16 އޮކްޓޯބަރ

October 16, 2017 6
އެއްކޮށް ފިޓް ނޫނަސް ދަގަނޑޭ މުހިއްމު: އޮސްކާ

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އިއްޔެ ށ. މިލަންދޫއާ ދެކޮޅަށް އަރައި މޮޅު ކުޅުމެއް ދެއްކި ނިއު ރޭޑިއަންޓްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެއްކޮށް ފިޓް ނޫން ކަމަށާއި އެކަމަކު އޭނާ ޓީމަށް މުހިއްމު ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

15 އޮކްޓޯބަރ

October 15, 2017 6
މިލަންދޫ ކޮޅަށް ހަތް ގޯލު ޖަހައި ނިއު އެއް ވަނަ އަށް

އަލީ ފާސިރު (ސެންޓޭ) ހެދި ހެޓްރިކާ އެކު 7-1 އިން ށ. މިލަންދޫ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް އަލުން ޖެހިލައިފި އެވެ.

01 އޮކްޓޯބަރ

October 01, 2017 7
ނިއުއާ އެކު ތަފާތު ދެއްކޭނެ: އަދުހަމް

ނިއު ރޭޑިއަންޓުގެ އެޓޭކިން ފޯހަށް ހަސަން އަދުހަމް (ސަޑޭ) އަށް އިތުރުވުމަކީ އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ވިކްޓަރީ ދޫކޮށް ޖުލައި މަހު ނިއުއާ ގުޅުނު ކުޅުންތެރިއާ އަށް ކަކުލުގެ އަނިޔާއެއްގެ ސަބަބުން ބައެއް މެޗުތައް ގެއްލުނުއިރު އޭނާ ވަނީ ފިޓްވެގެން އެނބުރި އައިސް ދެ މެޗެއްގައި...

22 ސެޕްޓެމްބަރ

September 22, 2017 5
ތިނަދޫ ބަލިކޮށް ފުރަތަމަ ބުރުގެ އެއް ވަނަ ނިއު އަށް

އެޑްރިއަން ގަލާޑޯގެ ލަނޑާ އެކު ގދ. ތިނަދޫ އަތުން 2-1 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ އެއް ވަނަ މަގާމް ނިއު ރޭޑިއަންޓް ހޯދައިފި އެވެ.

September 22, 2017 2
އެއް ވަނަ ހޯދަން ތިނަދޫއާ ދެކޮޅަށް ނިއު ނުކުންނަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ތިނަދޫއާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނައިރު މި މެޗުން މޮޅުވެގެން ފުރަތަމަ ބުރުގެ އެއް ވަނަ މަގާމް ހޯދެން އެ ޓީމަށް އެބައޮތެވެ.

18 ސެޕްޓެމްބަރ

September 18, 2017 4
ނިއު އަށް އެއް ވަނަ މަގާމު ދެމެހެއްޓޭނެ: އޮސްކާ

ދ. ކުޑަހުވަދޫ އަތުން އިއްޔެ ހޯދި ބޮޑު މޮޅާ އެކު ނިއު ރޭޑިއަންޓް އުރީދޫ ދިވެހި ޕްރިމިއާ ލީގު އެއް ވަނަ އަށް ޖެހިލިއިރު، ލީގު ނިމެންދެން އެ މަގާމު ދެމެހެއްޓޭނެ ފެންވަރު ނިއުގެ އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

17 ސެޕްޓެމްބަރ

September 17, 2017 1
ތަފާތު ބޮޑު މޮޅަކާ އެކު ނިއު އެއް ވަނަ އަށް

ދ. ކުޑަހުވަދޫ އަތުން 6-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓުން ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

September 17, 2017 6
ނިއުގެ ގޭމް ރޫޅާލަން މަސައްކަތްކުރޭ: ކޯޗު

ގިނަ ޓީމުތަކުން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެނީ އެ ޓީމުގެ ގޭމް ރޫޅާލަން ކަމަށާއި އެކަމަށް ނިއުގެ ކުޅުންތެރިން ތައްޔާރުވާން ޖެހޭނެ ކަމަށް ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

10 ސެޕްޓެމްބަރ

September 10, 2017 18
އުނދަގޫ މޮޅަކަށް ފަހު ނިއު އެއް ވަނަ އަށް

ށ. މިލަންދޫ އަތުން އުނދަގުކުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް މިރޭ އަރައިފި އެވެ.

September 10, 2017 5
ނާސިރު ނިއުއާ ދެކޮޅަށް: އޭނާ އަށް ހާއްސަ މެޗެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. މިލަންދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާއިރު މިރޭގެ މެޗަކީ މިލަންދޫގެ ކޯޗު މުހައްމަދު ނާސިރަށް ވަރަށް ހާއްސަ މެޗެކެވެ. އޭނާގެ ކާމިޔާބު...

09 ސެޕްޓެމްބަރ

September 09, 2017 12
100 ގޯލާ އެކު ދަގަނޑޭ ނިއުގެ ތާރީހުގެ ތެރެއަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭ އއ. މާޅޮސް ކޮޅަށް ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ދެ ވަނަ ލަނޑު ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ. އެއީ އޭނާ ނިއު އަށް ޖަހައިދިން 100 ވަނަ ގޯލެވެ.

25 އޯގަސްޓް

August 25, 2017 6
ދަގަނޑޭގެ ދެ ގޯލާ އެކު ނިއު އަށް މޮޅެއް

އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކުރި ދެ ލަނޑާ އެކު އއ. މާޅޮސް އަތުން މިރޭ 3-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ނިއު ރޭޑިއަންޓް އަރައިފި އެވެ.

24 އޯގަސްޓް

August 24, 2017 3
މާޅޮހުގެ ގޭމްޕްލޭނުން ނިއު އަށް ހިތްހަމަޖެހުން

ނިއު ރޭޑިއަންޓާ ދެކޮޅަށް ގިނަ ޓީމުތަކުން ކުޅެނީ ވަރަށް ބޮޑަށް ބައްދާލައިގެން ފަހަތަށް ޖެހިގެން ކަމަށާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އއ. މާޅޮހުން އެ ޓީމާ ދެކޮޅަށް އޯޕަން ގޭމެއް ކުޅުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

18 އޯގަސްޓް

August 18, 2017 6
ގްރީން އަތުން ނިއު އަށް މުހިއްމު މޮޅެއް

އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ހަމައެކަނި ގޯލުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް އަތުން 1-0 އިން ނިއު ރޭޑިއަންޓް މުހިއްމު މޮޅެއް ހޯދައިފި އެވެ.

August 18, 2017 7
ޕްރެޝަރު އޮތީ ނިއު އަށް، ނަތީޖާ ނެރެވޭނެ: ކޯޗު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު ޕްރެޝަރު އޮތީ ނިއު ރޭޑިއަންޓަށް ކަމަށާއި އެހެން ނަމަވެސް ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު...

12 އޯގަސްޓް

August 12, 2017 43
ވަރުގަދަ ކުރިމަތިލުމެއް، މާޒިޔާ އިން ނިއު ބަލިކޮށްފި

ފުރަތަމަ ހާފުގައި މިހަޔޮވިޗް ބޮޔާނާއި މުހައްމަދު އުމެއިރު ވައްދާލި ލަނޑާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވާދަވެރި ނިއު ރޭޑިއަންޓް އަތުން 2-0 އިން މާޒިޔާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

August 12, 2017 9
މިއީ ދެ ޓީމަށް ވެސް ވަރުގަދަ ޓެސްޓެއް: ނިއުގެ ކޯޗު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅޭ މެޗުން ލީގުގެ އެއްވެސް މަގާމެއް ކަށަވަރުނުވާނެ ކަމަށާއި އެކަމަކު މިއީ ދެ ޓީމު ވެސް އޮތީ ކިހާ...

August 12, 2017 12
"ދަގަނޑޭ ހުއްޓުވާނީ ޓީމެއްގެ ގޮތުގައި ކުޅުވައިގެން"

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭއިރު އެ ޓީމާއި އެ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހުއްޓުވާނީ ޓީމެއްގެ ގޮތުގައި ކުޅުވައިގެން ކަމަށް...

06 އޯގަސްޓް

August 06, 2017 6
ދަގަނޑޭގެ މޮޅު ކުޅުން އޮތީ ކުރިއަށް: އޮސްކާ

ޓީސީ ސްޕޯޓްސް ކްލަބް އަތުން ރޭ 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ ފަރާތުން ފެނުނު މޮޅު ކުޅުމަކީ ފެށުމެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި...

August 06, 2017 9
ޓީސީ ބަލިކޮށް ނިއު އަށް ވަރުގަދަ ފެށުމެއް

ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު އެނބުރި އައި އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ލަނޑާ އެކު 3-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއު...

31 ޖުލައި

July 31, 2017 9
ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް!

އަންނަ ހުކުރު ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގަށް ހާއްސަކޮށްގެން ފެންޓަސީ ފުޓްބޯލް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މާދަމާ ތައާރަފްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

25 ޖުލައި

July 25, 2017 4
ކީޕަރު ފައިސަލް އާއި އަދުހަމް ނިއު އަށް ބަދަލުވެއްޖެ

ގައުމީ ފުޓްބޯޅަ ޓީމުގެ އެއް ނަމްބަރު ގޯލްކީޕަރު ކްލަބް ވެލެންސިއާގެ މުހައްމަދު ފައިސަލާއި ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) ނިއު ރޭޑިއަންޓަށް ބަދަލުވެއްޖެ އެވެ.

July 25, 2017 8
ރިލޭ އެނބުރި ނިއު އަށް

އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކަޓާފައިވާ ވިކްޓަރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓަށް ބަދަލުވެއްޖެ އެވެ.

20 ޖުލައި

July 20, 2017 9
ނިއު އެނބުރި އަންނާނީ ވަރުގަދަކޮށް: އޮސްކާ

އެސްޓީއޯ މާލޭ ލީގު ގެއްލުނަސް އެއީ މާ ބޮޑު މާޔޫސްކަމެއް ކަމަށް ނުދެކި ނިއު ރޭޑިއަންޓުން އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

July 20, 2017 5
"ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް"

އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ލިބުމުން ދެން އަމާޒު ހިފާނީ މި ކާމިޔާބީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުގައި ވެސް ތަކުރާރު ކުރުމަށް ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ...

19 ޖުލައި

July 19, 2017 16
ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި

މެޗުގެ ދެ ވަނަ މިނެޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ޖެހި ލަނޑާ އެކު ނިއު ރޭޑިއަންޓް ލީޑު ނަގާފައިވަނިކޮށް އަމްދާން އަލީ (އެންޑީ) ކާމިޔާބުކުރި ގޯލުން ނިއުއާ 1-1 އިން އެއްވަރުކޮށް...

July 19, 2017 9
ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅޭ މެޗަކީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވާ މެޗެވެ. ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް އަމާޒުކޮށްގެން ނުކުތް ނިއު...

16 ޖުލައި

July 16, 2017 5
ދަގަނޑޭ ޕްރެކްޓިހަށް ނުކުމެއްޖެ

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކުރި ކަކުލުގެ އޮޕަރޭޝަނަށް ފަހު ފިޓްވެ، އިއްޔެ ނިއުގެ ޕްރެކްޓިހާ ނުކުމެއްޖެ އެވެ. އެކަމަކު އޭނާ އަށް ކުޅެވޭނެ ދުވަހެއް ސީދާ ނޭގެ އެވެ.

14 ޖުލައި

July 14, 2017 8
ނިއު އަށް ސްޕެއިން މިޑްފީލްޑަރެއް

ނިއު ރޭޑިއަންޓުގެ ނެދަލެންޑްސް މިޑްފީލްޑަރު ޖަމާލް ލީފްލެންގް އާއިލާ ސަބަބަކާ ގުޅިގެން އެނބުރި ގައުމަށް ދާން ޖެހުމުން ނިއު އިން ބަދަލުގައި ސްޕެއިނުގެ މިޑްފީލްޑަރެއް ގެނެސްފި އެވެ.

July 14, 2017 3
18 އަހަރަށް ފަހު ފަދިއްކޮގެ ކެރިއަރަށް ނިމުމެއް

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ވިންގާ އާދަމް ފަޒީހް (ފަދިއްކޮ) 18 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

July 14, 2017 16
ފަހު މެޗުން މޮޅުވާން ނިއު އަށް މަޖުބޫރުވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް 1-1 އިން އެއްވަރުވެ އީގަލްސް އިން ގަދަ ހަތަރަކާ ކައިރިއަށް ޖެހިލިއިރު، ނިއު އަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު...

13 ޖުލައި

July 13, 2017 3
އީގަލްސްގެ މި ފަހަރުގެ އަމާޒަކީ ވެސް ނިއު ބަލިކުރުން

އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ހާލަތު ތަފާތު ވިޔަސް ނިއު ރޭޑިއަންޓް ބަލިކުރެވޭނެ ކަމަށް އެ ޓީމަށް ދެކޮޅަށް ކުޅޭ އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.