އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ހަފްލާގައި ފޮރިން މިނިސްޓަރު ވާހަކަދައްކަވަނީ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގެ އެންމެ ގާތް އެކުވެރިޔަކީ އިންޑިއާ ކަމަށާއި ރާއްޖެ އަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާ އިން ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އާސިމް ވިދާޅުވި ގޮތުގައި އިންޑިއާ އަށް އިސްކަން ދިނުމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެކެވެ. އެހެންވެ، އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވަން ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ހަފްލާ: މި ރަސްމިއްޔާތުގައި، ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ގިނަ ބަޔަކު ބައިވެރިވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރައީސް ޔާމީންގެ ވެރިކަމުގައި ތިން ފަހަރެއްގެ މަތިން އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަކީ އިންޑިއާއާ މެދު ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކަމުގެ މިސާލެއް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި، އިންޑިއާ ސަރުކާރުން ރާއްޖެ އަށް އެކި ގޮތްގޮތުން ވެދީފައިވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ. އެ ގޮތުން، އެ ގައުމުގެ އެހީތެރިކަމާ އެކު ހަދާފައިވާ އައިޖީއެމްއެޗާއި ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީ އާއި ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އާއި ސެނަހިޔާ ހޮސްޕިޓަލަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ހެކިތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ބައެއް މިނިސްޓަރުންނާއި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ (މ) ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން، މި އަހަރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ އަހަރަކަށް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު އާސިމް ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވެސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. އަދި އިންޑިއާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަށް އަންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަފިހުން ގޮއްޔެ
28 January 2017
މިނިސްޓަރު އެވިދާޅުވި ވާހަކަ، ޗައުޅާ ދޮންބެ ގާތު ނަމަނަމަ އެއްވެސް ކުއްޖަކު ނުބުނާތި.
އަލީ
28 January 2017
މިނިސްޓަރ އައް ސިޓީއުރައެއްލިބުނީތޯ؟ މިހާރުވިސްނައިގެން ވާހަކަ ދައްކާތި. އިންޑިއާއިން ދިން ހޮސްޕިޓަލްފެނެއެއްނު. އަދި ސެނެހިޔާ އެއީ އެތާހުރި އަމާރާތަކަށް ދެތިން މެޝިންލާފަ. ފެކަލްޓީ އެހެރީ ދަގަ ނޑު ހޮޅިން ފެންވަޔަރުކޮށްގެން ހުޅުވިއިރު ފަޅަފަޅައިގެންގޮއްސަ އާސިމްމެނަށް ދެއްކޭ ވާހަކައިން ފކަށް ފައިންއެރޭއިރުވެސް ނޭގޭ. އަންޑޔާއަށްވުރެ ޖަޕާނުވެސް ކޮށްދީފަހުރި ކަންތައް މާގިނަ. ތިމަޤާމުގައި ހުރެގެން ހިތައްއަރާހާ އެއްޗެއް ކިޔާއިރު ވިސްނަންޖެހޭނެ. ހޭބަހައްޓައިގެން ވާހަކަ ދައްކަން ހަނދާންކޮށްދެން.
ފިއްދަނޑި
27 January 2017
ނަމުގަ އިންޑިޔާ ކަމުގަ ޗައިނާ
މުހަންމަދު
27 January 2017
އޮހޮހޯ! ކީހާޅެން ފަރިއްސަށްވާން ތައްޔާރުވަނީބާ؟ ބުރިޖުގެއެކުވެރިކަމަށް ވާނީކިހިނެތްބާއެވެ!؟
މެންޓަލިސްޓް
27 January 2017
އެއީވާތެދެއް ،، އިންޑިޔާ ރާއްޖެއާއި ގާތްކަމުން އެމީހުން 2004 ވަނައަހަރު ސަރުކާރުގެ އިންފޮރމޭޝަން ވެބްސައިޓްއެއްގައިވެސް މޯލްޑިވްސް އިނީ އިންޑިޔާގެ ސްޓޭޓްއެއްގެގޮތުގައި ލިސްޓްކޮއްފައި ،،، އަދި ވަރަށް ގިނަ އިންޑީޔާމީހުން ދެކިވެސް އުޅޭ އެހެން ،، އަދި ޖަވާހިރުލާލް ނެހްރޫ 1958 ގައި ލިއުނު ލިއުމެއްގައިވެސް ރާއްޖެއަކީ އިންޑިޔާގެ ތަނެއްގެ ގޮތުގައި ލިއެފައިވޭ ،،، އަދި މަލިކުވެސް އެއޮތީ އިންޑީޔާގައި އެކަމްު ވާހަކަދައްކަނީ ދިވެހިން ،، އަދި ރާއްޖޭގެ އުޅޭމީހުންގެ ޑީއެންއޭ ޕޫލް ޗެކްކޮއްހެދިއިރު އިންޑިޔާގެ ދަރިފަސްކޮޅު މުޅީންހެން އޮތީ ،، ،ވީމާ އިންޑިޔާ އާއި ރާއްޖެއަކީ ހަމަ އެއްބައެއް ،،، ވަރަށްވެދުން
ދދ
27 January 2017
ދިވެހިންގެ އެކުވެރިޔަކީ ސިރީ ލަންކާ ނުންތޯ ؟ އިންޑިޔާ އުޅެނީ ދިވެހި ޒުވާނުން މަގުފުރައްދަން އެކި މިއުޒިކް ޝޯބާއްވަން އުޅޭބަޔެއް!
ޢަބްދުﷲނާފިޒު
27 January 2017
އަނެއްކާ ކޮންކަމެއް ލައިގައްނަނީބާ! ރާއްޖެ އަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާ އިން ކަން މިނިސްޓަރު މުހައްމަދު އާސިމަށް ރޭކާލީމަ........ދެއްތޮ.
މަރީ
27 January 2017
އަނެއްކާ އިންޑިޔާކައިރިއަށް ސަލާންޖަހަން ދާންވީ ދޯ!
އުމަރު
27 January 2017
ތިޔައީ ކަނޑައެޅިގެންދޮގެއް، ރާއްޖޭގެ އެންމެބޮޑު އެކުވެރިޔަކީ މިހާރު ޗައިނާ
ލަބީދް އެންޑް ކަބީރް
27 January 2017
އިންޑިޔާ ބޭބެ ޅޮސްއުނދޯއްޔަށް އަނެއްކާ ތިއެރުވީދޯ.