12 ސެޕްޓެމްބަރ

September 12, 2019 16
އިންޒާރަކާ އެކު ފީފާ އިން ނިއު އަށް މުހުލަތެއް ދީފި

ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް ދޭން ޖެހޭ ފައިސާ ދައްކަން ފީފާ އިން އެންގި އެންގުމަށް އަމަލުކޮށްފައިނުވާތީ އިތުރު 30 ދުވަހުގެ މުހުލަތެއްދީ އެ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބުދޭނެ ކަމުގެ އިންޒާރު ފީފާ އިން ދީފި އެވެ.

31 ޖުލައި

July 31, 2019 7
އަމީރީ ނިއުގެ ވަގު ލިޔުންތަކެއް ހެދިކަން ފަޅާއަރައިފި

ނިއު ރޭޑިއަންޓަށް މިދިޔަ ސީޒަނުގައި ކުޅުނު އަފްގާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ، އެ ކްލަބުގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮންގެ ސޮއި ފޯޖްކޮށް، ކްލަބުގެ ނަމުގައި ފޭކް ރިލީޒް ލިޔުންތަކެއް އިންޑިއާ ކްލަބަކަށް ހުށަހެޅި މައްސަލައެއް ފެންމަތިވެ، އެކަން ފީފާ އަށް ހުށަހަޅަން ނިއު އިން ނިންމައިފި އެވެ.

30 ޖުލައި

July 30, 2019 9
ނިއު ރޭޑިއަންޓުގެ ކުރީގެ އޮފިޝަލް އައްޔަ މަރުވެއްޖެ

އޮފިޝަލެއްގެ ގޮތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގިނަ އަހަރުތަކެއް ވަންދެއް މަސައްކަތްކޮށްދިން އަލީ މުހައްމަދު (އައްޔަ) ރޭ ފަތިހު މަރުވެއްޖެ އެވެ.

27 ޖުލައި

July 27, 2019 5
އޮސްކާ އަށް ބަންގްލަދޭޝް ފުޓްބޯޅައިގެ ރެކޯޑެއް

ރާއްޖޭގެ ނިއު ރޭޑިއަންޓަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބަންގްލަދޭޝް ފުޓްބޯޅައިގައި ވެސް ވިދާލައިފަ އެވެ. އޭނާ މިވަނީ ފުރަތަމަ ސީޒަނުގައި ބަޝުންދުރަ ކިންގްސް ގޮވައިގެން ނުކުމެ ބަންގްލަދޭޝްގެ ޕްރިމިއާ ލީގާއި އިންޑިޕެންޑެންސް ކަޕް ކާމިޔާބުކުރި ފުރަތަމަ ކޯޗު ޝަރަފާ އެކު ބަންގްލަދޭޝް...

01 ޖޫން

June 01, 2019 30
ނިއު އިން ފެށި މަސައްކަތް ހުއްޓުމަކަށް

ކުޅުންތެރިންނަށް މުސާރަ ނުދީގެން އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މި ސީޒަނުގައި ކުޅެން ފުރުސަތު ލިބޭތޯ، އެ ކްލަބުން ކުރަމުން އައި މަސައްކަތް ހުއްޓާލައިފި އެވެ.

26 މެއި

May 26, 2019 11
ނިއުގެ ކުރީގެ އިސްވެރިން ބައްސާމާ ބައްދަލުކޮށްފި

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އަލުން ފުޓްބޯޅައިން ފުރުސަތު ލިބޭތޯ ކުރަމުން އަންނަ މަސައްކަތުގައި އެ ކްލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ކުރީގެ ޗެއާމަން ކާމިނީޕޫލް ހަސަން މަނިކު މިއަދު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ބައްދަލުކުރައްވައިފަ އެވެ.

25 މެއި

May 25, 2019 2
ސެންޓޭ ދެ ކްލަބަކާ މަޝްވަރާކުރަނީ

އަންނަ ސީޒަނުގައި ވެސް ފެންނާނެ ކަމަށާއި ދެ ކްލަބަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

24 މެއި

May 24, 2019 21
ނިއުގެ އަދަބު ފީފާ އިން ތަންފީޒްކުރަން ނިންމައިފި

ނިއު ރޭޑިއަންޓަށް މިދިޔަ ސީޒަނުގައި ކުޅުނު އަފްގާނިސްތާނުގެ ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް ފީފާ އިން ދިން މުހުތަލުގައި ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ ދެއްކުމާ...

May 24, 2019 7
ނިއުގެ ހައްގުގައި އިމްރާން ތެދުވެއްޖެ

ކުޅުންތެރިންނަށް މުސާރަ ނުދީގެން ސަސްޕެންޑްކޮށްފައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭން ތައްޔާރަށް ހުރި ކަމަށް، އެ...

23 މެއި

May 23, 2019 8
ނިއުގެ ކޯޗަކަށް ގެންނަން ނިޒާމްބެއާ މަޝްވަރާކޮށްފި

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓަށް އަލުން ފުރުސަތު ލިބޭނެ ގޮތެއް ފެނޭތޯ ކްލަބުން މަސައްކަތް ފަށާފައިވާއިރު، އެ ޓީމުގެ ކޯޗަކަށް...

May 23, 2019 4
ނިއު ރޭޑިއަންޓުގެ އެކްޓިން ޗެއާމަނަކަށް ސައްޔިދު އަލީ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކްޓިން ޗެއާމަނަކަށް ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީ އައްޔަންކޮށް ބޯޑުގެ މެމްބަރުންނާއި އިސް ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި ކްލަބް...

22 މެއި

May 22, 2019 13
ނިއު ހާލުގައި އޮއްވާ، ޗެއާމަން އިސްތިއުފާ ދެއްވައިފި

ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް، ނިކަމެތި ހާލަތެއްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އޮއްވާ އެ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދު މިރޭ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

21 މެއި

May 21, 2019 12
ނިއުގެ ސަޕޯޓަރުންގެ މަސައްކަތަށް ކުއީން ވަހީދުގެ ތާއީދު

ނިއު ރޭޑިއަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ކްލަބުގެ ސަޕޯޓަރުންގެ ގްރޫޕުން އިސް ނަގައިގެން ފަށާފައިވާ މަސައްކަތުގައި ކްލަބުގެ ކުރީގެ މަސްއޫލުވެރިޔާ ކުއީން އަހުމަދު ވަހީދާ ބައްދަލުކޮށް އޭނާގެ އެއްބާރުލުން އެކަމަށް ހޯދައިފި އެވެ.

19 މެއި

May 19, 2019 9
ނިއުގެ ޖާގަ އެހެން ޓީމަކަށް ނުދޭން ނިންމައިފި

ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް މި އަހަރު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވުނު ނަމަވެސް އެ ޓީމުގެ ބަދަލުގައި ދިވެހި ޕްރިމިއާ ލީގަށް އެއްވެސް ޓީމެއް ނުގެންނަން އެފްއޭއެމުން ނިންމައިފި އެވެ.

15 މެއި

May 15, 2019 30
ނިއު ރޭޑިއަންޓުގެ މައްސަލައިގައި ސަޕޯޓަރުން ތެދުވެއްޖެ

މީގެ ހަ އަހަރު ކުރިން މިއަދަކީ، ކްލަބް ފުޓްބޯޅަ މެޗަކަށް ގަލޮޅު ދަނޑު އެންމެ ފަހުން ފުރުނު ދުވަހެވެ. އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުގައި މެލޭޝިއާގެ ސެލަންގޯ އަތުން 2-0 އިން ނިއު ރޭޑިއަންޓް މޮޅުވެ ކުއާޓާ ފައިނަލަށް ދިޔަ މެޗަށް ގަލޮޅު ދަނޑަށް 8600 މީހުން ވަން ފަހުން ކްލަބް މެޗަކަށް ހާހެއްހާ މީހުން ވަނީ ވެސް އަތުން ގުނާލެވޭހާ މަދު މެޗެއްގަ...

13 މެއި

May 13, 2019 13
ނިއުގެ ޖާގައާ މެދު ގޮތެއް ފައިނަލެއް ނުވޭ

ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް މި އަހަރު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ އެވެ. އެކަމަކު މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށެން މަހަކަށް ވުރެން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، ނިއުގެ ޖާގައަށް އަންނާނެ ޓީމެއް އަދި ފައިނަލެއް ނުވެ އެވެ.

25 އެޕްރީލް

April 25, 2019 11
ނިއުގެ ހިދުމަތްތެރިޔާ އަލީ ޝަރީފް އަވަހާރަވެއްޖެ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ހިދުމަތްތެރިޔާ އަދި އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ހ. ޔެލޯރޯސް އަލީ ޝަރީފް ރޭ އަވަހާރަވެއްޖެ އެވެ.

04 އެޕްރީލް

April 04, 2019 10
ސަސްޕެންޝަން ދެމެހެއްޓީ މުއްދަތެއް ދީފައި އޮއްވާ: ނިއު

އެފްއޭއެމްގެ ކޮންގްރެސް އިން ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން ދަމަހައްޓަން ފާސްކޮށްފައިވަނީ، ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް ކަމަށް ނިއު އިން ބުނެފި އެވެ.

26 މާޗް

March 26, 2019 15
މިއީ ދިވެހި ފުޓްބޯޅަ އަށް އަނދިރި ދުވަހެއް: މާއްޓޭ

ފުޓްބޯޅައިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރަން އެފްއޭއެމްގެ ކޮންގްރެސް އިން އިއްޔެ ނިންމުމަކީ ދިވެހި ފުޓްބޯޅަ އަށް އައި އަނދިރި ކަމެއް ކަމަށާއި، ކްލަބްތަކަށް ކުރިމަތިވާ މާލީ މައްސަލަތައް ހައްލުކުރާނެ މި ނޫން ގޮތްތަކެއް އޮންނާނެ ކަމަށް ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަދި ކުރީގެ ކުޅުންތެރިޔާ...

25 މާޗް

March 25, 2019 64
ކްލަބްތަކުން ނިއުގެ ސަސްޕެންޝަން ދަމަހައްޓައިފި!

ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެފްއޭއެމުން ސަސްޕެންޑްކުރި ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ދެމެހެއްޓުމަށް މެޖޯރިޓީ ކްލަބްތަކުން މިއަދު ނިންމުމާ އެކު، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބުގެ 40 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ފުރަތަމަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

07 މާޗް

March 07, 2019 11
ނިއުއާ ޒާތީ ކަމެއް ނެތް، އެހީވާން ތައްޔާރަށް މިތިބީ

ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށާއި އެ ކްލަބުން މާލީ އެހީތެރިކަމަށް އެދިފައިވާތީ އެކަމާ މަޝްވަރާކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

06 މާޗް

March 06, 2019 13
ޓަވަރޭސްގެ މުސާރަ ދޭން ފީފާ އިން ނިއު އަށް އަންގައިފި

ނިއު ރޭޑިއަންޓަށް 2017 ވަނަ އަހަރު ކޯޗުކޮށްދިން ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭސް އަށް ދޭން ޖެހޭ މުސާރަ ދިނުމަށް އެ ކްލަބަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އަންގައިފި އެވެ.