އެމްޕީއެލް ޖެޓީ ކައިރީގައި ކެރޭނެއް ފުރޮޅާލައިިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޖެޓީ ކައިރީގައި މިރޭ ކެރޭނެއް ފުރޮޅާލައިފި އެވެ.


އެމްޕީއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކެރޭނު ފުރޮޅާލީ މޫދާ ދިމާއަށް ކަމަށާއި އެކަމަކު އެއްކޮށް މޫދަށް ނުވެއްޓޭ ކަމަަށެވެ. މި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްޕީއެލް ޖެޓީ ކައިރި މޫދަށް މިރޭ ފުރޮޅާލި ކެރޭން ނެގުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ

"އެ ފުރޮޅާލީ އޮޕަރޭޝަންތަކުގެ ތެރޭގައި އުޅެނިކޮށް. އެއްވެސް މީހަކަށް އަދި ވެހިކަލަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.

މި ކެރޭނު ފުރޮޅާލީ ކޮންޓޭނަރެއް ނެގުުމުގެ ތެރޭގަ އެވެ.