ޝައިޚް އާދަމް ނިޝާން
04 އޯގަސްޓް 2022 - 23:50
ޔޯގާ ދުވަހުގެ އިވެންޓް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ޝައިޚް އާދަމް ނިޝާނާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްގައި ހައްސާސް މައުލޫމާތުތަކެއް ހިމެނޭ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
ނިޝާން ހައްޔަރުކުރިތާ މިއަދަށް 42 ދުވަސް ވެފައި ވަނިކޮށް ބަންދަށް އިތުރު ތިން ދުވަސް ދީ ކޯޓުން ނެރުނު އަމުރުގައި ގާޒީ މުހައްމަދު މިސްބާހް ވިދާޅުވެފައިވާ ގޮތުގައި އާންމު އުސޫލަކީ ހެއްކެއްގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓް ބަލައިނުގަތުން ކަމަށް ވިޔަސް މި މައްސަލާގައި އެއަށް ރިއާޔަތްކުރަން ޖެހެނީ ނިޝާންގެ ބަންދު އިތުރު ކުރުމަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެދިފައި ވާތީ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނަނީ އެ ގާނޫނުގެ ދަށުން ތުހުމަތުކުރާ މައްސަލަތަކުގައި އިންޓެލިޖެންސް މައުލޫމާތަކީ ހެއްކެއްގެ ދަރަޖައިގެ، ސާބިތުކުރުމުގެ ވަސީލަތެއް ކަމުގައި ބަލަންޖެހޭނެ ކަމަށެވެ.
އަމުރުގައިވާ ގޮތުން ނިޝާންގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ބާވަތްތަކުގެ ތެރޭގައި ޓެރަރިޒަމްގެ އިތުރުން ބިރު ދެއްކުން، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން، މާރާމާރީ، މުދަލަށް ގެއްލުން ދިނުން އަދި ހުއްދަނޫން ތަނަކަށް ވަނުން ހިމެނެ އެވެ. އަމުރުގައި ބުނެފައިވަނީ ނިޝާންގެ މައްޗަށް ތުހުމަތުކުރާ ކުށް ކުރިކަށް ބެލެވޭ މިންވަރުގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
ތަހުގީގަށް ގިނަ ދުވަސްތަކެއް ވެފައި ވާއިރު ކޯޓުގައި ފުލުހުން މިއަދު ބުނީ ތަހުގީގުގެ މުއްދަތު އިތުރު ކުރުމުގެ ހުއްދައަށް މި މައްސަލާގައި އެދެން ނިންމާފައިވާ ކަމަށެވެ.
ނިޝާނާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ އެހެން ހެކިތަކާ ބެހޭ ގޮތުން ކޯޓުން ބުނެފައިވަނީ ސްނެޕްޝޮޓްތަކުން، ޔޯގާ އިވެންޓް ހިނގަމުން ދަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހިން ހިންގި މީހުންނާ ދަނޑު ބޭރުގައި ނިޝާން ފެނެ އެވެ. އަދި އެ މީހުންނާ މުހާތަބުކުރާތީ ވެސް ފެންނަ ކަމަށާއި އެތަނުގައި ވާހަކަދެއްކި މީހުން "ނިޒާމް އާންމު" އަށް ބެލުމެއް ނެތި ކަން ކުރުމަށް ގޮވި ކަމަށާއި އެކަމުގެ ސަބަބުން ހަމަނުޖެހުން އުފެދުމަށް ސީދާ ގޮތުން މަގު ފަހިވި ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި މިއީ ގިނަ ބަޔަކު ހިމެނޭ އަދި ދުރާލައި ރޭވިގެން ހިންގި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިން ނިންމި ނިންމުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ އެ ނިންމުން ރަނގަޅު ކަމަށް ވެސް ނިންމައިފަ އެވެ
ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ޝައިޚް ފަޒްލޫން މުހައްމަދު މީގެ ކުރިން ވަނީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފަ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު ފަޓްލޫނު
06 August 2022
ކަނާއަތުގެ ޝަހާދަތް އިނގި އެކަނި ދިއްކޮށްގެން ލޯވަށްކޮށް މޫނު ފުއްޕައިގެން އެނުކުންނަނީ ވަކި ބާވަތެއްގެ ޗިޕެއް ބޮލަށް ވެއްދީމަ އަންނަ ވަޖިދަކުން. މީގަކު ގެއްލުވާލި މައްސަލާގައި އިހަށްދުވަހު ހައްޔަރު ކުރި މީހަކު ބިޑިއާ އެކު އަތްމައްޗަށް ދިއްކުރީ މިބުނި ގޮތަށް އިނގިލި ދިއްކޮށްގެން..
ސޯޓު
10 August 2022
ފަޓްލޫނައް ހަމަ އަސަރެއް ކުރަނީ. އިނގިލި ދިއްކުރަނީ ކީއްވެގެންކަން އޮޅުން ފިލުވަބަލަ އެކަން ދަންނަ މީހެއް ކައިރިއަށް ގޮސް. ތިމާ އަށް އެއްޗެއް ނޭގުމަކީ އެއީ ތިމާގެ މައްސަލައެއްކަން ދަނެގެން އުޅެބަލަ.
ރާއްޖެ
05 August 2022
ދައުލަތުގެ މާލިއްޔާ ފެންފޮދަކާއި ނުލާ ދިރުވާލި މުލު ވަގު ގޭގަ ނިދަން ބާއްވާފަ ދެން ތިބި ބަޔަކު ޔޫކޭގަ ޗުއްޓި ހަދާތާ 5 އަހަރު ވަނީ. މުންކަރާތެއް މަނާ ކުރަން ނިކުތް މީހާ ޖަލުގަ ވާނުވާގަ.
ގުދުބެ
06 August 2022
އެމީހުން ގެނެވޭނެވަރުގެ ބަޔަކު ދުނިޔޭގަ ތިބިހެނެއްނުވޭ. އަދި މާލިއްޔަތު ދިރުވާލުމުގައި ނުރަސްމީގޮތުން ބައިވެރިވި ދިވެހިން އިންތިހާއަށްގިނަ
ާހިނި
05 August 2022
ތިކަން ހުއްޓާލާ، ނަސޭހަތްދީފަ ޝޭހު ދޫކޮއްލާ
ހޮރު
10 August 2022
ނަސޭހަތްދޭން ވީ ސަރުކާރާ ރައްޔިތުންގެ މަޖިލީހަށާ ޖުޑިޝަރީއަށް. މުންކަރާތްތަކަށް ނޭރުމަށާއި މުންކަރާތް ހުއްޓުވަން ގޮވާ މީހުންނައް އިހާނެތިކޮށް ނުހެދުމަށް. ޤާނޫނާއި ޤަވާއިދުތައް ކީރިތި ޤުރުއާނާ ސުންނަތައްވުރެ ވަރުގަދަ ވެގެނެއް އަހަރެމެންނަކަށް ސަލާމަތެއް ނެތްކަން ހަދާން ކުރޭ!
ވަހީދު
05 August 2022
ރާއްޖޭގެ ކޮރަޕްޓް ވެފައިތިބި ސިޔާސީ ހަރަކާތްތެރިންގެ މައްޗަށް ކުރި ހޯދައި ރައްޔިތުންގެ އިތުބާރު ހޯދޭނެ ބަޔަކު އިޚްލާސްތެރިން ޝެއިޚުންނަކީ. ކުޑަކުޑަ ހިއްވަރެއް ބޭނުމީ.
އާއްޑޫ ހިތަދޫ
05 August 2022
މި ޝޭހަކީ ވަރައް ރަނގަޅު އިހުލާސްތެރި ތެދުވެރި މީހެ. ސޔާސީ ދައުވާކުރުން އެމްޑިޕީގެ ވެއްޓުން ދިވެހިން ފޫހިވާން ފަޝައިފި އެމްޑިޕީ ދެކެ
އަލީފައިސަ
05 August 2022
ޥ ދެރަކަމެއް. ޢިންދިޔާގެ ޕުރެޝަރާހެދި ދިވެހިންނާއި އިލްމުވެރީން ބަންދުކުރާކަށް ނުޖެހެއެވެ. ދިވެއްސެއްގައިގާ ޖަހައިގެން އިންދިޔާގެ ފާދިރީއެއް އިންދިޔާއިން ހައްޔަރު ކުރާނެތޯ ، ނުކުރާނެ
ކްރޯޑް
05 August 2022
ފަނޑިޔާރުންނަކީ ސަރުކާރު ރުހޭހާ ގިތަކަށް ޖަހަން އޮންނަ ތައްގަނޑެއް . އެމީހުނއްގެ ބުއްދީގެ ބޭނުމެއް ނޯންނާނެ. މިފަދަ ތައް ގަނޑުތައް ގިނައިން ޖަހާނަމަ ޕްރޮމޯޝަން އަވަސްވާނެ. މިސާލަކަށް ނަގާ އަލީ ރަޝީދު
ބައި
05 August 2022
ތިއީ އަދި މާމޮޅު ގޮތެއް. މަގުމަތިން ހިގައިފަ ދާމީހާވެސް ހުއްޓުވާފައި ޓެރަރިޒަމް ދައުވާކޮށް އިންޓަލް ރިޕޯޓް ހުށަހަޅަންވީ. ރާއްޖޭގެ އިންޓަލްރިޕޯޓަަކީ ކޯންޗެއްކަން ނޭނގޭ މީހަކު ނުހުންނާނެ.
ރައްޔިތުމީހާ.
05 August 2022
ފަނޑިޔާރުންގެ މައްޗަށްވެސް ހައްސާސް ނަތީޖާ އަންނާނެ ދުވަސް އޮންނާނެ. ހެއްކަކަށް ނުވާ އެއްޗަކަށް ބަލައިގެން ވިޔަސް ހައްޔަރު ކުރަން ޖެހެއޭ ތިބުނަނީ؟
ސަޓަޑޭ ނައިޓް
05 August 2022
ހަމަ އެދުވަސް އޮބައޮތއ ނޫންތޯ ނިޝާނަށްވެސް. ރަސޫލާ(ޞ) ވަނީ އަމަލުން ދައްކަވާފަ، ކާފަރުންނާމެދު އަމަލުކުރަންޖެހޭ ގޮތް. އަދި ދައުލަތުން ހިމާޔަތް ދީފައި ތިބޭ މީހުނާމެދު އަމަލު ކުރަންޖެހޭ ގޮތް. ޤާނޫނު އަމިއްލަ އަތްމައްޗަށް ލައިގެން އުޅުނީމާ މިހެންމިވީ
މުދިމު
05 August 2022
ތިކަހަލަ ޝޭހުންދައްކާ ވާހަކަ މަމެން އަޑެއްނާހަމު.
ހާއިބްރީ
05 August 2022
ގައިމު ބޮޑުވަޒީރާ ރަންރީނދޫ ޓުވިޓަރޭމެން ހިތްވަރުދީގެން 8 ފެބްރުއަރީގަ މިގައުމުގަ ހުޅުޖަހާ ދައުލަތުގެ މުދާ އަޅިއަށް ހަދާލި. ސޮރީ. އެއީ ޑިމޮކްރަސީ ދޮންވެ ފައްކާވެގެން ލިބުނު ހިޔާލު ފާޅުކުރުމުގެ މިނިވަންކަންދެއްތޮ.
ބަގަޓު
05 August 2022
އަދި ތިނަދޫގަވެސް ހުޅުޖެހި. ވެރިޔަކު ހަވަރަށްވެސް ދިން. ބަގާވާތްވެސް ކުރި. ޑިމޮކްރެސީ ބޮލުގަ ނާޅުވާ މީހުންގެ ބޮލުގައި އަޅުވާ.
ސިލްވިއަރ
05 August 2022
ކޯޓަށް ހުށަހަޅަމާ