މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި އެކްސިޑެންޓު އަނިޔާވި މީހާގެ ބޮލުން ފޭބި ލޭތައް މަގުމަތީގައި. - ފޮޓޯ: މިހާރު
14 ޖޫން 2017 - 18:37
ހުޅުމާލޭގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާން އަންހެންމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި، ހުޅުމާލޭ ފިތުރޯނު މަގުން އެމްޕީއެލް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
އެ ޒުވާނާގެ ބޮލަށް ލިބުނު ގެއްލުންތަކާ ގުޅިގެން ހޮސްޕިޓަލުން ކުރި އޮޕަރޭޝަނަކަށް ފަހު، ހާލަތު ކުރިއަށް ވުރެ ރަނގަޅު ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.
އުމުރުން 22 އަހަރުގެ އަންހެންމީހާ އަށް ފަރުވާ ދިނީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ. އެކަމަކު މިހާރު އޭނާ ވެންޓިލޭޓަރުން ނައްޓާލާފައިވާ ކަމަށް ވެސް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވި އެވެ. އެކަމަކު އެކްސިޑެންޓުގައި ބޮޑަށް އަނިޔާވީ ސައިކަލް ފަހަތުގައި އިން އަންހެންމީހާ އަށެވެ. ސައިކަލް ދުއްވަން އިން ފިރިހެންމީހާ އަށް މާބޮޑެތި އަނިޔާއެއް ނުލިބެ އެވެ.
އެކްސިޑެންޓު ހިނގަން ދިމާވީ، ފިތުރޯނު މަގުގައި އަޅާފައި ހުރި ބަމްޕަރެއްގެ މަތިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސްގެންނެވެ. އެއާއެކު، އަންހެންމީހާ ވަރަށް ދުރަށް ވިއްސައިގެން ގޮސް، އޭނާހެ ބޯ ތާރުގަނޑުގައި ޖެހި ވަނީ ފަޅައިގެން ގޮސްފަ އެވެ.
މި އެކްސިޑެންޓް ހިނގަން ދިމާވި ބަމްޕަރަކީ އެ މަގުގެ ކޮންސްޓްރަކްޝަން ސައިޓަކުން މޫދަށް ފެން ފޮނުވުމުގެ ބޭނުމުގައި، މަގު ހުރަސްކޮށް އަޅާފައި ހުރި ހޮޅިތައް ފޮރުވުމަށް، އުސްކޮށް ހަދާފައިވާ ބަމްޕަރެއް ކަމަށްވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯމޭން
15 June 2017
އަލްހަމްދުލިﷲ
78
15 June 2017
އަދި ބާރަށް ނު ދުއްވެނީ،
ދޮންރަހާ
14 June 2017
ﷲ އަށް ޝުކުރު ކުރަން..