05 ޖުލައި

July 05, 2017 7
އަހަރެން ބޭނުންވާ ތަފާތު ނިއު އިން ދައްކާނެ: އޮސްކާ

ސީޒަނުގައި ކުރިއަށް ހުރި މެޗުތަކުގައި ނިއު ރޭޑިއަންޓްގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

04 ޖުލައި

July 04, 2017 3
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއު ޕްރިމިއާ ލީގާ ގާތަށް

އާ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި މިއަދު އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓް ދިވެހި...

July 04, 2017 5
"ނިއު އަކީ ބޮޑު ކްލަބެއް، ޕްރެޝަރާ ކުރިމަތިލެވޭނެ"

ނިއު ރޭޑިއަންޓްގެ ކޯޗުކަމާ ހަވާލުވީ އެ މަގާމުގައި ހުންނައިރު ކުރިމަތިވާނެ ޕްރެޝަރު އެގިހުރެ ކަމަށާއި އެ ކަމާ ކެރިގެން ކުރިމަތިލާނެ ކަމަށް ދާދި ފަހުން އެ ޓީމާ ހަވާލުވި ސްޕެއިނުގެ...

02 ޖުލައި

July 02, 2017 2
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި

އެއް ވަނަ ޑިވިޝަނުގެ ފޯމެޓަށް މި ފަހަރު އެފްއޭއެމުން ގެނައި ބަދަލާ އެކު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަކަށެވެ. ދެ ބުރަކަށް ކުޅޭ މާލޭ ލީގުގެ ފަހު ހަތަރު މެޗަށް ޓީމުތަކުން ތައްޔާރުވަމުން އަންނައިރު، އަދި އެއްވެސް...

01 ޖުލައި

July 01, 2017 3
ނިއު އިން ޓަވަރޭސް ވަކިކުރުން: ރަނގަޅު ނިންމުމެއްތަ؟

މި ސީޒަނަށް އެންމެ ބޮޑު ހަރަދުކޮށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމަކީ ނިއު ރޭޑިއަންޓެވެ. އެ ޓީމުން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ކޯޗަކަށް ހަމަޖެއްސީ ފެންވަރު ރަނގަޅު ގިނަ ކޯޗުންގެ ހުށަހެޅުން ލިބިފައިވަނިކޮށް ކަމަށް އެ ޓީމުން އޭރު ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ސީޒަންގައި ނިއު ކުޅުނު 10 ވަނަ މެޗަށް ފަހު ޓަވަރޭސް ވަނީ...

26 ޖޫން

June 26, 2017 16
ނިއު އަށް ސްޕެއިން ކޯޗެއް ހަމަޖައްސައިފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އާ ކޯޗަކަށް ސްޕެއިނުގެ ދެ ވަނަ ޑިވިޝަނާއި އިންޑިއާ ލީގުގައި މަސައްކަތްކޮށްފައިވާ ސްޕެއިނުގެ އޮސްކާ ބްރުޒޮން ބަރޭރާ ހަމަޖައްސައިފި އެވެ.

24 ޖޫން

June 24, 2017 3
މާޒިޔާ ބަލިކޮށް ނިއު އިން ވެޓެރަންސް ކަޕް ދިފާއުކޮށްފި

ވެޓެރަންސް ކަޕްގެ ފައިނަލުގައި މިއަދު މާޒިޔާގެ މައްޗަށް 2-1 އިން ކުރިހޯދައި ނިއު ރޭޑިއަންޓުން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

June 24, 2017 28
ނިއުގެ ކޯޗުކަމުން ޓަވަރޭސް ވަކިކޮށްފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗުކަމުން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ވަކިކޮށްފި އެވެ.

June 24, 2017 6
ނިއު އިން ފަހު ވަގުތު ޓީސީ ބަލިކޮށްފި

ފޯރިގަދަ ކުރިމަތިލުމެއްގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް ފަހު ވަގުތު 4-3 އިން ބަލިކޮށް ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން...

23 ޖޫން

June 23, 2017 5
ޓީސީ ފޯމުގައި، ޕްރެޝަރު އޮތީ ނިއު އަށް: ނިޒާމްބެ

އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަމަވެސް އެ ޓީމާ ދެކޮޅަށް ނުކުންނަ ނިއު ރޭޑިއަންޓް އޮތީ ޕްރެޝަރުގައި...

June 23, 2017 5
މާޔޫސްކަމުން އަރައިގަންނަން ބޭނުންވަނީ މޮޅެއް: ޓަވަރޭޒް

އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ގްރީން ސްޓްރީޓްސް އަތުން ބަލިވުމުން ނިއު ރޭޑިއަންޓް އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށާއި އެކަމުން އަރައިގަންނަން ބޭނުންވަނީ...

21 ޖޫން

June 21, 2017
ވެލެންސިއާ ކަޓުވާލުމަށް ފަހު ނިއު ފައިނަލަށް

ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުން މިއަދު 2-1 އިން ވެލެންސިއާ ބަލިކޮށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ފައިނަލުގެ ފަހު ޖާގަ ހޯދައިފަ...

June 21, 2017 1
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް

ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން އެސްޓީއޯ މާލޭ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މާދަމާރޭ މެޗުތައް ފަށާއިރު މި ލިބުނު ބޮޑު ބްރޭކްގެ ބޭނުން އެންމެ ފުރިހަމަ އަށް މި ދަނޑިވަޅުގައި...

20 ޖޫން

June 20, 2017
ތިން ވަނަ ސެމީގައި ނިއުއާ ދެކޮޅަށް ވެލެންސިއާ

ވެޓްރަންސް ކަޕުގެ ދެ ވަނަ ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް އަތުން 1-0 އިން ހޯދި އުނދަގޫ މޮޅާ އެކު ތިން ވަނަ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ކްލަބް ވެލެންސިއާ ހޯދައިފި އެވެ.

19 ޖޫން

June 19, 2017
ނިއު ބަލިކޮށް މާޒިޔާ ފުރަތަމަ ފަހަރަށް ފައިނަލަށް

އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް ވެޓެރަންސް ކަޕްގެ ފައިނަލުން މާޒިޔާ ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

17 ޖޫން

June 17, 2017
ވެލެންސިއާ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ނިއު އަށް

ވެޓެރަންސް ކަޕްގައި އިއްޔެ 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ދެ ވަަނަ ބުރުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ނިއު ރޭޑިއަންޓް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

15 ޖޫން

June 15, 2017
ނިއު އާއި ވެލެންސިއާ ސެމީ އަށް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ގްރީން ސްޓްރީޓްސް އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވުމުން އެ ޓީމާއި ކްލަބް ވެލެންސިއާ އަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބިއްޖެ އެވެ.

11 ޖޫން

June 11, 2017
ދެ ވަނަ ބުރުގެ ފަހު ޖާގަ ނިއު އަށް

ވިކްޓަރީގެ މައްޗަށް 6-0 އިން ހޯދި ބޮޑު މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދައިފި އެވެ.

05 ޖޫން

June 05, 2017
ކޯޗުގެ ތައުރީފު: މިއީ އަކްރަމްގެ ބުރަ މަސައްކަތް!

މި ފަހަރުގެ ގައުމީ ފުޓްބޯޅަ ސްކޮޑުން އަލުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ނިއު ރޭޑިއަންޓުގެ އަކްރަމް އަބްދުލް ގަނީ (އަކޫ) އެވެ. މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ އަކޫ އަށް ޓީމުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. ގައުމީ ކޯޗު ސްޓެވާޓް ބުނީ މިއީ އަކޫ އަމިއްލަ މަސައްކަތުން ހޯދި...

31 މެއި

May 31, 2017
ނިއު ބަލިކޮށް ވެލެންސިއާ އަށް ރަނގަޅު ފެށުމެއް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އަތުން 3-0 އިން މޮޅުވެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާ މުބާރާތުގެ ފެށުން މިއަދު ރަނގަޅުކޮށްފި އެވެ.

29 މެއި

May 29, 2017 2
ނިއު-ވެލެންސިއާ މެޗުން ވެޓެރަންސް ކަޕް މާދަމާ ފަށަނީ

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާގެ މެޗުން މާދަމާ ހަވީރު ފަށާނެ އެވެ.

28 މެއި

May 28, 2017 3
އޮޕަރޭޝަނަށް ފަހު ދަގަނޑޭ ހަތަރު ހަފުތާ ތެރޭ ފިޓްވާނެ

ކަކުލަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދުމަށް އިއްޔެ ސްރީ ލަންކާގައި އޮޕަރޭޝަންކުރި ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހަތަރު ހަފުތާ ތެރޭ ފިޓްވާނެ އެވެ.

May 28, 2017 3
އަކްރަމް، އައްމަޑޭ އަދި އިރޭ އަލުން ގައުމީ ޓީމަށް

އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ނިއު ރޭޑިއަންޓުގެ ތަޖުރިބާކާރު...

27 މެއި

May 27, 2017 31
ނިއު އަތުން ހޯދި ބޮޑު މޮޅާ އެކު ގްރީން ތިނަކަށް

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ތިން ވަނަ މަގާމަށް ގްރީން ސްޓްރީޓްސް މިރޭ އަރައިފި އެވެ.

26 މެއި

May 26, 2017 7
ނިއު އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: ސޮބާ

މި ވަގުތު އެސްޓީއޯ މާލޭ ލީގުގެ މަގާމުތައް އޮތްގޮތުން ނިއު ރޭޑިއަންޓް އަތުން ޕޮއިންޓެއް ލިބިއްޖެނަމަ އެއީ ލިބޭ ބޯނަހެއް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭގެ މެޗުގައި ނުކުންނަ ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

21 މެއި

May 21, 2017 7
ސެންޓޭގެ ގޯލުން ނިއު ސަލާމަތްކޮށްދީފި

ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ހަތަރު ކުޅުންތެރިއަކު ނެތި ކުޅެ ނިއު ރޭޑިއަންޓުން އަލީ ފާސިރު (ސެންޓޭ) ގެ ލަނޑާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.