ރޭ ފުލުހުން ހިންގި އޮޕެރޭޝަންގައި މާލެއިން އަތުލައިގަތް މަސްތުވާ ތަކެތި. -- ފޮޓޯ/ޕޮލިސް މީޑިއާ
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލެ އިންނާއި ނ. ވެލިދޫން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މީގެ ތެރެއިން ރޭ އިރާކޮޅު ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިން ހައްޔަރުކުރީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެެން ކުއްޖެކެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މީހުން ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި 17 ދަޅު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ނ. ވެލިދޫން އަތުލައިގަތް މަސްތުވާ ތަކެތި --ފޮޓޯ/ޕޮލިސް މީޑިއާ
މިދިއަ އާދިއްތަދުވަހު ވެލިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ 29 އަހަރުގެ ދެ ފިރިހެނުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނާ ގޮތުގައި އެ މީހުން ހައްޔަރުކުރި ސަރަހައްދުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 34 ސެލޯފިން ކޮޅާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެ އެވެ.
ވެލިދޫން ހައްޔަރުކުރީ އެ ރަށަށް ނިސްބަތްވާ ބައެއް ކަމެއް ނުވަތަ އެހެން ރަށަކުން ގޮސް އުޅުނު ބައެއްކަން ސާފުވާ ގޮތެއް ނުވި އެވެ.
މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުން ގެންދާތީ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަހމަދު
06 June 2017
މިކަހަލަ އެއްޗެހި މިފެންނަނި ސައްކުރެވޭ ޔަޤީންނުވޭ ސަލާމަތްްވުން ފަސޭހަވާނެެދޯ.