މަހްލޫފު ޖަލުން މިނިވަންވުމާ އެކު މިއަދު ހެނދުނު ގެއަށް ވަޑައިގެން އަނބިކަނބަލުންނާއި ދަރިފުޅާ އެކު ނަންގަވައި ފުރަތަމަ ޓްވީޓް ކުރެއްވި ފޮޓޯ
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމަކަށް ފަހު މީގެ އިރުކޮޅެއް ކުރިން އޭނާ މިނިވަންކޮށްފި އެވެ.
މަހްލޫފުގެ ޖަލު ހުކުމް ރޭ ދަންވަރު 12:00 އާ ހަމައަށް ތަންފީޒުކޮށް ނިމުމުން އޭނާ ދޫކޮށްލީ މިއަދު ހެނދުނު އެވެ.
"ދެންމެ [ހެނދުނު 8:30 ހާއިރު] މީހަކު ދޮރުގައި ޓަކި ތަޅައިގެން، ބެލިއިރު ބޭރުގައި ހުރީ މަހްލޫފް. ދޫކޮށްލިކަން ކުރިން ނާންގައި އެކަނި ގެ އަށް އައިސް ހުއްޓާ ފެނުނީ،" މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) "މިހާރު" އަށް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށާއި މިރެއިން ފެށިގެން އަނެއްކާވެސް ސިޔާސީ ދާއިރާގައި ފެންނަމުންދާނެ ކަމަށެވެ.
"ސިޔާސީ އިސްލާހީ މަސައްކަތް އަނެއްކާވެސް މިފެށީ. ދޫކުރުމެއް ނެތް. ކުރިއަށް ވުރެ ބޮޑަށް ކުރިއަށް އޮތްތަނުގައި މިކަމުގައި ދެމިހުންނާނަން،" އޭނާ ވިދާޅުވި އެވެ.
މަހްލޫފު މިނިވަންވުމުގެ އުފަލުގައި ޚާއްސަ ޖަލްސާއެއް އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވުމަށް އެ ޕާޓީން ވަނީ ނިންމައިފަ އެވެ. ތަރާވީހަކާ އެކު ބާއްވާ މި ޖަލްސާގައި މަހްލޫފު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ އެވެ.
ސިޔާސީ އިދިކޮޅު ހަރަކާތުގައި ފަހަކަށް އައިސް ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރަމުން އައި މަހްލޫފު ޖަލުން މިނިވަންކުރިއިރު، ކްރިމިނަލް ކޯޓުން އޭނާ އަށް އިއްވި ދެ ހުކުމުގެ ތެރެއިން ހަ މަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކުރީ އިއްޔެ އެވެ. ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވެ، މަހްލޫފަށް ދަށު ކޯޓުން އިއްވި އެ ހުކުމަށް ހައި ކޯޓުން އިއްޔެ ތާއީދު ކުރިއިރު، މި ހުކުމް އޮތީ ތަންފީޒުކޮށް ނިމިފަ އެވެ.
މަހްލޫފް ޖަލުން އެއްކޮށް މި މިނިވަންވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
މަހްލޫފް ވަނީ ޖަލުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ވަޑައިގެން ބޭސްފަރުވާ ކުރައްވައިފަ އެވެ. އަދި ޖަލުގައި ހުންނަވަނިކޮށް އޭނާ އަށް ލިބިވަޑައިގަންނަވަން ޖެހޭ ބައެއް ހައްގުތަކުން މަހްރޫމް ކުރި ކަމަށް ވިދާޅުވެ، ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ވެސް ކުރެއްވި އެވެ.
ފުލުހުންނަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ސާބިތުވެ، މަހްލޫފް ޖަލަށްލުމާ ގުޅިގެން، އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިދިޔަ ބުދަދުވަހު ނިންމާފައި ވަނީ އޭނާއާ މެދު އެ ފިޔަވަޅު އެޅީ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށާއި ވަގުތުން ދޫކޮށްލަންޖެހޭ ކަމަށެވެ.
މަހްލޫފްގެ ފަރާތުން ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލަ ބެލުމަަށް ފަހު ނިންމި ނިންމުމުގައިވަނީ މަހްލޫފް ޖަލަށްލާފައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އާއި އދ. ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާއާ ޚިލާފަށް ކަމަށެވެ. އެހެންވެ، އެންމެ ރަނގަޅު ހައްލަކީ މަހްލޫފް ވަގުތުން ދޫކޮށްލުން ކަމަށާއި އަދި އެކަމުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ގާނޫނުތަކާ އެއްގޮތަށް ދިނުން ކަމަށް އެ ނިންމުމުގައިވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ވެލްކަމް ބެކް
10 June 2017
މަހޭ ނެތިދާނޭ ވެ ލޯބިން ދިވާނާ އެ ފަރި ފަރި މޫނު އުޖާލާ އެ ފަރި ފަރި މޫނު އުޖާލާ
ޕޮގު
10 June 2017
އަށްޗީޑި އުޅޭފާޑު
ހުސޭނުބެ
09 June 2017
މަޙުލޫފް ޞަޠަލަކަށްވަނީ ކިހިނެތް!! އެހެންވީ އިރު ގާނޫނާ ޚިލާފްވެގެން ކުށްވެރިވެގެން ޖަލަށްލާ އެންމެންވެސް މިމީހުންގެ ނަޒަރުގެ ވާނީ ބަޠަލުންނަށް!! ސިޔާސީ ކަންކަމުގައި ސިޔާސީ ފައިދާ ނަގަންވެގެން ދައްކާހާ ވާހަކަ!!
މެސް
09 June 2017
އަނެއްކަވެސް އެއްކަލަ މަޝްހޫރުވާހިތުން އުޅޭ ތިން މީހުންދޯ ؟ ބޯހަލާކު
ސަނަސަ
09 June 2017
މަހްލޫފްގެ ހިއްވަރަށް ސާބަސް، އަހަރުމެންމިތިބީ، ޤައުމުގެ ބަތޮލުންގެ ލިސްޓުގައި ލިޔެގެން، އެކަން ދައްކާލާނަން އިޝާﷲ އަންނަ އިންތިޚާބުތަކުގަ. ހިތްވަރު ދެރަނުކޮށް ކުރިޔަށްވަޑައިގަންނަވަ. އެމް.ޑީ.ޕީ. އަކީ އެންމެންގެޕާރޓީ.
އަހަންމާ
10 June 2017
އެމް.ޑީ.ޕީ. އަކީ ކެނެރީގޭ ނަޝީދުގެ ޕާޓީއެއް.
މިނީފު
09 June 2017
މިއަދަކީ ޙަޔާތުގައި އައި އުފާރި ދުވަސްތަކުގެ ތެރެއިން ޚާއޞަދުވަހެއް. މަހުލޫފަކީ އަހރެންގެ އައިޑިއަލް ޕްރެޒިޑެންޓް. ސިޔާސީ މީހުންގެތެރެއިން އަހަންނަށް އެންމެ ކަމުދާ އެކްޓިވިސްޓް. މަރުޙަބާ. ބާރަށް ކުރިޔަށް ވަޑައިގަންނަވާ.
ހަބޭސް222
09 June 2017
މަރުޙަބާ މަޚުލޫފް، ސިޔާސީ މައިދާނުގައި ތިޔަ ލިބުނީ އިތުރު ހިތްވަރަކާއި، އިތުރު ސަޕޯޓެއް ކަމުގައި ބައްލަވާ، ފަސްއެބުރި ނުބަލާ ކުރިޔަށް ވަޑައިގަންނަވާ. ކުރިޔަށް އޮތްތަނުގައި ކާމިޔާބަށް އެދެން.
ކަމަނަ
09 June 2017
ނިހާން އެއީ ސަރުކާރުހިންގާޕާޓީގެ މީހެއް އޭނައަށް ހިމާޔަތް ލިބޭނެ
ލީނޯ
09 June 2017
ޕަޕެޓް އޮފް ދަ ސެންޗްރީ. 30 އަހަރުގެ ތަޖުރިބާ، 30 އަހަރު މެކުހަށް.. 30 އަހަރުގެ ތަޖުރިބާ އިދިކޮޅަށް.
ޕޮގުބާ
09 June 2017
ނިކަމެތި މީހާވެސް ސިފައިންގެ ވާޖިބަށް ހުރަށްއެޅީމަ އަދަބުލިބޭ މަހުލޫފް އެއީ ވަކި ކާކުތަ؟ އަދަބުނުލިބެން އަހަރެންގެ ދަރިފުޅުވެސް ބެރިގޭޑުތަށް ފަޅާލާފަ ދިޔަޢިމަ 6 މަހަށް ޖަލަށްލީ މަހުލޫފް ވީމަ ވީ ދޫކޮށްލަން
ޕްރިންސެސް
09 June 2017
ޢެހެންވިއްޔާ ނިހާނަށް ދައުވާ ނުކޮށް އެހުރީ ކީއްވެ...އޭނައެއީ ބެރިކޭޑްމަތިން ފުންމާލި މީހެއް....