ކާމިޔާބާ އެކު ރޮޒެއިނާ މިރޭ އުފާ ފާޅު ކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 މެއި 2022 - 23:10
ބޮޑު ތަފާތަކާ އެކު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އިންތިހާބުކޮށްފި އެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުގައި މިއަދު ވަނީ ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހުގެ ރައިސްކަން އަދި ޒުވާނުންގެ ހިތްވަރުގެ ރައީސް ހޮވައިފަ އެވެ.
ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކާއެކު ހޮވިވަޑައިގެންނެވީ، ރޮޒެއިނާގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
ރޮޒެއިނާ މިރޭ މީޑިއާ އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިހާތަނަށް 200 އަށްވުރެ ގިނަ ވޯޓު ފޮށީގެ ނަތީޖާ ގުނާފައިވާއިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރައްވައި 58 ޕަސެންޓުން ކުރީގައި އުޅުއްވަނީ ފައްޔާޒެވެ. އޭނައަށް 28،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ.
އިމްތިޔާޒު ފަހުމީއަށް 20،000 އަށްވުރެ ގިނަ ވޯޓާއެކު 42 ޕަސެންޓް ލިބިވަޑައިގަތެވެ.
އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒެއިނާއާ އެކު ވާދަކުރެއްވީ ސަފާތު އަހުމަދެވެ.
އެ ވޯޓު ފޮށިތަކުން ރޮޒެއިނާއަށް 65 އަދި ސަފާތަށް 35 ޕަސެންޓް ލިބިފައިވެ އެވެ.
ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރެއްވީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ. އެ ތަނުން ކުރީގައި އުޅެނީ ރިފްގާ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލެއް.
15 May 2022
ތިޔަ ޕަރޓީގަ ތިބީ ، ސައްހަކިތައް މެމްބަރުންކަމަށް ދައުވާ ކުރަންތޯ؟ ވޯޓުހޯދަން ކަށީހެ މަދުންނާއި، ލެއިން ދިޔަފެލައިގެން މުޅިޖުމްލަ ވޯޓުލީ ކިތައްމިހުންތޯ ( އެހެންޕާރޓީތަކުގެ މީހުން ހިމަނައިގެން) ލިބުނީ ކިތައްވޯޓުތޯ؟ އޭރުން ތިއޮތީ 2023 ވ ސާފުވާވަރަށް ލިބޭނެ ވޯޓުގެ އަދަދުއެނގެން ތިއޮތީ..
ބޮޑުމީހާ
15 May 2022
4 އަހަރުވީއިރު ފްލެޓެއް ނޭޅުނު، ބްރިޖެއް ނޭޅުނު، ރަންވޭއެއް އޮޕަރޭޓްނުކުރެވުނު، ހޮސްޕިޓަލެއް ނުހިންގުނު، ކޮރަޕްޝަނެއް ނުހުއްޓުވުނު، މަރުތަކަށް އިންސާފެއް ނުލިބުނު، އެމްއެމްޕީއާރުސީގެ ހިޔާނަތެއް ނުބެލުނު. ކޮމިޝަންތައް އިތުރުވީ، ބަދަލުދިނުން މެކުހަށް، މިވަރުގެ ބަޔަކު ހިންގާލަން ސްލޯގަން ޖަހައިގެން ކެމްޕެއިންކޮށްގެން އިންތިހާބެއް ކާމިޔާބުކުރީމާ ދިވެހިން ތިބި ނިކަމެތި ހާލު އިހްސާސްވޭ، ސިޔާސީ ގޮތުން އަދިވެސް ސަލާންޖަހަން ބޭނުންވަނީ
ޑޮކްޓާރ. ބަނާނާ
15 May 2022
ރޮޒޭ އާއި ފަޔާ އާއި ދެމީހުން ވީމާ ތިޔާ ތިއޮތީ ޕާޓީ މެކުހަށް ޖަހަން ފުރުސަތު ލިބިފަ! ދެން ތިޔާ ބޭފުޅުން ވެރިކަމަށް އަންނަން ބޭނުންފުޅު ވާނަމަ ޕްރެޒިޑެންޓް އިބުރާހިމް އާއި ގުޅިގެން ރަގަޅު ޓީމެއް އެކުލަވާ ގަވާއިދާއި ހަިލާފު މިގައުމުގައި އުޅޭ ބިދޭސިންނާއި ޑްރަގާއި ކޮރަޕްޝަނަުގެ މައްސަލަތަކަށް ހައްލެއް ހޯދައި ދެއްވާ! ރޮޒޭ އާއި ފަޔާ... ތަގޭދެވެންނަށް ވަރަށް ސަލާމާއި މަރުހަބާ!
ޖުކިން
15 May 2022
އެމްޑީޕީއަށޤ ޑީއާރްޕީގެ ހިންގުން ކަމުދާކަން މިއެނގެނީ
ޒައިކް
15 May 2022
އުމަރުގެފާނުފަދަ ބޭފުޅުންނަކީ އިސްލާމުވުނުގެ ކުރިން މުސްލިމުންނަށް އަނިޔާދީ އުސްލާމްދީނާ ވަރަށް ދެކޮޅު މުޝްރިކުންގެ ތެރެއިންވީ ބޭފުޅުން.އެކަކަމަކު އިސްލާމުވުމަށް ފަހު އިސްލާމްދީން އިއްޒަތްތެރިކޮށް މަތިވެރި ކުރި ދަންމަރަކަަށް ވެގެންދިޔަ.ނަތީޖާއެއްގެ ގޮތުން ޚަލީފާއަކަށް އިސްކުރެވުނު އޭގެ މާނައަކީ ކުރިން ހުރި ހަރުކަށި ވިސްނުން މުސްލިމުންނަށް ކަމުދުޔައީއެކޭ ނޫން އަދި މުސްލިމުނާ އިދިކޮޅު ހަލީފާއެކޭވެސް ނޫން. ވީމާ އެމްޑީޕީއަށް ވަނީމަ އެއީ އެމްޑީޕީ
1206
15 May 2022
އަންހެނުންގެ ރޫހުން ސަފާތުގެ ކެމްޕޭނުގެ ވާހަކަ އަޑުއެހިތާ މިހުރީ. މިންތީގެ ހަމަހަމަކަމަށް ގޮވި ބައިގަނޑު އިންތި ނޮހޮވިދާނެތީ ނޫނީ ނޫޅޭ. ދެފުއްކެހެރިކަން އެ ސާބިތުވީ.
ތަފާތު
15 May 2022
ސަފާތު ކުރިނަތި ލައިގެން ކާމިޔާބެއް ލިބުނުތަ؟؟ ދެން ފެންނާނީ އެހެން ޕާޓީއަކަށް ދުއްވައިގަންނަ މަންޒަރު..
ޖޫސްޕެޓީ
14 May 2022
މަބުނީ، މީނަމީ އަސްލުގަ މާލޭމީހެއްތަ އައްޑޫމީހެއްތަ.
ޑެކޮލު
15 May 2022
ބައްޕަ މާލެ، މަންމް އައްޑޫ
ޒިކް
15 May 2022
ދިވެއްސެއް… އަދި އެމްޑީޕީގެ މެންބަރެއް އެ ކަން ޔަޤީން.. އެހެންވީމަ ބޭކާރު ސުވާލުކޮށް ރަށާ އާއިލާއާ ދަރިކޮޅާ ލާންގެންގުޅޭ ޖަންގިޔަލުގެ ކުލަ ބަލަންޖެހޭބާ؟؟ މި އިންތިހާބަށް މުހިންމުކަންކަމެއް ނޫން އެއީ..
ލޮލީ.
15 May 2022
ޖޫސްޕެޓީ ކަލެއަށް ކޮން ކަމެއް. ރުޅި އަންނާން ކަމެއްނެތް. ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫ މީހުންނަކީ ބާކީ ކޮށްލެވޭނެ ބައެއްނޫން. ރޮޒޭނާ އަކީ ހަމަ އައްޑޫ މީހެއް. ދެން ކީއްކުރާނީ ؟
ގޮހޮޑާ
14 May 2022
ފަޔާ ރޮޒޭނާއަށް ތަބަކަކަށްލާފައި ދިނީމައި ތިލިބުނީ.. އެހެންމީހެއް ގޮވައިގެން ފަޔާ ނިކުތަސް ލިބޭނެ އެމީހަކަށް.
ާަެއާތިފާ
15 May 2022
ފަޔާއަށް ލިބުނީ ރޮޒައިނާ ގޮވައިގެން ނުކުތީމަކަމަށްވެސް ވެދާނެ. ރޮޒޭ އަކީ ރާއްޖޭގަ ހުރި އެންމެ މަގުބޫލު އަންހެން ޕޮލިޓީޝަން.
ޒައިކް
15 May 2022
ނޫނެކޭ ހަމަ ސޯލިހު ގަދައީއޭ އެމްޑީޕީގަ ނަޝީދުގެ ތާއީދެއް ނެތޭ.. ސޯލިހު އިންތިހާ ސަފާތު އެ ފަޅިން ނެރުނު ނަމަ އެ ދެމީހުންވެސް ހޮވުނީސް.