ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުކުރުން ކުށްވެރިކުރައްވައި ވާހަކަ ދައްކަވަމުން ރިޔާޒް ނޫސްވެރިންނަށް ވިދާޅުވީ އޭނާ މިރޭ 8:00 އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ ބިރުދައްކައިގެން އިިދިކޮޅު ސިޔާސީ ހަރަކާތް ހުއްޓުވާލުން ކަމަށާއި އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ކިތަންމެ ވަރަކަށް ބިރުދައްކައި ފިއްތުންތައް ކުރިމަތިކުރިއަސް އިދިކޮޅު ސިޔާސީ ލީޑަރުން ތިބީ ފަހަތަށް ޖެހެން ތައްޔާރަކަށް ނޫނެވެ. އެހެންވެ ސަރުކާރު އެކަމާ ބިރުގަނެ ޖެހިލުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާޒް މީގެ ކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. އޭނާގެ މައްޗަށް ފިތުނަ އުފެެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތު ރިޔާޒްގެ މައްޗަށްކޮށް އޭނާގެ މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ރިޔާޒް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.