އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު
11 މެއި 2025 - 23:09
ތަފާތު އެކިއެކި ސަބަބުތަކާ ހެދި، ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދެވޭ ކަމަށް ބަޔާންކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ތަފާސްހިސާބުތައް ނެރުނީ ގޯސްކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް އެމްބީއެސް އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އުމުރުން ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އެކި ގޮތްގޮތުން ތައުލީމު ހާސިލްކުރަމުން އަންނަނީ 91 ޕަސެންޓް ކުދިންނެވެ. ތައުލީމު ހާސިލްކުރާ ކުދިންގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ.
ބާކީ ނުވަ ޕަސެންޓު ކުދިންނަށް، އެކި ހުރަސްތަކުގެ ސަބަބުން ސްކޫލަށް ނުދެވެ އެވެ. އެއީ 9،450 ކުދިންނެވެ. އޭގެ ތެރޭގައި ގިނައީ ޕްރީ-ސްކޫލް ކުދިންނާއި ގްރޭޑް 10 ނިންމާފައި ތިބި ކުދިންނެވެ.
އެ ތަފާސްހިސާބުތަކާ ހަވާލާދީ، ސްކޫލަށް ނުދާ ކުދިންގެ އަދަދު "މިހާރު" އިން މިއަދު ރިޕޯޓު ކުރުމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ތަފާސްހިސާބުތައް އެކުލަވާލާފައިވާ ގޮތް ވެސް ގޯސް ކަމަށެވެ.
އޭނާ ވިދާޅުވީ، 2022 ގައި 9،000 ކުދިން ސްކޫލަށް ހާޒިރު ނުވާ ކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު އެކުލަވައިލިއިރު އެ އަދަދުގެ ތެރޭގައި އުމުރުން 2-3 ކުދިން ހިމަނާފައިވާ ކަަމަށެވެ. އެކަމަކު، އެއީ ތައުލީމުގެ ގާނޫނުން ރަސްމީ ތައުލީމު ހާސިލް ކުރުމަށް ސްކޫލަށް ދާން ޖެހޭ އުމުރުފުރާގެ ކުދިންނެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެ އެވެ. ﷲގެ ވާގިފުޅާ އެކު، ޒަމާނުއްސުރު މަތީސާނަވީ މަރުހަލާ އިން ދަރިވަރުން ބާކީކޮށް މަގުމަތި ކުރަމުން އައި ސަގާފަތް ނައްތާލާނަމެވެ."--- މިނިސްޓަރު
"ވީމާ، ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ތުއްތު ކުދިން ހިމަނައިގެން، ނުވަވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާ ކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ ގޯހެކެވެ،" އިސްމާއިލް ވިދާޅުވި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސް އިން ކުރިން ނެރެފައިވާ ރިޕޯޓަކާ ހަވާލާ ދެއްވަމުން މިނިސްޓަރު އިސްމާއިލް ވިދާޅުވިގޮތުގައި، 2022 ގައި ގަވާއިދުން ސްކޫލަށް ނުދާ ކަމަށް ފާހަގަ ކުރެވިފައިވަނީ 229 ކުދިންނެވެ. އެއީ މާލެ އިން 85 އަދި އަތޮޅުތެރޭގެ އެކި ރަށްތަކުން 144 ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކިއެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަބަދުވެސް ފިޔަވަޅު އަޅަ އެވެ،" އިސްމާއިލް ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ، އޭނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން، އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް ކަމަކީ ގްރޭޑް 10 ނިންމުމަށް ފަހު މަތީސާނަވީގައި ކިޔަވާ ކުދިންގެ އަދަދު މަތިކުރުމުގެ ތައްޔާރީތައް ވުން ކަމަށެވެ. އޭގެ ނަތީޖާއަކީ އޭނާ ވިދާޅުވިގޮތުގައި، މިދިޔަ އަހަރު ގްރޭޑް 10 ނިންމާ ކުދިން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމަށް 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފެށުމެވެ.
"އެ ޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެ އެވެ. ﷲގެ ވާގިފުޅާ އެކު، ޒަމާނުއްސުރު މަތީސާނަވީ މަރުހަލާ އިން ދަރިވަރުން ބާކީކޮށް މަގުމަތި ކުރަމުން އައި ސަގާފަތް ނައްތާލާނަމެވެ." މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރަސްމީ ތައުލީމު ހާސިލް ކުރުމަށް ސްކޫލަށް ދާން ނުޖެހޭ އުމުރުފުރާގެ ކުދިން ހިމަނައިގެން، ހަގީގަތް ސާފުނުވެ، އެކުލަވާލާފައިވާ ތަފާސްހިސާބުތައް ރިޕޯޓު ކުރުމަކީ ވެސް ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕުޓިން
13 May 2025
ކޮމެންޓްތައް ކިޔާލީމާ މިއެގެނީ މިއަދުގެ ތަޢުލީމީ ނިޒާމު ފެއިލްވެފައިވާ މިނަވަރު! ސޮކޫލަށްގޮސް އެއްވެސް ކަމެއް ކުރަން ނުދަންނަ މަސައްކަތުގެ އަޚްލާގު ފެނަވަރު ދަށް މުޖުތަމަޢު އެއް މިވަނީ ލިބިފައި.
2ކޫލް4ސްކޫލް
12 May 2025
ބަލަ ސްކޫލައް ނުގޮސްވެސް މިއޮއްފަދަ ތަރައްގީ ޒަމާނުގައި ތައުލީމް ހާސިލްކުރެވޭނެ!
ކުޑޫ ކުޑީ
12 May 2025
ސްކޫލަށް ދާ ކުދިންނާ ނުދާ ކުދިންގެ ސައްހަ އަދަދު ވެސް ނޭގިގެން އެއުޅެނީ މިނިސްޓުރީއަށް. ސްކޫލަށް ނުފޮނުވާ ކުދިންނަށް ކިޔަވަ ދޭތޯ ނުދޭތޯ ބެލޭނެ ގޮތެއް ވަޒަން ކުރެވޭނެ ގޮތެއް އަމުދުން ނެތި ތި ކަމެއް ނުވާނެ. މާ ގިނަ ބަހަނާ ނުދައްކާ ދަރިން ޢިސްކޫލަށް ފޮނުވާ
މާފަންނު
12 May 2025
ތިކިޔާ ތަރައްގީ ޒަމާނުގައި ސްކޫލަށް ވެސް ނުފޮނުވާ އަކުރެއް ހާ ހިސާބު ދަރިންނަށް ކިޔަވާ ނުދޭ ދީނީ ފިކުރުގެ ސަބަބުން އެތައް ބަޔަކު ފުރަ މާލޭގައި ވެސް އެބަތިބި. އޭގެން ގިނަ މީހުން ދަރިންނަށް ކިޔަވާދޭނެ ފެންވަރު ހުންނަ މީހުން ނެއް ވެސް ނޫން. އެމީހުން ކިޔަވައިދޭތަޮ ނޫންތޮ ބަލާނެ ގޮތެއް ވެސް ނެތް.
ނޮޓް ކޫލު
13 May 2025
އެކި ބަހަނާ ދައްކާ ދަރިން ސްކޫލަށް ނުފޮނުވާ ކިޔަވެމުން އެދަރިން މަހުރޫމު ކުރުން ކޫލް އެއް ނޫން
ޢަލިޔާ
12 May 2025
އަޅުގަނޑު ތި އަދަދެއް ގަބޫލު ނުކުރާނަން، 1000 މީހުން ދިރި އުޅޭ އާބާދީއެއްމީ، ހަމަ ހުޑަކޮއް ވިސްނާލިޔަސް ސުކޫލްއަށް ނުދާ 6 ކުދިން އެބަ އެގޭ، ހަމައެެކަނި މިރަށުންވެސް.
މަނޭ
12 May 2025
ދެން ގަބޫލުނުކޮށް ހުރޭ
މައްކު
12 May 2025
229 ކުދިން ވެސް ތިޔައީ ގިނަ ޢަދަދެއް ، ސްކޫލަށް ނުދާ ކުދިންގެ ސްޓެޓަށް ބަލާއިރު
އުސްތާޒު
12 May 2025
އާދެ އާދެ! 1 ކުއްޖަކު ވެސް ތައުލީމުން މަހުރޫމް ވުމަކީ ގޯހެއް
ދީން އޮޅުވާލައިފި
12 May 2025
ސްކޫލަށް ދަރިން ފޮނުވުމަކީ ވެސް ދީނާ ކުލެޝްވާ ކަމަކަށް ހަދާފަ ބަޔަކު އޮންނަނީ. ހީވާ ކަހަލަ މިރާއްޖޭގެ އެންމެންހެން މިތިބީ ކާފަރު ވެފައޭ ސްކޫލަށް ގޮސްގެން.
ރުހޭ
12 May 2025
ތިކަމަކާ ހެދި ގިނަ މީހުން ގަބޫލު ކުރަނީ ނިގާބު އަޅާފަ ތުބުޅި ދިގު ކޮއް ހުންނަ އެންމެގެ ދަރިން ސްކޫލަށް ނުފޮނުވައޭ. އަހަރެން ނިގާބު އަޅަން!! އެކަމަކު އަހަރެންގެ 4 ދަރިންވެސް ސްކޫލަށް ފޮނުވަން. އަހަންނަށް ހީވަނީ ދަރިން ސްކޫލަށް ނުފޮނުވާ މީހުންނާ އިސްލާމިކު މިނުސްޓުރީން ވާހަކަ ދައްކަން ޖެހޭނެ ހެން
ކޮބާޝަހީމު؟
12 May 2025
ތިމައްސަލައިގަ ހަގީގަތް ބުނެދޭން އިސްލާމިކް މިނިސްޓުރީ އަކުންވެސް ކުރާ ކަމެއް ނެތް ސަހީމު މެން
ޒީނި
12 May 2025
ތިއައީ މިހާރު އެންމެންނަށް އިގޭ ކަމެއް އޯޕަންކޮށް ތިވާހަކަ ދައްކަން ޖެހޭ. މާލަސް ވެސް ވެއްޖެ. އެކަމަކު ކީއްތޯ ކުރާނީ ކަމާ ބެހޭ އިދާރާތައް ހިރިވެސް ނުލާ ތިކަމުގައި
އިއްލެ
12 May 2025
އެއީ ޑޓ ފިކުރޯ
ބިލާލް
12 May 2025
ދެން އޭގެ ރަގަޅު ގޮތް ބުނެދޭން އިސްލާމިކު މިނިސްޓަރު ކޮބައިތޯ؟ މުޖުތަމައުގައި ތިކަން ހިނގާއިރު އެކަން ބަދަލު ކުރަން އެބޭޅާ ކުރައްވަނީ ކުރެއްވީ ކީއްތޯ؟ ހަމަ އެކަނި ސައުދީ ސޭޚެއް ގެނެސް ވެރިކަން ދިފާއު ކުރަން ހުތުބާ ދިނަސް ގައުމެއް ރަނގަޅެއް ނުވާނެ
ރުކޭ
12 May 2025
އެކަހަލަ މީހުންގެ ކުރިމަތީ އެމީހުން އުޅޭ ގޮތް ނޫން ގޮތައް އުޅޭ މީހުންނާ އެމީހުން އަޅާ ހެދުން ނޫން އެހެން ހެދުމެއް އަޅާ އެންމެންނަކީ ކފރނ ފަދަ. އަހަރެން ހަމަ އަޖައިބުވޭ އެމީހުންގެ ވިސްނުމާ ހެދި. ކިހިނެތްތަ އެމީހުންނަށް އެހެން މީހުން ކފރ ކޮއް ހެދެނީ
ވައިކަރަދޫ
12 May 2025
ރުހޭ… މިރަށަކީ ރާއްޖޭގައި އާއްމުކޮށް މީހުން މޫނު ބުރުގާ އެޅުމުގެ މާކުރިން ގިނަ ބަޔަކު މޫނު އެޅި ރަށެއް އަދިވެސް އެކަން އޮތީ އެހެން. އެކަމަކު އެ އެންމެންގެ ދަރިން ހެން ސްކޫލަށް ގޮސް ރާއްޖޭގެ މޮޅެތި ޑޮކްޓަރުންނާ އެކި ދާއިރާތަކުގެ ހިދުމަތްތެރިން އެއީ. އަނެއްކާ އަޚުލަަގު އެހާ ރަނގަޅުވާނެ.
ކާބުލް
12 May 2025
ދަރިން ސްކޫލަށް ނުފޮނުވަމަކީ ޗޮއިސް އަކަށް ވެގެން ނުވާނެ. އެއީ ރާއްޖޭގެ ގާނޫނުވެސް ތަންދޭ ކަމެއް ނޫން. ރާއްޖޭގެ އުޅެންޔާ ރާއްޖޭގެ ގާނޫނާ އެއްގޮތައް އުޅެން ވާނީ. އެހެންނޫނިއްޔެ އަފުގާނިސްޓަނު ކަހަލަ ތަނެއްގައި އުޅޭ އެބަޔަކު
ބޯބުރާންތި
12 May 2025
ދީނާ ޚިލާފް ތައުލީމީ ނިޒާމެއް މިރާއްޖެއަކު ނެތް. އާނ! ދެން މީގެ 14 ގަރުނުކުރިން މަދީނާގަ ބިންގާ އެޅުނު ތައުލީމީ ނިޒާމެއް ނޫން މިހާރު މިއޮތީކީ. މިހާރު މިއޮތީ ދީނާ ފުށުނާރާ ޒަމާނީ ތައުލީމީ ނިޒާމެއް. މިހެންވީމަ ތައުލީމުން ކުއްޖާ މަހްރޫމު ކުރާކަށް ނުޖެހޭ..
ވާނުވަ
12 May 2025
އެންޑު ވާނުވާ ޓީމް މީހުން ތިކަމުގައި ގިނައީ. އެމީހުންނަށް ސަރުކާރުން އެންޑް ވާނުވާ ކޮއްދޭ އިރު ސަރުކާރުންވެސް ބުނަން ވީނު ތިމަންނަ މެންގެ ޑިމާންޑެކޭ ތިޔާ މީހުންގެ ދަރިން އިސްކޫލަށް ފޮނުވުން
ކޮރަލް
12 May 2025
ހައްލަކީ ރާއްޖޭގެ ގިނަ ބަޔަކަށް މަސައްކަތެއް ދަސް ކޮށްދިނުމެވެ. ސްކޫލް ނިންމާ ގިނަ ކުދީންނަށް ވަޒީފާ އެއް ނުލިބެ އެވެ. މަސައްކަތެއް ކުރާ ކަށް ނޭނގެ އެވެ.
މުދައްރިސު
12 May 2025
މަސައްކަތް ވެސް ދަސްކުރެވޭނީ ބޭސިކް އެޑިއުކޭޝަން ލިބިގެން ދެއްތޯ
ޔަހުޔާބެ
12 May 2025
ގުރޭޑް 8 ނޫނި 9 އަކުން ބައެއް ކުދިން ސްކޫލަށް ދިއުން ހުއްޓާލަަ. މިނިސްޓުރީން އެކަމުގެ ސަބަބުތައް ފަސްޓް ހޭންޑުކޮށް ހޯދެންޖެހޭނެ އަދި އެ ފަދަ ކުދިންގެ ޕޭރަންޓުން ޒިންމާދާރު ކޮށް ޖަވާބުދާރީކޮށް ފޮލޯއަޕް ހެދެން ޖެހޭނެ. ނުވަނަޔާ މިނިސްޓަރު އިސްތިއުފާ
0.0 މޯލްޑިވްސް
12 May 2025
ސްކޫލަށް ނުދާ ކުދިންގެ އިންޑެޕްތް ސާވޭ ތަހުޒީބު ގައުމުތަކުގައި ސަރުކާރުން ހަދާ ގެޔަށް ސޯޝަލް ވޯކަރުންނާ އެޑިއުކޭޝަން މިނިސްޓުރީ އިން ދާނެ ގަވައިދުން. މޯލުޑިވްސް 2.0 ގައި ނެތޭ އެވަރުވެސް. ކަޑަ ދޯ
ނަމްނަމް
12 May 2025
ސޯޝަލް ވޯކަރުންނަށް ވުރެ ޖެންޑާ މިނިސްޓުރީ އަށް ލައްގާފަ ތިބި ސިޔާސީ މުވައްޒަފުން ގިނަ އޭ.
ފޯކަސް
12 May 2025
މަތީ ސާނަވީ އިހައް ބާއްވާ. ޕުރައިމަރީ ގުރޭޑް 1 އާ ހަމައިން މިނިސްޓަރު މެން ބަލާބަލަ ސްކޫލަށް ނުދަނީ ކުދިން ކީއްވެތޮ އެކަން ހައްލު ކުރޭ. ޕުރައިމަރީ ސެކަންޑުރީ ނިންމާފަ ދޮ މަތީ ސާނަވީ.
އެގޭނެ
12 May 2025
އައްޑޫގެ ހިތަދޫގައި އެކަނިވެސް ސްކޫލަށް ދާންޖެހޭ އުމުރުފުރާ (ގުރޭޑް 1 ޓު 10 ގެ) 100 އަށް ވުރެ ގިނަ ކުދިން ނުގޮސް ނުވަތަ ނުފޮނުވާ ތިބިކަމީ ރަށު އެންމެން ދަންނަ ހަގީގަތް. މިނިސްޓަރު ބޭނުމިއްޔާ އެގޭގެއަށް ގެންގޮސް ވެސް ދީފާނަން. މީހަލަތު މާލޭއާ ރަށްރަށުގައި!! ރައްޔިތުންނަށް ވަރަށް ސާފު މިވަނީ ކީއްކަން، ސަރުކާރުން އެކަމާ އަޅާނުލާކަން ވެސް، އެއީ ކީއްވެކަން ވެސް. އެހެންވީމަ ސުޓެޓިސްޓިކް ބިއުރޯގެ ފިގާ ރަގަޅު ވާނީ. މިނިސްޓަރު ތިކިޔާ 229 އަކީ ބިލާހެއް
އިގުނޯ ބޯޑު އަޅުވައިން ތިބެނީ
12 May 2025
އަމުދުން ޝަފީއުމެން ތިކަމާ އަޅައެއް ނުލާނެ.