ދެ ކުދިންގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހު މާލޭގައި މާރާމާރީ ހިންގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލި މައްސަލާގައި ބަޔަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ބުނީ ތަހުގީގަށް ދަނީ ކުރިއެރުން ލިބެމުން ކަމަށެވެ.


ފުލުހުން ބުނީ މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް ކަމަށެވެ. މިއީ މާރާމާރީ ހިނގި ދުވަހު ހެނދުނު ދެ ގްރޫޕްގެ ދެމެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށް ފުލުހުން ބުންޏެވެ.