ޕީއެންސީގެ ރައީސް އަބްދުއްރަހީމް: އިންތިޚާބުގެ ވާހަކަ ދެއްކޭނީ މިނިވަންކަން ލިބުމުން ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
24 ޖޫން 2022 - 08:54
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކޭނީ ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދުމަށްފަހު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ވާހަކަ ދެއްކޭނެ މާހައުލެއް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ. އެކަން ކުރެވެން އޮތީ ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކުރަނީ 2023 ގެ ރިޔާސީ އިންތިޚާބުގެ މަސައްކަތެއް ނޫން. ރިޔާސީ އިންތިޚާބުގެ މަސައްކަތް ކުރެވޭ ފަދަ ހާލަތެއްގައެއް ނޫން ގައުމު މި އޮތީ." އަބްދުއްރަހީމް ވިދާޅުވި އެވެ.
މިވަގުތު ކަންކަން ހިނގަމުންދާ ގޮތުން ރާއްޖޭގައި ރިޔާސީ އިންތިޚާބެއް އޮންނާނެ ކަމާ މެދު ވެސް ޝައްކު ކަމަށް ވިދާޅުވެ، އޭނާގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ އިންޑިއާއަށެވެ.
"އިންޑިއާގެ ސަފާރާއިން ނިންމަންވީ ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބާއްވާނެ ކަމެއް ނެތޭ. އެ ހިސާބުން އެކަން ނިމުނީ. އެހެންވީމަ އަޅުގަނޑުމެން މިޖެހެނީ އަޅުގަނޑުމެންގެ އަތުން ގެއްލިގެން ގޮސްފައި އޮތް ބާރު އަލުން އަނބުރާ އަތަށް ގެންނަން. އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންގެ އަތަށް އަނބުރާ ގެންނަން." އަބްދުއްރަހީމް ވިދާޅުވި އެވެ.
"އޭގެފަހުގައި 2023 ގެ ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކެން އޮތީ." ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި އޭނާ ވިދާޅުވި އެވެ،
އަބްދުއްރަހީމް ވިދާޅުވީ އަމިއްލަ ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހު ރާއްޖޭގެ މިނިވަންކަން ހޯދަން މަސައްކަތް ކުރަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި މިވަގުތު ރާއްޖެ އޮތީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދުވަސްވަރަށް ވުރެ ވެސް ގޯސް ހާލަތެއްގައި ކަމަށާއި އިންޑިއާގެ ނުފޫޒު އޮތް މިންވަރު ނޭނގޭހާ ބޮޑަށް ނުފޫޒު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އޮތް ނުރައްކަލަކީ އަޅުގަނޑުމެންނަަކަށް ނޭނގެ އިންޑިއާ ސިފައިން ތިބީ ކިހާ ވަރަކަށް ކަމެއް. ތިބީ ކޮން ތާކު ކަމެއް، ކޮން ނަން ނަމެއްގައި ކަމެއް. ތިބީ ވަޒީފާއެއްގައި ކަމެއް." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރިޔަސް، ޔާމީން ފިޔަވައި އެހެން ސިޔާސީ ބޭފުޅަކު އެކަމާ ދެކޮޅަށް ބަސް ނުބުނާ ކަމަށެވެ. އަދި އިންޑިއާ އައުޓް އެކަމާ ދެކޮޅަށް ސަރުކާރުން ގަރާރު ނެރުނަސް، އެއީ ގާނޫނާ ޚިލާފް ގަރާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަސް
25 June 2022
އަޅުގަނޑުމެންނަށް އިހުސާސެއް ނުވޭ ތިޔަ ވިދާޅުވާ އަޅުވެތިކަމެއް. ރާއްޖޭގެ ޤާނޫނުތައް ތަންދޭ މިންވަރުން ކަންކަން ކުރެވޭ އެބަ.
ހެޔޮވާހަކައެއް
25 June 2022
ކުރީގައި އަހަރެން ހަމަގައިމުވެސް ހޭދަކުރީ ބިރުވެރި އަޅުވެތި ދުވަސްތަކެއް.
ސޭ ޔެސް
25 June 2022
އެއްބަސް
ދިވެހިބިން
25 June 2022
ވ. ވެސް އުފާވެރި ޚަބަރެއް. އުއްމީދުކުރަނީ ކަލޭމެން ރިޔާސީ އިންތިޚާބުގަ ބައިވެރި ނުވުން. އެއިރުން ވ.ސުލްޚަވެރިކޮށް އިންތިޚާބުދާނީ
ވިސްނާށޭ
24 June 2022
ކަލޭމެން އިންތިޚާބުގެ ވާހަކަ ނުދެއްކިޔަސް ރަގަޅުވާނެ.
މީ ދައްކާވޙަކަ
24 June 2022
ޔާމިނުގެ ޝަރީޢަތްތައް ނިމުނީމަ އެދެން މިނިވަންވީ
ގުއިއްޒު
24 June 2022
ޓިނޭކިއީ މީ މިނިވަން ދައުލަތެކޭ. އެހެންޔަކަށް ނުފޫޒެއް ނުފޯރުވޭނެޔޭ. މިހާރު މިނިވަންކަން ގެއްލިގެން އުޅޭ ކަމަށްވަނީނަމަ ޓިނޭ އަކީ މިހާރު ދިވެއްސަކަށް ނުވާނެ. ވާނީ މިނިވަންކަން ދަމައިގަތް ގައުމެއްގެ މީހަކަށް ދެއްތޯ. އެގައުމެއް ބުނިދީބަލަ މިސްޓަރ ޓިނޭ.
ގުއިއްޒު
24 June 2022
ޓިނޭކިއީ މީ މިނިވަން ދައުލަތެކޭ. އެހެންޔަކަށް ނުފޫޒެއް ނުފޯރުވޭނެޔޭ. މިހާރު މިނިވަންކަން ގެއްލިގެން އުޅޭ ކަމަށްވަނީނަމަ ޓިނޭ އަކީ މިހާރު ދިވެއްސަކަށް ނުވާނެ. ވާނީ މިނިވަންކަން ދަމައިގަތް ގައުމެއްގެ މީހަކަށް ދެއްތޯ. އެގައުމެއް ބުނިދީބަލަ މިސްޓަރ ޓިނޭ.
ދގދސެފ×
24 June 2022
މިވަންކަމޭ ތިމާނަކުރަނީ ކެއުމުގެ މިނިވަންކަމަށްތަ؟ ފެންފޮދަކާނުލާ ދިރުވާލުމުގެ ހައްގު އޮންނަ މިނިވަންކަމަށްތަ؟
ވަޑިޔައްތޮކިނަބާ
24 June 2022
އަދުރޭއަށް ހީވަނީތަ، 12 ގަނޑު ޓިނުގެ މައްސަލާގައި އަދިވެސް މިނިވަން ނުވަނީހެން. ދެލޯފުޅާ ބަލަގަ މިނިވަންވެފައޭ ތިޔަހުރީ.
އަފްރާސިޔާބު
24 June 2022
ނުހޮވޭނެކަން ޔަގީންވީމާކަމަށް ގަބޫލުކުރެވެނީ މިހާރު ރާގު ބަދަލުކޮށްލީ. އަދުރޭ ކޮބާ ޓިނުތައް. އަދުރޭގެ މުއްސަނދިކަން ބަލާނޭ މުއައްސަސާއެއް މަށަށްވެރިކަން ލިބިއްޖެއްޔާ ގާއިމް ކުރާނަން. ތަހުގީގު ކުރަން އިންނާނީވެސް އަހުރެން. އެއިރުން އަދުރޭ ތެދުބަހުން ރަނގަޅަށް ކިޔާދޭނެކަން ގަބޫލުޖުރެވޭ.
ހަސަންދީ
24 June 2022
ޢަދުރޭ ކަލޭމެންގެ ވާހަކަ ގަބޫލުކުރާނެ ކޮންމެވެސް ބަޔަކު އުޅެފާނެ ކަލޭމެންގެ ވެރިކަމުގައި ކުރިކަންތައް ދެންމެ ހިގި ކަމެއްފަދައިން ހަދާން އެބަހުރި އިންޝާﷲ ތިފަދަ ބަޔަކަށް ﷲވެރިކަމެއް ނުދެއްވާނެ ސުންމަ އިންޝާﷲ...