ޚަބަރު / ކޮވިޑް-19

ކޮވިޑް ޖެހިގެން އައްޑޫން ބިދޭސީއަކު މަރުވެއްޖެ

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދު މަތިން ފެންނަ ގޮތް. ފޮޓޯ/ އާތިފް (ހަމިއްޓޭޒް)

ރާއްޖޭގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝް މީހަކު ކޮވިޑް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ 8:00 ހާއިރު ސ. ފޭދޫ ހެލްތު ސެންޓަރަށް ގެންދިޔަ ބަންގްލަދޭޝް ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އުމުރުން 34 އަހަރުގެ އެ މީހާއަކީ ކޮވިޑްގެ 265 ވަނަ މަރުގެ ގޮތުގައި އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެއީ އައިޖީއެމްއެޗުގެ އިމަޖަންސީ ރޫމަށް ގެންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑްގައި އައްޑޫން ބިދޭސީއަކު މަރުވިއިރު އާ އަހަރާ ދިމާކޮށް ކޭސްތައް އިތުރުވާން ފެށި ގޮތަށް އައްޑޫން ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެކްޓިވް ކޭސްތައް އައްޑޫގައި 200 އިން މައްޗަށް އަރާފައިވާތީ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ކައުންސިލުން ވަނީ ދީފަ އެވެ.

އައްޑޫގެ އިތުރުން މާލެ އާއި އެހެން ރަށްރަށުގެ ކޮވިޑް ހާލަތު ވެސް ގޯހެވެ. މިވަގުތު 12 ރަށަކަށް އަރައިފޭބުން މަނާކޮށްފައި އޮތްއިރު އިއްޔެ އެކަނި ވެސް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 800 އިން މައްޗަށް އަރަ އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލައި2021

15 January 2022

މަރުވި މީހަކު ޓެސްޓުކުރި އިރު ކޮވިޑަށްޕޮޒިޓިވް ވީ. އެކަމު އޭނަ މަރުވީ ކޮވިޑްގެ ސަބަބުންކަމަކަށް ނުނިންމޭނެ ޕޯސްޓުމޯޓަމް ނުހަދާ.

The name is already taken The name is available. Register?

ސައިމާ.

15 January 2022

އަވަހަށް އައްޑޫސިޓީ ބަންދުކޮށް ތަޅު އަޅުވާ. ކ.އަތޮޅު މާލެ ބޮޑު ސްޕްރެޑެއްގެ ގޮތުގައި އޮންނައިރުވެސް މުޤައްދަސް ރަށްކޮޅަކަށްވާތީ އެރަށަށް އަރާ ފޭބުން މަނަލެއް ނުކުރޭ.

The name is already taken The name is available. Register?

ށަވިޔަނި

15 January 2022

ﷲ އަޅަމެން މިބަލިން އަދި މިފަދަ ނުރައްކާތެރި އެންމެހައި ބަލިތަކުން ރައްކާތެރި ކުރައްވާށި آمين

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454