މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން
ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް ކްރިމިނިލް ކޯޓުން 15 ދުވަސް މިއަދު އިތުރުކޮށްދީފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރުުމުގެ ތުހުމަތަށެވެ. އަދި ޖެނުއަރީ މަހުގެ ފަހުކޮޅު ގޭ ބަންދުގައި ހުއްޓާ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ދޫނިދުއަށް ބަދަލުކުރި އެވެ.
މިއީ އޭނާ ހައްޔަރުކުރި ފަހުން ބަންދުގެ މުއްދަތު އިތުރުކުރި ހަ ވަނަ ފަހަރެވެ.
ގޭ ބަންދުން ޖަލަށް ގެންދިއުމުގެ ކުރިން ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާއަށް ކުރަނީ އަސްލެއް ނެތް ތުހުމަތެއް ކަމަށާއި ބޭނުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށެވެ. އޭނާއާ ސުވާލުކުރަނީ ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ގެއްލުނު ހާޑްޑިސްކާ ގުޅޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ހައްޔަރުކޮށްގެން އުޅެނީ ކާކު ބްލެއިކްމެއިލް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމެއް މިހާތަނަށް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އޭގެ ބަދަލުގައި ސުވާލުކުރަނީ "ދައުލަތުގެ އެއްވެސް އިސް ވެރިއެއްގެ ގެއަށް ގޮސް އެ މީހަކު ދެއްކި ވާހަކަ ރެކޯޑު ކުރިންތޯ" ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކިޔުންތެރިޔާ767
21 March 2017
ބަސްއަހާ ލޯބި ސޮރެއް
އަހުމަދު
21 March 2017
މީނަގެ ތަހުގީގު ނިމޭނެދުވހެއްއަންނާނެބާ މައިންބަފއިންނާއި އެހެންމިހުންވެސް މީނަގެ ތިބޭނެތާ. ކޮންމެސް ގޮތަކށް ނުނިމި މިހާލަސްކުރުމުގެ ނިޔަތަކީ ކޮބާތަ.
އުދުހޭ
21 March 2017
މިހިރަގެން ހަމަ ބަރިބަރިއަށް އިތުރުކުރަނީ ދެއްތޯ؟ ދެން މިވާހަކަ ދެއްކީމާ ބަޔަކު ބުނާނެ ފިޔަވަޅު އަޅާނަމޭ؟!
މަ ދަރިފުޅާ
20 March 2017
މަގޭ ލޯބިވާ ދަރިފުޅާއެވެ. ތިޔަ ކޮށްދެވެނީ ިދުމަޔެކެވެ ސިޔާސީ ގޮތުން ޕީ އެޗް ޑީ ތިޔަ ހާސިލްކުރެވެނީއެވެ މާދަމާ ރާއްޖޭގެ އެއްމެ މަތީ ފަޑޮޔަށް ދޮންވެ ފަރިވަނީއެވެ. ހިޔްވަރު ގަދަކުރާށެވެ.
މުގާބޭ
20 March 2017
ހާދަ ބަސްއަހާ ކުއްޖަކާ ވައްތަރޭ.