ޚަބަރު

ޣައިރު ދީނަށް ގޮވާލާ ކޮންޓެންޓް ބްލޮކްކުރަން ފުލުހުން ދިނީ 72 ގަޑިއިރު، އޭގެ ފަހުން ފިޔަވަޅު އަޅާނެ

އެހެން ދީންތަކަށް ހިތްވަރުދީ ދިވެހިންނަށް އަމާޒުކޮށް ހިންގާ ކޮންޓެންޓް ބްލޮކް ކުރަން ދިން މުއްދަތު މާދަމާ ހަމަވާނެ

މީހަކު މޯބައިލް ފޯނަކަށް ބަލަހައްޓައިގެން ހުރެ ހިނގާފައި ދަނީ: ދިވެހިންނަށް އަމާޒުކޮށް ހިންގާ ދީނާ ދެކޮޅު ކޮންޓެންޓް ބްލޮކް ކުރަން ވަނީ އަމުރެއް ނެރެފައި. -- ފޮޓޯ: އޭއެފްޕީ

ދިވެހިންނަށް އަމާޒުކޮށްގެން، އެހެން ދީންތައް ފަތުރައި ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ހިންގާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޗެނަލްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެކަން 72 ގަޑިއިރު ތެރޭ ތަންފީޒުކުރަން ފުލުހުން އަންގައި އިންޒާރު ދީފި އެވެ.

ޣައިރު ދީންތަކަށް ދިވެހިން ވެއްދުމުގެ ބޭނުމުގައި ދިވެހި ބަހުން ކޮންޓެންޓް ހަދައިގެން ހިންގާ ސޯޝަލް މީޑިއާ އާއި އާންމުކޮށް އިންޓަނެޓްގައި ހިންގާ ހަރަކާތްތަކެއް ހުއްޓުވަން ފުލުހުން ކޯޓުން ހޯދި އަމުރަށް ފަހު، އިންޓަނެޓްގެ ހިދުމަތް ފަރާތްތަކަށް އަންގާފައި ވަނީ އަމުރު ތަންފީޒުކޮށް އެކަން 72 ގަޑިއިރު ތެރޭ ލިޔުމުން އެންގުމަށެވެ.

އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުގެ ތެރެއިން މި އެންގުމާ އެއްގޮތަށް މި މުއްދަތުގެ ތެރޭގައި އަމަލު ނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

އަމުރު ތަންފީޒުކުރަން 72 ގަޑިއިރު ދީ އެކަން އަންގާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެހެންވެ މި މުއްދަތު މާދަމާ ހަމަވާނެ އެވެ.

ދީނާ ދެކޮޅު ކޮންޓެންޓް ރާއްޖޭގައި ބްލޮކް ކުރަން ފުލުހުން އަމުރު ހޯދާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނު ބުނާ ގޮތުން ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި ދީނީ ގޮތުން ހިލާފް އުފެދޭ ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ކުރުމާއި އެފަދަ ކަމެއް ކުރަން އުޅުމަކީ ވެސް މަނާ ކަމެކެވެ. މީގެ އިތުރުން އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތަކާއި އެ ދީންތައް ކުރިއަރުވާ ލިޔުންތައް އާންމުންގެ ތެރޭގައި ގެންގުޅުމާއި އެފަދަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ ފެތުރުމަކީ ވެސް މަނާ ކަމެކެވެ.

20 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 10%
icon angry icon angry 8%
icon wow icon wow 8%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސްވާހަކަ

01 December 2021

އިންޑިޔާގެ ސީރީސްތަކުން ދައްކާ ބުދުދީނުގެ ކަނކަންވެސް ސެންސަރުކުރަންއެބަޖެހޭ

The name is already taken The name is available. Register?

ފަޖުވާ

01 December 2021

ނަޖުވާ ގެ ކޮމެންޓަށް %100 ތާއީދު. ވަރަށް ޒަމާންކޮށްފަ ނަޖުވާ ގެ ކޮމެންޓެއް މިފެނުނީ ހަމަ ނަޖުވާ ގެ އަސްލު ސްޓައިލްގައި. ދިވެހިންނަކީ އެމީހަކު ކިޔެވި ފީލްޑް އިން މޮޅު މީހުން ގިނަޔަސް ސައިންސް ގެ އަލީ ގައި ކަންތައް ދިރާސާ ކުރެވޭވަރަށްވުރެ ނެރޯމައިންޑެޑް ގަމާރު ބައެއް. ޢެތައް ޖީލެއް އެތައް ގަރުނެއްގެ ކުރިން އެމީހުންގެ ކާބަފައިން ގެ ބޮލަށް ޖަހާފައި ހުރި ޗިޕް ތަކުގެ ޖީން ދަރިފަސްކޮޅަށް ވާރުތަވެފައި މިއޮތީ. އެކަން ރަނގަޅުވާނީ ހޭލުންތެރި ކުރުވައިގެން.

The name is already taken The name is available. Register?

ރިލޯސު

30 November 2021

ޣައިރު ދީނަށް ވުރެއް ކަންބޮޑުވާންޖެހޭނީ އެއްވެސް ދީނެއް ޤަބޫލު ނުކުރާ ފިކުރަށް މި ޒަމާނުގައި.

The name is already taken The name is available. Register?

ސޭކުބެ

30 November 2021

ދުނިޔޭގެ ބައެއް ގައުމުތައް އެބަހުރި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭގޮތަ ހަދާފަ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ ޗައިނާ. މި ސައްތައިން ސައްތަ އިސްލާމީ ޤައުމުގަ ކަންއޮތީ ދިމާ އިދިކޮޅަށް.

The name is already taken The name is available. Register?

ހަސަނު

30 November 2021

އަހަރުމެނަށް އެހެން ދީންތަކުގެ ކަންކަން އެއްވެސް ވަރަކަށް ނޭނގެ. މި ނޭނގުން ބަދަލު ވެދާނެ މާ ގިނަ ގިނައިން އެެހްނ ދީން ތަކުގެ ކަންކަން ފެންނަން ފަށައިފިނަމަ

The name is already taken The name is available. Register?

ނަން

30 November 2021

ސޯސަލް މީޑީއާއަށް ނޯޓިސް ފޮނުވަން ކެރޭނެބާ. ނޫނީ ބުނާނީ ބްލޮކް ކުރަން ނޭންގޭބާ. ސޯސަލް މީޑިއާގައި އިސްތިހާރު ކުރާ ކަންތަށް ބްލޮކެއް ނުކުރެވޭނެ އެކުންފުނި ތަކުގެ އެއްބާރުލުން ނުލިބެ. ޤައުމުތަކުން ސޯސަލްމީޑިއާ މެދުވެރި ކޮއް ފަތުރާ ޕްރޮޕެގެންޑާ ހުއްޓުވަނީ އެމީހުންނަށް އެޤައުމުގެ ޤާނޫނު މަނާކަމެއް ކަމަށް އަންގައި އެކަން ހުއްޓުވަންނެވެ. ތަކުރާ ކޮއްފިއާމު ފުރަތަމަ ޖޫރިމަނާ ދެން ބްލޮކް ކުރަނީއެވެ. އައިއެސްޕީ ޖޫރިމަނާ ކުރަން ތައްޔާރަށް ހުރޭ ފުރަތަމަ.

The name is already taken The name is available. Register?

މެގަތޯން

30 November 2021

މިކަމުގެ ހަގީގީ ދާއިމީ ހައްލަކީ ތިމާއާއި ތިމާގެ ދަރިންގެ ދީނީ އަގީދާ ވަރުގަދަކުރުން ތިމާގެ އަގީދާ ވަރުގަދަނަމަ އަދި ތަނަކުން ފެންނަ މަންޒަކުން ކިޔާލާ އާޓިކަލްއަކުން ތިމާގެ ދީނީ އަގީދާއަށް އަސަރެއް ނުކުރާނެ، މިފަދަ ކުރިއަރައިފައިވާ ދުނިޔެއެއްގައި އިންޓަނެޓް ބްލޮކްކޮށްގެން ތިކަމަކަށް ހައްލެއް ނެތް

The name is already taken The name is available. Register?

ކޮރަލް

30 November 2021

72 ގަޑި އިރު ތެރޭ އެކަން ކުރި ތޯ ނުށްވެރީން ބަލާލަ ބަލާށެވެ. ނުކޮށްފި ނަމަ ދެން ކުރެ ވޭނެ ކަމެއް ނޭނގެ އެވެ.

The name is already taken The name is available. Register?

ހަސަނު

30 November 2021

މާނަ އަކީ ފޭސްބުކް އާ އިންޓަގްރާމް އާ ޓުވިޓާ ބްލޮކް ކުރުން... ރަނގަޅު..

The name is already taken The name is available. Register?

ބޭރުމީހާ

30 November 2021

އިނގެރޭސިބަހުން ޢައިރުދީނަށް ގޮވާލާފަހުރި ފޭސްބުކް ޕޭޖުތަކާ ޔޫޓިއުބު ޕޯސްޓުތަކާ ޓުވީޓުތަކާވެސް ބައިވަރު އެބަހުރި. އެކަންވެސް މި ފަހަރު ހަމައަކަށް އަޅުވާދެއްވާތި.

The name is already taken The name is available. Register?

ނޯއިންޓަނެޓް

30 November 2021

އިނގިރޭސި ބަސް އެކަންޏެއް ނޫން. އަރަބި ބަހުންވެސް އެބަހުރި. ފަރަންސޭސި ބަހާ ސްޕެނިޝް ބަހާ ރަޝިޔާ ބަހާ ހިންދީބަހާ އުރުދޫ ބަހުންވެސް އެބަހުރި. އެންމެ ފަސޭހަ ގޮތަކީ ދިވެހިންނަށް އިންޓަނެޓަށް ނުވަދެވޭ ގޮތް ހެދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454