މާލޭގައި ކޮވިޑްގެ ސާމްޕަލް ނަގަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
14 ޖެނުއަރީ 2022 - 23:53
މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑްގެ އިތުރު 967 ކޭސް ފެނިއްޖެ އެވެ. މިއީ މިިދިޔަ ނޮވެމްބަރު މަހު ރާއްޖެއިން ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓް ފެނުނު ފަހުން، އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދު މުޅި ރާއްޖެއިން 967 މީހަކު ޕޮޒިޓިވްވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓުކުރި 7،505 ސާމްޕަލްގެ ތެރެއިންނެވެ. ޓެސްޓްކުރި އަދަދަކީ ވެސް ފަހުގެ ތާރީހެއްގައި އެއް ދުވަހަކަށް ބަލާއިރު ރެކޯޑް ގިނަ އަދަދެކެވެ.
އޭގެ ތެރެއިން މާލެއިން ނަގާފައި ވަނީ 4،277 ސާމްޕަލެވެ. މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 475 އެކެވެ. ބާކީ 290 މީހުން ރަށްރަށުން ޕޮޒިޓިވްވިއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 87 މީހެކެވެ. އަދި ސަފާރީތަކުން ދެ މީހަކު ޕޮޒިޓިވްވި އެވެ.
މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 101،418 އަށް ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 95،259 މީހުން ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދަކީ 5،881 އެކެވެ.
އެޗްޕީއޭ އިން ބުނީ މިވަގުތު ހޮސްޕިޓަލުގައި 22 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މިރޭ ފޭދޫން ކޮވިޑުގައި މަރުވި މީހާއާ އެކު ކޮވިޑްގައި މިހާތަނަށް ރާއްޖޭން މަރުވި މީހުންގެ އަދަދު 265 އަށް ވަނީ އަރައިފަ އެވެ.
ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވެ އިއްޔެ ވެސް 800 އަށް ވުރެ ގިނަ ކޭސް ފެނިފައިވެ އެވެ. އެހެންވެ، އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުހަބާ
15 January 2022
ވީމާ ޝެއަރހޯލްޑަރުންނަށް ފޭސް2 ގޯތި ގަނެވޭނެ. މަރުހަބާ!
ލޫކް
15 January 2022
ސަރުކާރުން ފިޔަވަޅުތަށް އަޅަނީ ރަގަޅަށް... ފުލުހުން މާސްކް އަޅާ ތޯ ބަލާނެ ވާހަކަ އޮތް، މާލޭގަ މާސްކް ނާޅާ މީހުން ގިނައީ... ކޮބައިތޯ ޕޮލިހުން!!!
ބެބެހުއްތު
15 January 2022
މަގުމަތިން ދަނިކޮށް ހިފަހައްޓާ ބަހައްޓާފަ ނޭފަތަށް ދަނޑިއެއް ބާނާފަ އެއްދުވަސް ފަހުން ގުޅާފަ ކަލޭ ތިހިރީ މަރުބަލި ޖެހިފަޔޯ. މިއިރު މީހާއަކަށް ނޭނގޭ އޭނައަށް ކަމެއް ވީހެންވެސް. މީހަކު ހައިރާނެއް ނުވާނެ.
ލޫކް
15 January 2022
ކަމެއް ވީކަން އިންގުނު ދޯ މިދިޔަ އަހަރު މެއި ހާ ހިސާބުގަ... އެއް ދުވަހެއްގެ މަތިން ކޯވިޑްއިން 7 މަރު ވި ދުވަސް ވެސް ދިޔަ... މިކަންކަމުން އިބުރަތް ހާސިލްކުރަން ޖެހޭ.... މިދިޔަ އަހަރު ވެސް ޕެންޑެމިކްގެ ކަންތަށް ރާއްޖޭގަ އެހާ ބޮޑުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފަށް އުޅޭ މީހުންގެ ސަބަބުން...
ސަލާމީ
15 January 2022
ޕޮސިޓީވް މަތިވެ ރައްކާތެރިކްމުގެ ފިޔަވަޅުތައް އެޗްޕީއޭއިން ވަރުގަދަ ކުރި ކަމަށް އެބުނީ..މާލޭގެ އެއްވެސް ދިމާލަކުން ތިކަމެއް ނުފެނޭ..
ކޮވިޑު
15 January 2022
ގިނައިން ޓެސްޓު ކުރިވަރަކަށް ގިނަމީހުން ޕޮސިޓިވް ވާނެ. ގިނަ ލާރި ވެސް ލިބޭނެ. މީހަކު ބަލިވަނީކީ ނޫން. މީހަކު މަރުވަނީކީނޫން. ޖެހޭ މީހާ އަށް ބައްޔެއް ޖެހުނު ކަން އެނގެނީކީނޫން. މިދެން ކޮން ސަކަރާތެއް. ސުކޫލުތައް ބަންދުކޮށް, ކުށެއް ނެތި އިންސާނުން ގޭ ބަންދުކޮށް, މީސްތަކުން ނޭވާލުމުގެ ޚައްގު ހަނިކޮށް މޫނުތީ ފޮތި އޮޅައި. މީ އަންނާން އޮތް ޖީލު ތަކުގެ ދަރީންގެ މަލާމާތް ނުލިބި ނުދާވަރު ކަމެއް. މީ ހަމަ މިޖީލުގެ ވިސްނުން ހުރިގޮތްބާ? ނޫންނަމަ ފައިސާގެ ދަހިވެތިކަމުގަ ބުއްދި ހަމަ ފިލާދިޔަ އީބާ?
ބޮބި
15 January 2022
ކަނޑްތެރޭން މަރުވެފަ އޮތް ހަށިގަޑެއް ނަގާފަވެސް ބުނި ކޮވިޑޭ
މޯޑް
15 January 2022
މީހަކު މަރުވިޔަސް ދެން ކޮވިޑް މަރަކަށް ވާނި. ވަރުގަދަ ބައެއް އުޅޭތަނެއް ތި އެޗްފީއޭ އަކީ
އާރީ
15 January 2022
އެޗްފީއޭއިން އުޅެނި ރަށްއިތުން ހިތުގަ ބިރުވެރިކަން އުފަންދާ އެގެން ނާޖާއިޒް ފައިދާ ބަޔަކަށް ހޯދަދޭށް.
ހަނުހުންނަ މީހާ1
15 January 2022
ނިސްބަތުން އައްޑޫގެ ހާލަތު މާލެއަށްވުރެ ގޯސް މިއަދުވެސް 38 ފިޔަވަޅުތަކެއް އަޅާ ކޮންޓްރޯލްކުރުމަށް ގޮވާލަން