12 މެއި 2025 - 15:56
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ފަށާފައިވާ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ބައެއް ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް "ޑިސްކައުންޓް ވީކް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވާ ފިހާރަތަކާއި ރެސްޓޯރެންޓުތަކުގެ ހުރިހާ އައިޓަމަކުން ޑިސްކައުންޓު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބައެއް ފިހާރަތަކުން ކޫޕަނާއި ހަދިޔާ ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑިސްކައުންޓު ލިބޭނެ ކެފޭ/ރެސްޓޯރަންޓުތަކާއި ފިހާރަތައް:
1- ފަހި ޕްލާޒާ (ފަސް ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް) ހުވަނދުމާ ހިނގުން.
2- ރަޓަޓޫލީ (10 ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް) ހިތިގަސް މަގު، ގޯޅި 17.
3- އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން 15 ޕަސެންޓު ޑިސްކައުންޓް) ރެއިންކްރެސްޓް ރެޒިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް.
4- ބްރެޑް މެޓާސް (10 ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް) ސެންޓްރޯ މޯލް.
5- އިހުސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް) ވިނަރެސް 10، ހުޅުމާލެ 2.
6- މަންހެޓަން ފިޝް މާކެޓް (ފަސް ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް) ސެންޓްރޯ މޯލް.
7- ގްލޯރިއާ ޖީންސް (10 ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް) އަމިން އެވެނިއު، މޭޕަލް ޓަވަރު.
8- ކޮފީ ވިއު (ފަސް ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް) ފެރީ ޓާމިނަލް ކިއޮސްކް 1.
9- ޗިކިން (10 ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް) އަމިން އެވެނިއު، އޯކް ޓަވަރު.
10- ރެޑްވޭވް (ބައެއް ބްރޭންޑުތަކުގެ ތަކެތިން 10 ޕަސެންޓު ޑިސްކައުންޓް) އަސުރުމާ ހިނގުން.
11- ބޭކާސް ބާސްކެޓް (ފަސް ޕަސެންޓު ސްޓޯ ވައިޑް ޑިސްކައުންޓް) ނިރޮޅު މަގު، ލޮޓް ނަންބަރު 11203.
12- އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން 15 ޕަސެންޓު ޑިސްކައުންޓް) އަމިން އެވެނިއު، މޭޕަލް ޓަވަރު.
13- އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން 30 ޕަސެންޓު ޑިސްކައުންޓް) ބޯގަންވިލާ މަގު.
މިއަދު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވަން އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެ ހަރަކާތްތައް ފެށީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެމިލީ ކާނިވަލަކުންނެވެ. ހަފުތާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ސްޓޯރީ ފޮޓޯ ވޯކް، ހުޅުމާލެ މަސް ރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕް އަދި ބީޗް ފެސްޓެކެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2004 ގަ އެވެ.
ހުޅުމާލެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1997 ގައި ފެށި ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އޮކްޓޯބަރު 16، 1997 ގައި ފައްޓަވައި ދެއްވީ އޭރުގެ ރައީސް މައުމޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy