ރައީސް ޔާމީން ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަނީ: 2018 ގެ އިންތިހާބަށް އަމާޒުކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވާ - ފޮޓޯ: ރައީސް އޮފީސް
ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން އެދި އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިއުމަކުން ދަންނަވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކައުންސިލްގައި 33 މެމްބަރުން ތިބޭ އިރު އެގޮތަށް އެދިފައި އޮތް ލިއުމުގައި 29 މެމްބަރަކު ވަނީ ސޮއިކޮށްފަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.
ރައީސް ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް: ރައީސް ޔާމީންގެ ކެމްޕޭންގެ ގިނަ ހަރަކާތްތަކެއް އެކަމަނާ ކުރިއަށް ގެންދަވާ .--ފޮޓޯ:ރައީސް އޮފީސް
ކައުންސިލްގެ އެހާ ގިނަ މެމްބަރުންގެ ސޮޔާ އެކު ކުރީގެ ރައީސް މައުމޫނުގެ އަރިހުން އެގޮތަށް އެދިވަޑައިގެންނެވި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނު އެސްއެމްއެސް އަކުން ޖަވާބުދެއްވާފައި ވަނީ ޕާޓީގެ އެތެރޭގައި އޮންނަ ޑިމޮކްރެޓިކް އުސޫލްތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.
ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް ކައުންސިލްގެ ގިނަ މެމްބަރުން އެދުނު އިރު މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ 2018 އަށް އަމާޒުކުރައްވައިގެން ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް މީހުން ތައްޔާރުކުރަން ތަފާތު މަހާސިންތާތައް ބާއްވާފައިވެ އެވެ. އަދި ޕީޕީއެމްގެ މަޖިލިހުގެ ގިނަ މެމްބަރުންނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ވަކިން ހިންގަވާ އޮފީހުގެ ފަރާތުން ވެސް 2018 އަށް އަމާޒުކޮށް ރައީސް ޔާމީންގެ ކެމްޕޭންތައް ކުރިއަށް ގެންދެ އެވެ.
ޕީޕީއެމްގެ އޮފީހާ ނުގުޅި ފަސްޓް ލޭޑީ ފާތުން ގެންދަވަނީ އެކަމަނާގެ އަމިއްލަ އޮފީހެއް ވެސް ހިންގަވަމުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މަމެން11
16 June 2016
ރ ޔާމީނަށް ތި ޓިކެޓް އަދި ރައިސްކަންވެސް ލިބޭނެ. އެކަމަކު އަދީބު ނައިބުރައީސްކަން ހޯދި ގޮތައް އެކަން ކުރާކަށް ނުޖެހޭ. މިގައުމަށް ޔާމީނުގެނެސްދޭ ހެޔޮ ބަދަލު ގެނެސްދެވޭނެ އެހެންވެރިޔަކު ނެތް.
ގޮއްޔެ
16 June 2016
ބަލަ ތިހާ ތާޢީދު އޮތް ބޭފުޅަކު ޕްރައިމަރީ އަށް ވާދަ ކުރަން ހާދަ ބިރެއް ތިގަންނަނީ. ހަމަ ހައިރާން ވެއްޖެ. ގަޓް ހުރިއްޔާ ނިކަން ޕްރައިމަރީ އަށް ނުކުމެ ބަލަ. ގައިމު ވާދަ ކުރާނޭ މިހަކު ހުރީކީ އެއްނޫން. ވާދަކޮށްފާނެހެން ހީވާ މީހަކު ހުއްޓަސް ސީދާ ޖަލު ކުޑަ ގޮޅިއަށް.
އެމްސް
15 June 2016
ޑިމޮކްރަސީ ޚަރާބު ވަނީ!
ީއިބުރާހީމް
15 June 2016
ޑިމޮކުރަސީ ނުދަންނަބައެއްގެތެރޭގައި މައުމޫނު ކިތަންމެވަރަކަށް އުޅުނަސްއެކަމެއްނުވާނެ . ޚުދުމުޚުތާރު ވެރިކަމެއްގައި ޑިމޮކުރަސީއެއް ނޮއޮންނާނެ .
ސުލެއިމާން
15 June 2016
ނުކުރެވޭނެ އެއް ކަމެއްވެސް. މިއަދު މުސްތަގް ބަލަކީ ޔާމީން.. މި ގައުމު މި ތަރައްގޯކުރަނީ ޔާމީން.. އަހަރެމެންނަށް އެއްޗެއް ލިބެނީ ޔާމީން ދިނިއްޔާ.. އެހެންވީމާ މައުމޫނު ޖެހޭނީ މަޑުން ހުންނަން ނޫނި ބޭރުކުރާނީ...
ޢަލީ
15 June 2016
އެގޮތަށް ހަމަޖައްސައި ދެވިދާނެތަ؟؟؟؟؟؟؟
ދެކެނީ
15 June 2016
ދެހާސް އަށާރަ ވަނަ އަހަރަކީ އެއީ ޕީޕީއެމް އެއްބުރުން 2018 ގެ ރިޔާސީ ހަނދު ބަލާނެ އަހަރެވެ. އެކަން ވާން އޮތީ އެކަމަށް ޕްރިކޮލިފައި ކުރިން ވެފައި އޮތް ސުޕަރ ސުޕަރ ޑެލިގޭޓެއް ކަމުގައިވާ މިހާރުގެ ރައީސް ޔާމީން އަށް ޕީޕީއެމް އިން ރިޔާސީ ޓިކެޓް އެއްވެސް ޕްރައިމަރީ އަކާއި ނުލައި ދިނުމެވެ. ޕީޕިއެމްގެ ރައީސް ރައީސް މައުމޫނު ވެސް ޑިކޮމްރަޓިކް ހަމަތައް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވާނަމަ ޕީޕީއެމްގެ ކައުންސިލުން ނިންމާ ކެންޑިޑޭޓަކަށް ޕީޕީއެމްގެ ޕްރައިމަރީ ގެ ޓިކެޓް ދޭން ޕީޕީއެމް އިން ނިންމަންވީ އެއީ މިހާރު ވެެރިކަން ކުރަމުން ދާ ރައީސް ކަމުގައިވާނަމަ. ޕީޕީއެމް އިން އަލަށް ކެންޑިޑޭޓަކު ނެރުމުގެ ބަދަލުގައި ބޮޑަށް ރަނގަޅުވާނީ މިހާރުގެ ރައީސް ރައީސް ޔާމީން އަށް ޕީޕީއެމްގެ ޓިކެޓް ދިނުމެވެ. ސަބަަބަކީ ރިޔާސީ ކެންޑިޑޭޓެއް އަލުން ބިލްޑް ކޮށް އަދި ރިޔާސީ ކެންޑިޑޭޓަކަށް އާ ކެންޑިޑޭޓަކު ވިއްކުމަކީ އެއީ މިރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް އޮތް ގޮތުން ވާނެ ކަމެއް ނޫނެވެ. މިކަމާއި މެދު ޕީޕީއެމްގެ ރައީސް ރައީސް މައުމޫނު ދެވަނަ ވިސްނުމަަކަށް ދާނެ ކަމަށް އަޅުގަނޑުމެން ދެކެނީ. ޕީޕީއެމް ބައިބައިވުމަށް ރައީސް މައުމޫނު ފުރުސަތު ނުދެއްވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ.
ތިއްދޮން
15 June 2016
މީގަ މައުމޫނަށް އެންމެ ރައްކާތެރިކަން ބޮޑުގޮތަކީ އަވަހަށް ޔާމީން އެދޭގޮތަށް ކަންތައްކޮށްދިނުމެވެ. އެހެންނޫނީ މައުމޫނު އަދި ކިތަންމެ މުސްކުޅިފުޅަސް މައުމޫނުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާއެއްކޮށް ދިގު ހުކުމެއް އައުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ.
ޒަބީބު
15 June 2016
ކިތަންމެ މައްޗަށް ގެންދިޔައަސް އޭނައަށް މިފަހަރު ވެރިކަން ދީގެން ނުވާނެ.
މޫސާ އަންވަރު
15 June 2016
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފެއްދިތާ ދެފަހްތާ ނުވަނީސް ކުއްލިގޮތަކަށް މިހާއަވަހަށް ޑިމޮކްރަޓިކް އުޞޫލުތައް މުގުރާލާފައި ޕީޕީއެމް ރިޔާސީ ޓިކެޓް ފޭރިގަތުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވުމުން ދޭހަވަނީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކާމިޔާބު ވަމުންދާކަން، "އަވަސް" އިންތިޚާބަކަށް ދާންޖެހޭނެކަން ޚުދު ރައީސް ޔާމީނަށްވެސް ޤަބޫލުކުރެވިއްޖެކަން، ޕެޓިޝަން ހަދައިގެން ކީއްކުރަން ޕްރައިމަރީ ބާއްވައިގެން ޕީޕީއެމް ޓިކެޓް ހޯދިޔަސް އިރާދަކުރެއްވިއްޔާ ބޮޑު އަޣުލަބިއްޔަތަކުން އެއްބުރުން ރައީސް ޔާމީނު ބަލިވާނެ.