16 އެޕްރީލް

April 16, 2018 26
ބޮޑު މޮޅާ އެކު ނިއު އެއް ވަނަ އަށް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އަތުން 6-1 އިން ހޯދި ބޮޑު މޮޅާ އެކު ލީގުގެ އެއް ވަނަ އަށް ނިއު ރޭޑިއަންޓް އަރައިފި އެވެ.

April 16, 2018 22
ނިއުއާ ގުޅެން ދެ ފަހަރު ފުރުސަތު ލިބުނު: ސުޒޭން

ނިއު ރޭޑިއަންޓާ އޮންނަނީ ޒާތީ ވާދަވެރިކަމެއް ނޫން ކަމަށާއި އެ ކްލަބާ ގުޅެން ދެ ފަހަރެއްގެ މަތިން ލިބުނު ފުރުސަތުގެ ބޭނުން ނުހިފީ ހާލަތުގެ ގޮތުން ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިއަދު...

11 އެޕްރީލް

April 11, 2018 18
މާލޭގައި ނިއު އަށް ބެންގަލޫރު ބަލިކުރެވޭނެ: އޮސްކާ

އޭއެފްސީ ކަޕްގައި ރޭ ބެންގަލޫރު އަތުން ރަށުން ބޭރުގައި 1-0 އިން ނިއު ރޭޑިއަންޓް ބަލިވި ނަމަވެސް މި މަހު 25 ވަނަ ދުވަހު މާލޭގައި ކުޅޭ މެޗުން ނިއު އަށް މޮޅުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

10 އެޕްރީލް

April 10, 2018 44
ފަހު ވަގުތު ބެންގަލޫރުން ނިއު ބަލިކޮށްފި

އިތުރު ވަގުތުގެ ތެރޭގައި ނިޝޫ ކުމާރް ވައްދާލި ގޯލުން 1-0 އިން ނިއު ރޭޑިއަންޓް ބަލިކޮށް އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ބެންގަލޫރުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

April 10, 2018 19
އަޝްފާގާ މެދު ސުވާލެއް ނުއުފެއްދޭނެ: އަކްރަމް

ނިއު ރޭޑިއަންޓުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަކީ ސުވާލު އުފެއްދޭ ވަރުގެ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ވަރުގެ ޕްރޮފެޝަނަލް ކުޅުންތެރިޔެއް ނުދެކޭ ކަމަށް ނިއުގެ ޑިފެންޑަރު...

09 އެޕްރީލް

April 09, 2018 18
ބެންގަލޫރު މެޗަކީ ނިއު އަށް ބޮޑު އިމްތިހާނެއް: އޮސްކާ

އޭއެފްސީ ކަޕްގައި މާދަމާރޭ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭއިރު މިއީ ނިއު ރޭޑިއަންޓަށް ބޮޑު އިމްތިހާނެއް ކަމަށް ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

03 އެޕްރީލް

April 03, 2018 51
ނިއުއާ އެކު ހޯދި މޮޅު ގައުމީ ކޯޗަށް ހަދިޔާކޮށްފި

ދެ ލަނޑު ޖަހައި އިތުރު ދެ ލަނޑު ޖަހަން މަގުފަހިކޮށްދީގެން އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 4-1 އިން ނިއު ރޭޑިއަންޓް މޮޅުކޮށްދިނުމަށް ފަހު އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެ މޮޅު ގައުމީ ކޯޗަށް ހަދިޔާކޮށްފި އެވެ.

02 އެޕްރީލް

April 02, 2018 22
ދަގަނޑޭ ހުރީ ފޯމުގައި: ސަމްޕަތު

އަލީ އަޝްފާގް (ދަގަނޑޭ)ގެ "ވިސްނުމުގެ" މައްސަލައެއް އުޅޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނި ނަމަވެސް އޭނާގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެންނަ ކަމަށާއި އޭނާ ހުރީ ހުރިހާ ގޮތަކުން ވެސް ފޯމުގައި ކަމަށް ނިއު ރޭޑިއަންޓުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

01 އެޕްރީލް

April 01, 2018 20
ފުޓްސަލަށް ކުޅުންތެރިން ދޫކުރީ ހާލަތުގެ ގޮތުން: ނިއު

މިހާރު ކުރިޔަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް ކަޕަށް ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ދޫކުރަން ޖެހުނީ ހާލަތުގެ ސަބަބުން ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

25 މާޗް

March 25, 2018 4
ނިއުގެ މިދުހަތު ޖޭޖޭ އަށް ބަދަލުވެއްޖެ

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި މިދުހަތު ފަހުމީ (ބިޗަޑް) މި ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޖޭޖޭ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

20 މާޗް

March 20, 2018 28
އީގަލްސް އަތުން ބަލިނުވެ ނިއު ސަލާމަތްވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި ގޯލުން ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ...

March 20, 2018 4
މިހާލަތުގައި ނިއު ބަލިކުރުމަކީ ޗެލެންޖެއް: މޯހަން

ނިއު ރޭޑިއަންޓް ބަލިނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ޓީމު ބަލިކުރުމަކީ މި ހާލަތުގައި ކޮންމެ ޓީމަކަށް ވެސް އޮތް ޗެލެންޖެއް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު އެ...

17 މާޗް

March 17, 2018 7
އޮސްކާގެ އިތުބާރު ޒުވާން ކުޅުންތެރިޔާ ބޮބީ ހޯދައިފި

އޭއެފްސީ ކަޕްގައި މިދިޔަ ބުދަ ދުވަހު އިންޑިއާގެ އައިޒޯލް އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ރިހާމް އަބްދުލް ގަނީ (ބޮބީ) ހިމެނުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބުނެވެ. ބައިނަލްއަގްވާމީ ތަޖުރިބާއެއް ނެތް ކުޅުންތެރިޔަކަށް މުހިއްމު މެޗެއްގެއް ފުރަތަމަ އެގާރައިން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން...

15 މާޗް

March 15, 2018 12
"އެޑްވާންޓޭޖް ނިއު އަށް، ދެން އޮތީ ދެ ފައިނަލް"

އޭއެފްސީ ކަޕުގައި މި ވަގުތު އެޑްވާންޓޭޖް އޮތީ ނިއު ރޭޑިއަންޓް ކަމަށާއި ކުރިއަށް ދެން އޮތީ ދެ ފައިނަލް މެޗު ކަމަށް ނިއުގެ ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

March 15, 2018 2
މިއީ އައިޒޯލަށް ރަނގަޅު ތަޖުރިބާއެއް: ކޯޗު

ނިއު ރޭޑިއަންޓުގެ ފަރާތުން ފެނުނީ ފުރިހަމަ ފުޓްބޯޅައެއް ކަމަށާއި އެ ޓީމުން އަތުން އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު 3-1 އިން ބަލިވި މެޗުން ވަރަށް ގިނަ ކަންކަން ދަސްވާނެ ކަމަށް...

14 މާޗް

March 14, 2018 3
މިއީ އަދި އެންމެ މޮޅު ކުޅުމެއް ނޫން: ދަގަނޑޭ

އޭއެފްސީ ކަޕުގައި މިއަދު ހަވީރު އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ ފަރާތުން ވެސް އަދި އޭނާގެ ފަރާތުން ވެސް ފެނުނީ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ރަނގަޅުވާނެ ކަމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

March 14, 2018 25
ދަގަނޑޭގެ ހެޓްރިކުން ނިއު އިން އައިޒޯލް ބަލިކޮށްފި

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހެދި ހެޓްރިކާ އެކު ފަހަތުން އަރައި އިންޑިއާގެ ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އަތުން 3-1 އިން މޮޅުވެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު...

March 14, 2018 5
ކޯޗުގެ ރޭވުމުގެ ތަފާތު ކުޅުންތެރިން ދައްކާނެ: ސެންޓޭ

ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރުޒޮންގެ ރޭވުންތެރިކަމުގެ ތަފާތު އެ ޓީމުގެ ކުޅުންތެރިން ދައްކާނެ ކަމަށް އެ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

13 މާޗް

March 13, 2018 20
ނިއު ރަނގަޅު ފޯމެއްގައި، އޮސްކާ ހިތްހަމަޖެހިފައި

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު އިންޑިއާގެ އައިޒޯލްއާ ދެކޮޅަށް ނުކުންނައިރު ނިއު ރޭޑިއަންޓް ރަނގަޅު ފޯމެއްގައި އޮތުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑު ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން މިއަދު ބުނެފި އެވެ.

08 މާޗް

March 08, 2018 8
ނިއު އަށް އޮތް އެޑްވާންޓޭޖްގެ ބޭނުން ހިފުނު: އޮސްކާ

އޭއެފްސީ ކަޕްގައި އިއްޔެ ބަންގްލަދޭޝްގައި އެ ގައުމުގެ ޗެމްޕިއަން ޑާކާ އަބަހާނީ އަތުން މޮޅުވިއިރު ނިއު ރޭޑިއަންޓުން އެ ޓީމަށް ނެގެން އޮތް އެޑްވާންޓޭޖްގެ ބޭނުން ހިފި ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

07 މާޗް

March 07, 2018 34
އަބަހާނީ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

ދެ ވަނަ ހާފުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލާ އެކު 1-0 އިން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ބަލިކޮށް ރާއްޖޭގެ ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕުގެ ފެށުން ރަނގަޅުކޮށްފި އެވެ.

March 07, 2018 4
ހާލަތުގެ ފައިދާ ނަގަން ނިއުގެ ކޯޗު ކެތްމަދުވެފައި

ނިއު ރޭޑިއަންޓް އަންނަނީ ބޭނުންވާ ތަތްގަނޑަށް ފެތެމުން ކަމަށާއި ޓީމު އޮތީ އިތުބާރާ ވެސް އެކު ކަމަށާއި އެހެންވެ މި ހާލަތުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނަގަން ޖެހޭ ކަމަށް ކޯޗު...

06 މާޗް

March 06, 2018 8
ފަހު ކަށިގަނޑާ ހަމަޔަށް މަސައްކަތްކުރާނަން: އަކްރަމް

ބަންގްލަދޭޝް ފުޓްބޯޅައިގެ މައްޗަށް ދިވެހި ފުޓްބޯޅައިން ކުރި ހޯދުމުގެ ސިއްރަކީ ބުރަ މަސައްކަތް ކަމަށާއި އޭއެފްސީ ކަޕުގައި މާދަމާ މެންދުރުފަހު އެ ގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށް ވެސް ފަހު ކަށިގަނޑާ ހަމަޔަށް މަސައްކަތްކުރާނެ ކަމަށް ނިއު ރޭޑިއަންޓުގެ މިޑްފީލްޑަރު އަކްރަމް އަބްދުލްގަނީ ބުނެފި އެވެ.

05 މާޗް

March 05, 2018 12
ޓާގެޓަކީ ރަނގަޅު ފެށުމެއް: ނިއު ކޯޗު

ނިއު ރޭޑިއަންޓުން މި ފަހަރުގެ އޭއެފްސީ ކަޕްގައި ކަނޑައަޅާފައިވާ ޓާގެޓަށް ދިއުމަށްޓަކައި ރަނގަޅު ފެށުމެއް މުހިއްމު ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

04 މާޗް

March 04, 2018 14
އޮއްޕޮ ނެތްތަން އުމެއިރު ފޫބައްދާނެ: ނިއު ކޯޗު

އެއް އަހަރުގެ ބްރޭކަކަށް ފަހު އަލުން ދިވެހި ފުޓްބޯޅަ އަށް އައިސް އިބްރާހިމް ފަޒީލް (އޮއްޕޮ) ވަނީ މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއުގެ ކޯޗު އޮސްކާ ބްރުޒޮންގެ ޕްލޭނުގައި އޮއްޕޮ ފެނުނީ މުހިއްމު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މި ސީޒަނުގައި އޮއްޕޮ ނިއުގައި ނެތްއިރު އޮސްކާ ދެކޭގޮތުގައި އެ މަގާމު...

02 މާޗް

March 02, 2018 11
ބޮޑު ދެ ބާރުގެ ކުރިމަތިލުން ނިއު ކާމިޔާބުކޮށްފި

އެސްޓީއޯ މާލޭ ލީގުގެ ފޭވަރިޓުން ކަމަށްވާ ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅުނު މެޗުން އުނދަގުލުން 1-0 އިން މޮޅުވެ ނިއު އިން މާޒިޔާއާ ފަސް ޕޮއިންޓް ފެޔަށް ޖެހިލައިފި އެވެ.

March 02, 2018 3
ނިއުގެ އެކަޑަމީއެއް ލ. އަތޮޅުގައި ފަށައިފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަރަކާތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އެ ކްލަބުގެ ފުޓްބޯޅަ އެކަޑަމީއެއް ލ. ފޮނަދޫގައި ހުޅުވައިފި އެވެ.

March 02, 2018 3
ނިއު ވަރުގަދަ ވިޔަސް މާޒިޔާ އަށް މޮޅުވެވޭނެ: އިންމަ

އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ނިއު ރޭޑިއަންޓަކީ މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް މާޒިޔާ އަށް އެ ޓީމުގެ މައްޗަށް...

26 ފެބުރުއަރީ

February 26, 2018 20
ޓީސީ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ ފެށުން...

February 26, 2018 16
ޓީސީ އަށް ޗެލެންޖެއް، ނިއު ކެތްމަދުވެފައި

މިިދިޔަ ސީޒަން ނިންމާލި ފަދަ މޮޅު ކުޅުމަކާ އެކު ސީޒަން އަލުން ފަށަން ނިއު ރޭޑިއަންޓް ކެތްމަދުވެފައި އޮތްއިރު، އެ ޓީމާ ދެކޮޅަށް މި ސީޒަން ފަށަން ޖެހުމަކީ ޓީސީ ސްޕޯޓްސް ކްލަބަށް...