓަން ނިންމައިފި

އެސްޓީއޯ މާލޭ ލީގުގައި މި މަހުގެ 7 ވަނަ ދުވަހު އީގަލްސް އަތުން ނިއު ރޭޑިއަންޓް 1-0 އިން ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ނިއުގެ ކުޅުންތެރިންނަށް ދިން އަދަބު އެ ކްލަބުން އެޕީލްކުރި ނަމަވެސް، އަދަބު ލުއިނުކުރަން އެފްއޭއެމްގެ އެޕީލް ކޮމިޓީން ނިންމައިފި އެވެ.

17 މެއި

May 17, 2017 27
އިމްރާން، ގަލާޑޯ، ޖަމީލް އަދި މުއްކި ސަސްޕެންޑްކޮށްފި

އެސްޓީއޯ މާލޭ ލީގުގައި މި މަހު ހަތް ވަނަ ދުވަހު ނިއު ރޭޑިއަންޓް އަތުން އީގަލްސް 1-0 އިން މޮޅުވި މެޗަަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން އެ މައްސަލަތައް ބެލުމަށް ފަހު އެ ދެ ކްލަބަށް އަދަބުދީފި އެވެ.

21 ފެބުރުއަރީ

February 21, 2017 9
ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް އުނދަގޫތަކެއް

އެފްއޭއެމާއި ރާއްޖޭގެ ބައެއް ކުންފުނިތައް ގުޅިގެން ކްލަބްތަކަށް ދޭން ނިންމާފައިވާ ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް މާލީ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.