ޚަބަރު / އަރަބިއްޔާ ސްކޫލް

އަރަބިއްޔާއަށް ހައްލު ހޯދަން މަޝްވަރާކޮށްފި، ހުސްކުރަން ވެސްް ޖެހިދާނެ!

އަަރަބިއްޔާ ސްކޫލްގެ ތަނބުތަކުގައި ރެނދުލާފައި. އެތަން ހުސްކުރަން ޖެހިދާނެ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އަރަބިއްޔާ ސްކޫލްގެ ތަނބުތަކުގައި ރެނދުލައި، ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ މި ވަގުތަށް ހުރި ހައްލުތަކާ ބެހޭ ގޮތުން އެ ސްކޫލްގެ ޕީޓީއޭގެ އިސް ފަރާތްތަކާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ މަޝްވަރާކުރައްވައިިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި، އަރަބިއްޔާ ޕީޓީއޭގެ އެކްސްކޯ މެމްބަރުންނާ އެކު މިނިސްޓަރު ބޭއްވެވި ބައްދަލުވުމުގެ މައުލޫމާތު އެނގޭ ބެލެނިވެރިއަކު ބުނި ގޮތުގައި އެ ސްކޫލް ހުސްކުރަން ޖެހިދާނެ ހާލަތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އޭނާ ބުނީ އެ ހާލަތުގައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖެއްސުން ނުވަތަ އިއްޒުއްދީން ސްްކޫލަށް އަރަބިއްޔާގެ ކިޔަވައިދިނުން ބަދަލުކުރާނެ ކަަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އެއީ މެންދުރު ފަހު ކިޔަވައިދޭ ގޮތަށެވެ.

އިއްޒުއްދީން ސްކޫލަކީ މިހާރު އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލަކަށް ވާތީ މެންދުރު ފަހު، އެ ސްކޫލްގައި ކިޔެވުމެއް ނޯވެ އެވެ. އެގޮތަށް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުވި ނަމަވެސް މިހާރު ހުރި އިމާރާތް، މަރާމާތުކުރުމަށް ފަހު އަލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ބެލެނިވެރިން މިނިސްޓަރުގެ ފަރާތުން ހޯދި އެވެ.

އެއީ ބެލެވޭ ގޮތުގައި އަރަބިއްޔާ ސްކޫލްގެ އެންމެ ފުރަތަމަ އިމާރާތް ބާވެގެން، އޭރު ބަދަލުވި އިރު ކަންހިނގި ގޮތަށް ބަލައި ހޯދި ޔަގީން ކަމެކެވެ. އެފަހަރު އަރަބިއްޔާގެ ދަރިވަރުން އެހެން ތަނަަކަށް ވަގުތީ ގޮތުން ބަދަލުކުރުމަށް ފަހު، ސްކޫލް ހުރި ބިން ނެގީ ފްލެޓް އެޅުމަށެވެ. އޭރު ހުރި ސްކޫލަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މިހާރުގެ އިމާރާތް އަޅާނެ ކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް ބެލެނިވެރިންނާއި އާއްމުން އޭރު އެކަމާ އިހުތިޖާޖު ވެސް ކުރި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ އަރަބިއްޔާގެ ޕީޓީއޭއާ ބައްދަލުކުރައްވަނީ. އިމާރަތް ހުސްކުރަން ޖެހިއްޖެ ނަމަަ އަަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރެއްވި.

އިއްޔެގެ ބައްދަލުވުމަކީ، އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރު އައިޝަތު އަލީ ދެއްކެވި ވާހަަކައާ ގުޅިގެން ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ބޭއްވި ބައްދަލުވުމެކެވެ. އެހެންވެ، މިނިސްޓަރު ދެއްކެވި ވާހަކަ ބެލެނިވެރިންނަށް ސާފުކޮށްދެއްވި އެވެ.

ދަރިވަރުންނަށް ނުރައްކަލެއް ނެތް ކަމަށް އިއްޔެ ވިދާޅުވީ މިހާތަނަށް ހަދާފައިވާ އެސެސްމެންޓަށް ބިނާކޮށް ކަމަށާއި، ފުރިހަމަ އެސެސްމެންޓެއް ހަދަން މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަަމަށް މިނިސްޓަރާ ހަވާލާދީ މައުލޫމާތު ދިން ބެލެނިވެރިޔާ ބުންޏެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި އެކަމާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ 2013 ވަނަ އަހަރު ހުޅުވި އަރަބިއްޔާ ސްކޫލު އިމާރާތުގައި ބޮޑެތި ރެނދުތަކެއް ހުރިކަން ފާހަގަވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކަމަށެވެ.

23 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 63%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިޔާލު3

26 November 2021

7 އަހަރު ތެރޭ ކޮންކުރިޓުގައި ރެދުލައި ކަޑަކަޑައިން ދިއައީމަ އެސެސްމެންޓް ހެދުމުގެ ބޭނުމެއްނޯންނާނެ މުޅި އިމާރާތް ތަޅާލާ އަލުން ހަދަންޖެހޭނި އެ އިމާރާތްބޭނުން ކުރުން ރައްކާތެރިއެއް ނުވާނެ. ވަގުތު ބޭކާރު ނުކޮށް ހަމަޖެއްސެން ހުރި އިންތިޒާމުތައް ހަމަޖައްސާ އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންގޮސްދެއްވާ.

The name is already taken The name is available. Register?

މުހައްމަދު ދާވޫދު

26 November 2021

ބިލަބޮންގ ސުކޫލްއާދިމާ އަމީނީމަގު އަނެއްފަރާތު ހުރި ބިލްޑިން ތަޅާލާފަ އަރަބިއްޔާ ނޫންނަމަ އިތުރު އަރަބި މީޑިއަމް ސުކޫލެއް އެޅުން ރަނގަޅު.

The name is already taken The name is available. Register?

ސުހައިލް

26 November 2021

އަހުސަން އެބުނީ ވަރަށް ރަގަނޅު ވާހަކައެއް. އަހުމަދިއްޔާ އަށް ކޮންމެވެސް ބޮޑު ތަނެއް ދޭން އެބަޖެހޭ. އެސްކޫލް އަކީ ނަތީޖާ ނެރޭ ސްކޫލް އެއް. ޓޮޕްޓެން ޖަލްސާ ގައި ބިލަބޮންގ އާއި ޤިޔާސުއްދީން ގެ އަޑެއްނީވޭ. އަހްމަދިއްޔާ ވަރަށް މޮޅު.

The name is already taken The name is available. Register?

ސަލީމަ

26 November 2021

އަހުމަދިއްޔާ މަސައްކަތް ކުރަނީ ކުދިން ގާނައިގެން ގްރޭޑަށް. އަމަލީ އަދި އުފެެްދުންތެރި ހުނަރަށް މާބޮޑު އަހަމިއްޔަތުކަމެއް ނުދޭ. ޔަގީނުންވެސް އަހުމަދިއްޔާއިން ކިޔަވާ ކުދިންގެ ގްރޭޑް ސެޓްފިކެޓް ފުރިހަމަވާނެ. ގިގިޔާސުއްދީން އަދި ބިލަބޮންގެ ސިލަބަސް ބައްޓަން ކޮށްފައި ބޮޑަށް އޮންނަމީ އުފެއްދުންތެރި މުޖުތަމައަކަށާއި އިގްތިސާދަކަށް ކުދިންގެ ވިސްނުމާއި ހުނަރު ތަރައްގީވާފަދަ ގޮތަކަށް. ޓްޕް ޓެން އެއީ މުސްތަގުބަލު ނިންމާ ކަމެއް ނޫން.

The name is already taken The name is available. Register?

އާދަން

26 November 2021

ވަކި ސިލަބަހަކަށް ކިޔަވާނެކަމެއްނެތެއްނުދޯ. އުފެންދުންތެރިކަމާއި އިއްތިސާދަށް އެކަނި ވިސްނީމަ އެނިމުނީތާދޯ. ކިތަންމެ ހިތްހަމަނުޖެހުނަސް އަހްމަދިއްޔާ އާއި ތިޔަ ވިދާޅުވި ދެ ސްކޫލާ އެއްވެސް ގޮތަކުން އަޅާނުކިޔޭނެ. ހަޤީގަތް ޤަބޫލް ކުރައްވާ އިގޭތޯ.

The name is already taken The name is available. Register?

ބެލެނިވެރިއެއް

25 November 2021

100% މުސްލިމް ގައުމެއް އަރަބި އިސްލާމީ ތަޢުލީމަށް ވަކި ޚާއްޞަ ސްކޫލެއް ހުރުމުގެ ބޭނުމަކީ ކޮބާ؟ ހުރިހާ ސްކޫލެއްގަވެސް އިސްލާމީ، ދުނިޔަވީ، ތަރުބަވީ ސަޤާފީ ދެންވެސް ފައިދާހުރި ހުރިހާ ޢިލްމުތަކާއި، ޢަރަބި ބަހާއި އިގިރޭސި ބަސްވެސް ފިސާރި ގަދައަށް ކިޔަވައިދީބަލަ. ޢަރަބިއްޔާގެ ވަރަށް ގިނަ ދަރިވަރުން ސެކަންޑްރީ އާއި ހަމައިން އެހެން ސްކޫލްތަކަށް ބަދަލުވާތަން ފެންނާތީ ހިތަށް އަރަނީ ޢަރަބިއްޔާގެ މުޤައްރަރުގަ މައްސަލައެއް އުޅެނީބާއޭ ކުދިން ޝައުޤުގެއްލެނީ

The name is already taken The name is available. Register?

ހާމިދު ޝާހިދު

25 November 2021

އިއްޒުއްދީން އަކީ މިސަރުކާރުގެ އެއްދަންފަޅި ވައުދު ފުއްދަން އިބްރާގެ މަންދު ކޮލެޖް ކުރިން ހިންގަމުންގެންދިޔަ ބާ އިމާރާތެއް. އެތަން މަރާމާތުކޮށްފައި އިއްޒުއްދީން ސުކޫލް ހުޅުވީ، ހެނދުނު 7:50 އިން 2:30 ހާހަމަށް ކިޔަވާދީ އިތުރު ހަރަކާތް ހިންގާގޮތައް. ދެން އަރަބިއްޔާ އެތަނަށް ލަންޏާ އެންމެ އަވަހަށްވެސް ފެށޭނީ 3:00 ޖަހާއިރު ނޫނީ އިއްޒުއްދީނުގެ ގަޑި ކުޑަކުރަންޖެހޭނީ. ނަމޫނާ ސްކޫލަށް ދެން ކިހިނެތްތޯ ވާނީ؟ އަންނިގެ ސަރުކާރުގައި ހެދިއިމާރާތްތިވެއްޓެނީ.

The name is already taken The name is available. Register?

އަންދާ ޤާނޫނު

25 November 2021

ކިހާ ތާޚިރު! މައްސަލަ ނިމުނީ ދެއްތޯ؟ ކޮބާ އިޚްމާލު ފަރާތްތައް. މަސައްކަތް ހަވާލުކުރި މީހުންނާ ފެންވަރުދެރަކޮށް މަސައްކަތް ކުރި މީހުން! މިޤަޢުމުގަ އިންސާފް ޤާޢިމުވާން ހަމަ ނެތީ ހޭ؟

The name is already taken The name is available. Register?

ކޮރަލް

25 November 2021

100 ޕަސެންޓް މުސްލިމް ގައުމެއްގަ ހުރި ހަމަ އެކަނި އަރަބި ކިޔަވާ ދޭ ސްކޫލް އަށް ހާދަ އަނިޔާ އެއް އެބަ ކުރެ އެވެ. ގެއްލުން ވާނީ ކިޔަވާ ދަރިވަރުންނަށެވެ.

The name is already taken The name is available. Register?

އަހުސަން ހަސަން

25 November 2021

ވަރަށްރަގަޅު ވާހަކައެއް ޣިޔާސުއްދީނަށް ބޭކާރުބޮޑު އިމާރާތެއް މާލޭގެ ކުދިން ގިނަ ސްކޫލް ތަކަށް ތިތަން ދޭން ފެނޭ ބަލަ ތިއޮއް އަހްމަދިއްޔާ އެއް ވެސް ކުދިން ގިނަ ކަމުން. ހާދަ ހާލެއްގައޭ އެސްކޫލް އެއޮތީ ސަރުކާރުން މިކަން ވިސްނާލެއްވުން ވަރަށްރަގަޅު

The name is already taken The name is available. Register?

އުމޭއްތަ

25 November 2021

ތިކަމުގެ ބަދަލު އެލްއެފް ކޮންސްޓްރަކްޝަނުން ހޯދަން ވާނެ. ބޮޑު އަގު ނަގާފަ އަތިރިމަތީ ލޮނު ވެލި ބޭނުން ކޮށްގެން އިމާރާތް ކޮށްފަ ލާރި ކޮޅުން ހުރިހާ ހިއްސާދާރުން އެތިބީ ހުޅުމާލެއިން ބޮޑެތި ބިން ގަނެގެން. ބިންތައއ ދައުލަތަށް ނަގާފަ އެތަންތަން ވިއްކައިގެން އާ އިމާރާތެއް އެޅުމަށް ގޮވާލަން

The name is already taken The name is available. Register?

ދެރަ

25 November 2021

އަޅުގަޑު ހިތަށް އަރާ ސުވާލެއް، ކީއްވެބާއޭ ޤިޔާސުއްދީން އިންޓަނެޝަނަލް އަށް އެހާބޮޑު ސްކޫލެއް ދީފަ އެހުންނަނީ. އެންމެ 700 ކުދިން އެތާވެސް އުޅެނީ، ޖަމާލުއްދީން، އިއްޒުއްދީން ވަރުގެ ޢިމާރާތެއްވެސް ފުދުނީސް

The name is already taken The name is available. Register?

2021

25 November 2021

ޖަމާލުއްދީން ހިންގަން ޤިޔާސުއްދީން އިމާރާތް ދޭން، އެސްކޫލް ކުޑަވެ ކުދިން ގިނަކަމުން ގޭޓްތަކުން ކުދިންބަލަ ވަދެ ނުކުމެވާއިރު ނޭވާ ހާސްވާވަރުވޭ، އެކަމަކު އެކަމެއް އެހެން ނުކުރާނެ، މުއްސަދިންގެ ޕްރައިވެޓް ކާރުތައް ކިރިޔާވެސް ދުއްވަލެވޭނީ އަމީނީ މަގުގަ، ޖޭއެސް ސަރަހައްދަކީ އެހާ ޓްރެފިކް ބޮޑު ކާރޫބާރު ބޮޑު މާލޭގެ މެދު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454