ވާދަވެރިކަމާއި ފާޑުކިއުން ދިވެހި ސަރުކާރަށް ހަޖަމެއް ނުކުރެވޭ: އެމެރިކާ

ސަރުކާރަށް އަމާޒުވާ ފާޑުކިއުންތަކާއި ވާދަވެރި ހަރަކާތްތައް ހަޖަމު ނުކުރެވޭ ކަމަށް ބުނެ ރާއްޖޭގެ ޑިމޮކްރެސީގެ ހާލަތާ މެދު އެމެރިކާ އިން އިއްޔެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވި ގޮތުގައި ސިޔާސީ ހަރަކާތް ހިންގަން އޮތް ފުރުސަތު އަންނަނީ ދުވަހެއް ދުވަހަކަށް ހަނިވަމުންނެވެ. ފާޑުކިއުންތަކާއި ވާދަވެރި ހަރަކާތްތައް ސަރުކާރަށް ހަޖަމު ނުކުރެވުމުގެ ސަބަބުން މާ ގިނަ އިދިކޮޅު ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އުސޫލުން ބޭރުން ހިންގާ ޝަރީއަތްތަކަކަށް ފަހު އިދިކޮޅު ލީޑަރުން ޖަލަށް ލާ ތަން މި ދަނީ ހުއްޓުމެއް ނެތި ފެންނަމުން،" އިންޑިއާގެ ދަ ހިންދޫ ނޫހަށް ކާބީ ވިދާޅުވި އެވެ.

"ޑިމޮކްރެސީ އާއި ގާނޫނުގެ ހުކުމް އަދި ނުފޫޒުން އެއްކިބާވެފައިވާ އަދުލު އިންސާފުގެ ދާއިރާއަކަށް ރާއްޖެ އެނބުރި އައުމަށް ދިވެހިން ރައްޔިތުން ކުރާ އުއްމީދަށް އެމެރިކާ އިން ދޭ އެއްބާރުލުން އެ ގޮތުގައި ކުރިއަށް ގެންދާނެ،" ތަރުޖަމާނު

ހުރިހާ އިދިކޮޅު ލީޑަރުން ހިމެނިވަޑައިގަންނަވާ އިއްތިހާދެއް ލަންޑަނުގައި ވަނީ އުފައްދާފަ އެވެ. އެ އިއްތިހާދުން މަސައްކަތް ކުރަނީ ވެރިކަން ބަދަލުކޮށް، 2018ގެ އިންތިހާބަށް މަގުފަހި ކުރުމަށް އިންތިގާލީ އިންތިޒާމުތަކެއް ހަމަޖައްސާށެވެ.

އެކަމާ ގުޅޭ ގޮތުން ކާބީ ވިދާޅުވީ ހަރަކާތްތެރި އިދިކޮޅު ހަރަކާތަކަށް އެމެރިކާ އިން އަބަދު ވެސް ތާއީދު ކުރާ ކަމަށެވެ. ހަމަ އެ ގޮތަށް، ޑިމޮކްރެސީގެ ހުރިހާ މުއައްސަސާތަކެއް ވެސް ހަރަކާތްތެރިކަމާ އެކު މަސައްކަތް ކުރަން އެމެރިކާ އިން އެދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ޑިމޮކްރެސީ އާއި ގާނޫނުގެ ހުކުމް އަދި ނުފޫޒުން އެއްކިބާވެފައިވާ އަދުލު އިންސާފުގެ ދާއިރާއަކަށް ރާއްޖެ އެނބުރި އައުމަށް ދިވެހިން ރައްޔިތުން ކުރާ އުއްމީދަށް އެމެރިކާ އިން ދޭ އެއްބާރުލުން އެ ގޮތުގައި ކުރިއަށް ގެންދާނެ،" ކާބީ ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ނަޝީދު ސަލާމްކުރައްވަނީ: އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލާތީ އެމެރިކާ އިން ކަންބޮޑުވޭ. --ސޯޝަލް މީޑިއާ

އެމެރިކާއާ އެކު، އދ. އިން ވެސް ވަނީ މި ފަހުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 32 ވަނަ ސެޝަންގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ޒައިދު ރައުދުލް ހުސެއިން ވިދާޅުވީ ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ މާހައުލެއް ނެތް ކަމަށާއި ޑިމޮކްރަސީގެ ހާލަތު ދަށަށް ދާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

އެ ބޭފުޅުންނަށް ހިންގީ، ބޭރުގެ ގައުމުތަކުންނާއި ޖަމާއަތްތަކުން ސިފަކޮށްފައިވާ ގޮތުގައި، އިންސާފުން ބޭރު ޝަރީއަތްތަކެކެވެ.