28 ފެބުރުއަރީ

February 28, 2019 5
މުސާރަ މައްސަލަ ނުނިމި ލަސްވާތީ އިމްރާން ކަންބޮޑުވެއްޖެ

ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދަށް ނިއު ރޭޑިއަންޓުން ދޭން ޖެހޭ މުސާރަ ހޯދަން އޭނާ އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލަ ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

February 28, 2019 15
ސަސްޕެންޝަނުގެ ސަބަބުން ހުރިހާ މަގެއް ބަންދުވެއްޖެ!

ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެފްއޭއެމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑްކޮށްފައި އޮތުމުން، އެ މުސާރަ ދެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި ސަސްޕެންޝަން އުވާލައިފި ނަމަ...

13 ފެބުރުއަރީ

February 13, 2019 22
ކޭން ސޭޓު މަރުވެއްޖެ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ފުޓްބޯޅަ އާއި ވޮލީބޯޅަ ކުޅެ އަދި އެ ކްލަބަށް އެތައް ގޮތަކުން ހިދުމަތްކުރި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ސޭޓް) މިރޭ މަރުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2019 5
ކޮންޓްރެކްޓްތައް ބާތިލްކުރީ އުސޫލުން ބޭރުން: ނިއު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ) އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ބާތިލްކުރި ގޮތާ މެދު ނިއު އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

10 ފެބުރުއަރީ

February 10, 2019 8
ހޮކޭގެ އެއްބަސްވުން ވެސް އެފްއޭއެމުން ބާތިލްކޮށްފި

ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުސާރަ ނުދޭތީ އޭނާ އާއި އެކްލަބާ ދެމެދު ހަދާފައިވާ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އުވާލައިފި އެވެ.

08 ފެބުރުއަރީ

February 08, 2019 12
އަމީރީގެ މުސާރަ ދޭން ފީފާ އިން ނިއު އަށް އަންގައިފި

މިިދިޔަ އަހަރުގެ ކުރީކޮޅުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އަފްގާނިސްތާންގެ ފުލްބެކް ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް އެ ކްލަބަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އަންގައިފި އެވެ.

06 ފެބުރުއަރީ

February 06, 2019 15
ނިއު އާއި ހަމްޕުގެ އެއްބަސްވުން އެފްއޭއެމުން އުވާލައިފި

ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިއާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނިއު ރޭޑިއަންޓާ ދެމެދު ހަދާފައިވާ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން މިއަދު އުވާލައިފި އެވެ.

30 ޖެނުއަރީ

January 30, 2019
ނިއުގެ ޒުވާން ޓީމު ޔޫވީގެ ނަމުގައި ވާދަކުރަނީ!

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވުމުން އަންނަ ހަފްތާގައި ފަށާ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ނިއު ރޭޑިއަންޓުގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި މުބާރާތުގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

28 ޖެނުއަރީ

January 28, 2019 10
ނިއުގެ ޔޫތު ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިފި

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވުމުން ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ނިއު ރޭޑިއަންޓުގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން އެހެން ޓީމުތަކަށް...

January 28, 2019 11
ނިއު ސަސްޕެންޑްކުރުމުން، ޔޫތު ޓީމަށް ވެސް "އަދަބު" ލިބިއްޖެ

އެފްއޭއެމުން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރުމާ ގުޅިގެން، ޔޫތު ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ އެ ކްލަބުގެ 21 އަހަރުން ދަށުގެ ޓީމަށް ބޮޑު...

27 ޖެނުއަރީ

January 27, 2019 6
ނިއު އަށް ފިޔަވަޅު އެޅީ ބާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން: ޝާހު

ނިއު ރޭޑިއަންޓް ސަސްޕެންޑްކުރަން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ، ލިބިދޭ ބާރެއް ނަހަމަ ގޮތެއްގައި ބޭނުންކޮށްގެން ކަމަށާއި، ޒާތީ ތައައްސަބުން ފުރިފައިވާ އެ އަމަލުން...

January 27, 2019 24
ކޮޅުފައިން ޖަހައި ނިއު ވައްޓާލުން: ޒާތީ ކަމެއް؟!

ދިވެހި ކުޅިވަރުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރަން...

26 ޖެނުއަރީ

January 26, 2019 9
އެފްއޭއެމުން އެޅީ ޒާތީ ފިޔަވަޅެއް: ނިއު

ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ، އެފްއޭއެމުން އެޅީ ތާކުންތާކު ނުޖެހޭ ޒާތީ ފިޔަވަޅެއް ކަމަށް ނިއު ރޭޑިއަންޓުން މިރޭ ބުނެފި އެވެ.

January 26, 2019 25
މުސާރައިގެ މައްސަލާގައި ނިއު ސަސްޕެންޑްކޮށްފި

މިދިޔަ އަހަރު 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދީފައި ނުވާތީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)...

25 ޑިސެމްބަރ

December 25, 2018 14
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

03 ޑިސެމްބަރ

December 03, 2018 13
މިހާރު އެވޯޑްސް: ދަގަނޑޭ "ރަންބޫޓު" ކަށަވަރުކޮށްފި

ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް "މިހާރު އެވޯޑްސް" ގައި ދޭ ރަންބޫޓް ޓީީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކަށަވަރުކޮށްފި އެވެ.

28 ނޮވެމްބަރ

November 28, 2018 8
ފާޑުކިޔަސް މަސައްކަތް ހުއްޓައެއް ނުލާނަން: ސޮބާ

ކުރީގެ ހުނަރުވެރި ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓްސްގައި ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ. މި އަހަރު ސޮބާ އެންމެ ފުރަތަމަ ފެނުނީ ކްލަބް ވެލެންސިއާ ބެންޗުންނެވެ. އެ ޓީމު ގޮވައިގެން ގިނަ ގޮންޖެހުންތަކާ އެކު މަސައްކަތްކުރަން ޖެހުމުން ސޮބާ އަށް އަލިމަގެއް ނުފެނުނެވެ. ވެލެންސިއާ...

26 ނޮވެމްބަރ

November 26, 2018 7
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް އަތުން 2-0 އިން ހޯދި މޮޅާ އެކު އީގަލްސް ލީގުގެ ގަދަ ތިނެއް ކަށަވަރުކޮށްފި އެވެ.

15 ނޮވެމްބަރ

November 15, 2018 4
ނިއުގެ ހާލަތާ މެދު ޝަކުވާއެއް ނުކުރާނަން: ސޮބާ

ސީޒަންގެ މެދުތެރެއިން ނިއު ރޭޑިއަންޓާ ހަވާލުވީ ޓީމުގެ ހާލަތު އެނގިހުރެ ކަމަށާއި އެއްވެސް ކަމަކާ ޝަކުވާ ނުކޮށް ބާކީ ތިން މެޗަށް ނުކުންނައިރު އުއްމީދަކީ ނަތީޖާތައް ރަނގަޅުކޮށް ރަނގަޅު ހިސާބެއްގައި އޮވެ، ސީޒަން ނިންމާލުން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

07 ނޮވެމްބަރ

November 07, 2018 8
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހު ވަގުތު ޖެހި ގޯލުތަކާ އެކު ފ. ނިލަންދޫ އަތުން 5-2 އިން މޮޅުވެ ނިއު ރޭޑިއަންޓް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

30 އޮކްޓޯބަރ

October 30, 2018 11
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ 3-1 އިން ބަލިކޮށް ނިއު ރޭޑިއަންޓަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.

26 އޮކްޓޯބަރ

October 26, 2018 5
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި

އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ގޯލުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޓީސީ ސްޕޯޓްސް ކްލަބުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. މި ނަތީޖާއާ އެކު ނިއު އަށް ވަނީ ލީގު ދިފާއު ކުރުމުގެ އަމިއްލަ ބާރު ހުރިހާ ގޮތަކުން ގެއްލިފަ އެވެ.

22 އޮކްޓޯބަރ

October 22, 2018 8
ނިއު އިން މޮޅަކާ އެކު ދެ ވަނަ ބުރު ފަށައިފި

ށ. ފޯކައިދޫ އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު މޮޅަކާ އެކު ފަށައިފި އެވެ.

17 އޮކްޓޯބަރ

October 17, 2018 6
ފަހު ވަގުތު ޕޮއިންޓް ގެއްލި ނިއު ހަތަރު ވަނައިގައި

ނިއު ރޭޑިއަންޓް މޮޅުވާން ދަނިކޮށް، ފަހު ވަގުތު ގްރީން ސްޓްރީޓްސް އިން ވައްދާލި ދެ ގޯލާ އެކު 2-2 އިން މެޗު އެއްވަރުވުމުން ނިއު ރޭޑިއަންޓަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު...

October 17, 2018 19
ނިއު އިން އިމްރާނުގެ ކޮންޓްރެކްޓް އުވާލައިފި

ނިއު ރޭޑިއަންޓުގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް އެ ކްލަބުން މުސާރަ ނުދޭތީ އޭނާ ޕްރެކްޓިހަށާއި މެޗަށް ހާޒިރުވުން ހުއްޓާލުމުން، ކްލަބުން އޭނާގެ ކޮންޓްރެކްޓް ބާތިލްކޮށްފި އެވެ.