ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ސާބިތު ދަރަންޏެއް އޮވެގެން ކުޑަހުވަދޫ މެޖިސްޓްރޭޓްގެ މަގާމް ގެއްލިއްޖެ

ކުޑަހުވަދޫ މެޖިސްޓްރޭޓް އުއްމުކުލްސޫމް

24 ނޮވެމްބަރ 2021 - 22:08

4 comments

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސާބިތު ދަރަންޏެއް އޮތުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މަގާމް ހުސްވެއްޖެ ކަމަށް ނިންމައިފި އެވެ.

އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާ ކަމެކެވެ.

އެ މައްސަލަ ބެލުމަށް ފަހު ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުއްމުކުލްސޫމްގެ ކިބައިން ފަނޑިޔާރުކަމުގެ ޝަރުތު އުނިވެއްޖެ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ކުޑަހުވަދޫ މެޖިސްޓްރޭޓުގެ މަގާމް ހުސްވެފައިވާ ކަމަށް ވެސް މިރޭ ކަނޑައަޅާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

4 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 42%
icon angry icon angry 0%
icon wow icon wow 12%
icon inlove icon inlove 19%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދުން999

26 November 2021

މީނައަކީ ވަރަށް ހިފި ނުހުރެގެން އުޅުނު މީހެއް. ބެލުމެއްނެތި ކަންކަން ކުރާ މީހެއް. އުސޫލެއް ހަމައެއް މީނާ ނުބާލާނެ. ރަނގަޅު ވަކިކުރިކަންވެސް.

The name is already taken The name is available. Register?

ހުސެން

26 November 2021

ތިޔަހެން ތިޔަވީ ސާބިތުދަރަނި އޮވެގެން ނުވަތަ ދަރަނި ނުދައްކައިގެން ކަމަށްނުބެލެވޭ، އަޅުގަނޑަށް މިކަން ވައްތަރީ ޖޭއެސްސީ އިން ހިނގި ޖަރީމާއަކާ، މިހާރުނޫހުން އުއްމުކުލްސޫމް އަބޫބަކުރުގެ ބަސް ގެނެއްދެނިކޮށް ކޮންމެވެސް ވަރަކަށް މިކަންވެގެން އުޅޭގޮތުގެ ހަގީގަތް ހާމަވެދާނެ!

The name is already taken The name is available. Register?

ގާލީ

25 November 2021

ރައީސުންނާއި މިނިސްޓަރުން ފެންވަރުގެ މީހުންގެ ތިޔަބާވަތުގެ މައްސަލަތައް ކެންސަލް ކޮށްލާނީ. ތިޔަ ގޮއްޔެގެ ތިމާގެ މީހަކު މަޖިލީހުގައި ހުރިނަމަ އޯކޭވާނެ.

The name is already taken The name is available. Register?

ނަޖްވާ

25 November 2021

ހުކުމެއް އޮތުމުން އެއީީކީ މައްސަލައެއް ނޫން ކަމަށް ދެކެނީ! އެކަމު ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ އެވާނީ މައްސަލައަކަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454