ޚަބަރު / ކޮވިޑް-19

ކޮވިޑްގެ އިތުރު 816 ކޭސް؛ ބަލި ޖެހުނު އަދަދު އެއް ލައްކައިން މައްޗަށް

މިދިޔަ 24 ގަޑިއިރު ތެރޭ 7000 އަށް ވުރެ ގިނަ މީހުން ޓެސްޓްކޮށްފައި ވާއިރު މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ މީހުން ޓެސްޓްކުރި ދުވަސް

ކޮވިޑަށް ޓެސްޓުކޮށްގެން ނޫނީ މާލޭއިން ރަށްރަށަށް ނުދެވޭ ގޮތަށް އެޗްޕީއޭ އިން ނިންމުމާ އެކު ސޯޝަލް ސެންޓަރު ބޭރުގައި ޓެސްޓުކުރަން މީހުން ކިއޫ ހަދާފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

13 ޖެނުއަރީ 2022 - 22:19

14 comments

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑްގެ އިތުރު 816 ކޭސް ފެނި، މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 100،000 އިން މައްޗަށް ހިނގައްޖެ އެވެ.

އަލަށް ފެނުނު ކޭސްތަކާ އެކު މިހާރު ވަނީ ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 100،451 އަށް އަރައިފަ އެވެ.

ކޮވިޑްގެ ކޭސްތައް މިދިޔަ 24 ގަޑިއިރު ތެރޭ މިހާ ބޮޑަށް އިތުރުވި އެއް ސަބަބެއް ކަމަށް ފެންނަނީ ބައްޔަށް ޓެސްޓްކުރި އަދަދު ވެސް ރެކޯޑް މިންވަރަކަށް އިތުރުވުމެވެ. މިދިޔަ 24 ގަޑިއިރު އިރު 7،005 މީހަކު ޓެސްޓުކޮށްފައި ވާއިރު މިއީ މިދިޔަ އަހަރެއްހާ ދުވަހު ތެރޭ ވެސް އެންމެ ގިނައިން ޓެސްޓުކުރި އެއް ދުވަހެވެ.

އަލަށް ފެނުނު 816 ކޭސް އަކީ ޕޮޒިޓިވިޓީ ރޭޓުން ބަލާ ނަމަ 11.65 ޕަސެންޓެވެ. މި ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލޭން ފެނުނު 413 ކޭސް އާއި އެހެން ރަށްރަށުން ފެނުނު 249 ކޭސް އާއި ރިސޯޓްތަކުން ފެނުނު 92 ކޭސް އަދި ސަފާރީތަކުން ފެނުނު 15 ކޭސްއެކެވެ.

މިދިޔަ 24 ގަޑިއިރުގެ ކޭސްތައް ބަލާއިރު މާލޭގެ ޕޮޒިޓިވިޓީ ރޭޓް 12 ޕަސެންޓަށް އަރަ އެވެ.

މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 100،000 އިން މައްޗަށް ދިޔައިރު ބަލި ޖެހުނު މީހުންގެ ތެރެއިން 95،056 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި 264 މީހަކު ވަނީ މަރުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 5،118 އެވެ.

މި ވަގުތު މި ބަލީގެ 25 މީހަކު މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްފައި އެބަ ތިއްބެވެ.

ރާއްޖޭގައި ވެސް ކޮވިޑްގެ ކޭސްތައް މިހާ ބޮޑަށް އިތުރުވެފައި ވަނީ ކޮވިޑްގެ އާ ވެރިއަންޓް އޮމިކްރޮން ފެތުރެން ފެށުމާ އެކުގަ އެވެ.

ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވުމާ އެކު މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާ ވަރުގަދަކޮށް ކޮވިޑް ވެކްސިން ޕްރޮގްރާމް ވެސް ފުޅާކޮށްފަ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައި ވާއިރު މިރޭ ވަނީ ވެކްސިންގެ ބޫސްޓަ ޑޯޒް ޖެހުމަށް ވެސް ހުޅުވާލައިފަ އެވެ.

14 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 29%
icon angry icon angry 29%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޭހޭނޭ

14 January 2022

ކޮވިޑް ވައިރަސް ބޭނުންވޭ ދުނިޔޭގެ އެންމެންނާ ބައްދަލުކުރަން. އެއަށް ކިތަންމެ ހުރަސް އެޅިއަސް އޭތި ގޮތެއް ހޯދާނެ އެކަން ކުރަން. ވެކްސިން ޖަހައިގެން ލިބޭ ދިފާއު ފޫއަޅުވަން ދަސްކޮށް އެވަރަށް އޭތި ބަދަލުވެ މަރުނުވެ އެހިފަހައްޓަނީ ވަރަށް ބޮޑަށް ބައްދަލުކުރަން ބޭނުންވާތީ.

The name is already taken The name is available. Register?

10،000ބސ

14 January 2022

ޙަނދާންވޭތަ ރައީސް ނަޝީދު، މި ރާއްޖޭގަ 10،000 މީހުން ޕޮސިޓިވް ވެދާނެޔޭ ބުނި ހަނދާން..

The name is already taken The name is available. Register?

ސޯވަޓް

14 January 2022

އެ އަދަދާ ދިމަލެއް ނުވޭ.

The name is already taken The name is available. Register?

ހަސަންކަލޯ

14 January 2022

ޓެސްޓުތައް މިހާރު ހަދަނީ ހަމަ ނަމަކަށް. ޓެސްޓު ހަދައިގެން ފުރިތާ 2 ދުވަސް ފަހުން ގުޅާފަ އެބަ ބުނޭ ޕޮޒިޓިވްއޭ. ޓެސްޓުގެ ނަތީޖާ ލިބޭތޯ 3 ދުވަހު މަޑުކުރިން. ނުލިބުނު. އެހެންވީމަ މިހާރު ތިޔަބުނާ އަދަދުތައްވެސް ދިމައެއް ނުވާނެ. މިހިސާބަށް ކަންތައް ދިޔައިމަ އެބަ އެނގޭ މީ ހަމަ ކުޅޭ ގޭމެއްކަން.

The name is already taken The name is available. Register?

އަލީޑީ

14 January 2022

އޮމިކުރޯން އަކީ ޑެލްޓަރ ވޭރިއަންޓަށްވުރެ ނުރައްކާ ކުޑަ ވޭރިއެންޓެއް. އޮމިކުރޯނު ވެލްކަމް ކުރަން ބައެއް ސައެންޓިސްޓުން ބުނޭ. އޮމިކުރޯން ނުރައްކާތެރި ޑެލްޓަރ ރިޕްލޭސް ކުރާކަން އިންގްލަންޑް، އެމެރިކާ، ސައުތް އެފްރިކާ އިން ޔަޤީންވޭ. ވީއިރު އޮމިކުރޯން ފެތުރުނަ ނުދިނުމަށް ހަރުކަށި ފިޔަވަޅު އެޅުން ބުއްދުވެރިއެއް ނޫން. ވެކްސިން އަކީ ބޭނުންތެރި އެއްޗެއް އެެކަމަކު އަބަަދު ބޫސްޓަރ ޖެހުމަކީ ހައްލެއް ނޫން. ނެޗުރަލް އިމިއުނިޓީ ލިބި ސަލާމަތްވާނީ.

The name is already taken The name is available. Register?

ލީޑީ

14 January 2022

ޑެލްޓަރ އެއް ނޫން. ޑެލްޓާ.

The name is already taken The name is available. Register?

ދަލާސްޓް ވޭރިއަންޓް

14 January 2022

ފައިޒާ ސީއީއޯ ނޫސްތަކައް އަރާ މިކިޔަނީ ފައިޒާގެ ދެ ޑޯޒު ޖެހިޔަސް އަދި ބޫސްތަރު ޖެހި ކަމަކައް ވެސް ނުވެއެވެ. ކިތައްމެ ވަރަކައް ވެކްސިން ޖެހިޔަސް ފެތުރޭ ވަރަކައް ފެތުރެއެވެ. ޓެސްޓް ކުރާކެއް އަދި މާގިނަ އެވެ، 90% ވެކްސިން ޖަހައިގެން ކޭސް ތައް ގިނަ ކުރަނީ ރައްޔިތުން ނެވެ،، ޕައިލަޓުން ވެކްސިން ނުޖަހަން އުޅެނީ ކީއްވެތޯ ސުވާލު ކޮށްލުން މުހިންމު .. ރައްޔިތުން ހޭލަން ވެއްޖެއެވެ. ޒިންމާ ދާރު ކުރުވަން ޖެހޭނެއެވެ،

The name is already taken The name is available. Register?

މޯޑް

14 January 2022

ބޭކާރު ރުފިޔާ ހަރަދު ކުރާކަށް ފީސީއާރު ޓެސްޓް ހަދާނި ކަމެއް ނެތް. ތި އެއްޗެއް ހެދިޔަސް ނުހެދިޔަސް ބަލިޖެހޭ މީހުންނަށް ބަލިޖެހޭ. ކޮންޓްރޯލެއް ވަނީއަކީ ނޫން އޭގެ އަމިންލަ ޒާތުގަ ހުންޓްނީމަ ނޫނީ. ވެކުސިނަކުން ވީ ކަމެއް ނެތް. މީބަޔަކު މަހުޖަނުންނަށް ވާން ކުރާ ވިޔަފާރިއަކަށް ވެއްޖެ

The name is already taken The name is available. Register?

ހޯރަބޭ

14 January 2022

ކޮމަންޑޫއަށް ގޮސް ގެން އެއުނި ފީސީއާރު ޓެސްޓް ގަނެގެން ގޮސް ގެން އުޅޭ ބޭފުޅުން ތަކެއްތޯ?

The name is already taken The name is available. Register?

ޑޭވް

14 January 2022

ލޮކް ޑައުނަކަށް ނުދިޔަސް ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ .ޕާޓީ ތަކާ އެއްވުންތައް ބޭއްވުން ހުއްޓާލަން ޖެހޭ ،

The name is already taken The name is available. Register?

ސަލީމު އިދުރީސް

13 January 2022

އެއްލައް މީހުނައް ބަލިޖެހުނުއިރު ތިންސަތޭކަ މީހުން މަރުނުވޭ! ރާއްޖޭގަ އާންމުކޮއް މަރުވާމީހުންގެ އުމުރައްބަލާއިރު ބަލިޖެހިގެން މަރުވެފަވަނީ ވަރައް ދުވަސްމީހުން! ނޫސްވެރިން ވެޖެއޭނޫން މައުމާތުހޯދާ އާޓިކަލެލިޔަން އާދާގެ އަރުތަކުގަ މީހުން މަރުވިރު ކޮވިޑުގެ އަރުތަކުގަ މިގައުމުން މީހުން މަރުވިވަރު ކިހާ އިތުވިތޯ! ތިއަކީ ތިވަރުން ރައްޔިތުން ތަޅުލައިގެން އޫޅޭވަރު ބައްޔެއްކަމުގަ ނުދެކެން!

The name is already taken The name is available. Register?

ނިކް

13 January 2022

ސްކޫލުތައް ހުޅެވުން އިތުރު 1 ހަފްތާއަށް ލަސްކުރަން އެބަޖެހޭ، ވާނުވާ ބަލައިލަން.. އެހެން ނޫނީ ހެސް ކިޔާފަ އަރައިގެން ހިނގައިދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454