"މިހާރު އެވޯޑްސް"ގެ ނަމުގައި އެވޯޑް ދޭން ނިންމައިފި

ރާއްޖޭގެ ބައެއް ކުޅިވަރުތަކުގެ މޮޅު ކުޅުންތެރިންނާއި ބައެއް އެހެން ދާއިރާތަކުން ފާހަގަކުރެވޭ މީހުންގެ އަގުވަޒަންކުރުމުގެ ގޮތުން "މިހާރު އެވޯޑްސް"ގެ ނަމުގައި އެވޯޑް ދޭން، ރާއްޖޭގައި އެންމެ ފަހުން ނެރެން ފެށި ނޫހާއި އޮންލައިންގެ މެނޭޖްމަންޓުން ރޭ ނިންމައިފި އެވެ.


"މިހާރު"ގެ މެނޭޖްމަންޓުން އެގޮތަށް ނިންމީ، އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެކަހަލަ އެވޯޑެއް ދިނުމަކީ ބައެއް ދާއިރާތަކުގެ ހުނަރުވެރިންގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށް ފެންނާތީ އެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި އެވޯޑް ދޭން ފަށަން މި އުޅެނީ. މިއީ ވަރަށް ގިނަ ބަޔަކަށް ލިބޭނެ ހިތްވަރަކަށް ވާނެކަމުގެ ޔަގީންކަން ވެސް އެބަ އޮތް،" އޮފިޝަލް ވިދާޅުވި އެވެ.

މި ޓީމުގައި ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި އެވޯޑްގެ ކަންކަން އިންތިޒާމްކޮށް، ސްޕޮންސަރުންނާއި ކުންފުނިތަކުން ބޭނުންވާ ފެންވަރަށް ކޮލިޓީ އާއި އިތުބާރާ އެކު މިފަދަ އިވެންޓެއް ބާއްވާނެ ކަމުގެ ޔަގީން ކަން ދީފައި އޮތް ޓީމެއް މިއީ."

"މިހާރު އެވޯޑްސް"ގައި ކުޅިވަރުގެ އިތުރުން އެހެން ބައެއް ދާއިރާތައް ހިމެނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އުފެއްދުންތެރިި ބައެއް ހުނަރުވެރިންނަށް ވެސް ލިބޭނެ ހިތްވަރެކެވެ.

"އަޅުގަނޑުމެން މިހާރު މި ގެންދަނީ އެ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތްކުރަމުން. ވަރަށް އަވަހަށް އިއުލާންކުރާނަން އެވޯޑް ދޭ ދާއިރާތައް،" އޮފިޝަލް ވިދާޅުވި އެވެ.

"ކުޅިވަރުގެ ތަރިންގެ އަގުވަޒަންކުރަން އެބަ ޖެހޭ. ހިތްވަރު ވެސް ދޭން ޖެހޭ. ހަމަ އެގޮތަށް އެހެން ބައެއް ދާއިރާތައް ވެސް އެބަ ހުރި އެވޯޑް ދެވިދާނެ. މިހާރު ޓީމުގެ މަގުސަދަކީ އަޅުގަނޑުމެން މި ފެށި ނޫސްވެރިކަމުގައި އެހެން މީހުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރުން."

"މިހާރު" ނެރުމުގެ ހަފުލާގެ ތެރެއިން: ރާއްޖޭގެ މަތީ ފެންވަރުގައި އެވޯޑް ބޭއްވުމުގެ ތަޖުރިބާ ހުރި ޓީމެއް "މިހާރު"ގެ އޮތްކަން ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުން ގަބޫލުކުރޭ

އޭނާ ވިދާޅުވި ގޮތުގައި "މިހާރު" ޓީމުގައި އެވޯޑް އިންތިޒާމްކުރުމާއި އެއާ ގުޅޭ އެހެން ހުރިހާ ކަމެއްގެ ތަޖުރިބާ ހުރި މުވައްޒަފުން ވެސް ހިމެނެ އެވެ. އެ މީހުން ވަނީ މިދިއަ އަހަރުތަކުގައި ރާއްޖެ އަށް އެކަން ސާބިތުކޮށްދީފައި ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ކުޅިވަރުގެ ދާއިރާ އަށް އެނގޭނެ އަޅުގަނޑުމެންގެ ޓީމުގެ މަސައްކަތް. ކުޅިވަރު ކުޅުންތެރިންނާއި އިސް ވެރިން ވަރަށް ބޮޑަށް ވަޒަންކޮށް ތައުރީފް ވެސް ކޮށްފައި ހުރީ،" އޮފިޝަލް ވިދާޅުވި އެވެ.

"އޭގެ އިތުން މި ޓީމުގައި ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި އެވޯޑްގެ ކަންކަން އިންތިޒާމްކޮށް، ސްޕޮންސަރުންނާއި ކުންފުނިތަކުން ބޭނުންވާ ފެންވަރަށް ކޮލިޓީ އާއި އިތުބާރާ އެކު މިފަދަ އިވެންޓެއް ބާއްވާނެ ކަމުގެ ޔަގީން ކަން ދީފައި އޮތް ޓީމެއް މިއީ."

"މިހާރު" ނޫހާއި އޮންލައިން ފެށީ މޭ 24 ގަ އެވެ. "މިހާރު"ގެ ޓީމުގައި 47 މުވައްޒަފުން ހިމެނެ އެވެ. އޭގެ ތެރޭގައި ނޫސްވެރިކަމުގެ އެކި އެވޯޑް ހާސިލްކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ނޫސްވެރިން ހިމެނޭ ގޮތަށް ޖުމްލަ 24 ނޫސްވެރިންނާއި ލިއުންތެރިން މަސައްކަތްކުރެ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި މެދު ފަންތީގެ ވިޔަފާރީގެ އުފެއްދުންތައް ޕްރޮމޯޓްކޮށްދީ، އެންމެ ރަނގަޅު ހައްލު ހޯދައިދޭނެ، އިތުބާރާއި ތަޖުރިބާ ހުރި މާކެޓިން ޓީމެއް ވެސް "މިހާރު"ގެ އެބަ އޮތެވެ. "މިހާރު"ގެ އައިޓީ ޑިޕާޓްމަންޓްގައި ތިބީ ރާއޖޭގެ ފެންވަރުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ހުނަރުވެރި ސިސްޓަމް އާކިޓެކްޓުންނާއި ޕްރޮގްރާމަރުންނެވެ.