ސަލްޓަންޕާކު: މިތަން ތަރައްގީ ކުރަން ކޮންނަނިކޮށް ފެނުނު ރިހި ފައިސާ ފޮތިތައް އެމްއެންޑީއެފުން ވަނީ ހެރިޓޭޖް ޑިޕާޓްމެންޓާ ހަވާލުކޮށްފައި.
ކުރީ ޒަމާނުގައި ބޭނުންކުރި ރިހި ފައިސާފޮތިތަކެއް ސަލްޓަން ޕާކުން ފެނިއްޖެ އެވެ.
ގިނަ އަދަދެއްގެ ފައިސާ ފޮތިތައް މި ފެނުނީ، ސަލްޓަން ޕާކު ތަރައްގީކުރަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެތަން ކޮންނަމުން ދަނިކޮށެވެ. އެ ފައިސާފޮތިތައް މިހާރު ވަނީ ހެރިޓޭޖް ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުގަ އެވެ.
އެ ޑިޕާޓްމެންޓުގެ މީޑިއާ އޮފިޝަލް ހަސަން މުހައްމަދު ވިދާޅުވީ އެ ފައިސާ ފޮތިތަކަކީ އީސްޓް އިންޑިއާ ކޮމްޕެނީ އަށް ނިސްބަތްވާ ފައިސާފޮތިތަކެއް ކަމަށެވެ. އެ ފައިސާ ފޮތިތައް މިހާރު ދިރާސާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުދޭ ވަރަކަށް ގިނަ ކޮއިންސްތަކެއް ފެނުނީ. ސްޓަޑީ އަށް ފަހު އަޅުގަނޑުމެން ގޮތެއް ނިންމާނީ، އެ ކޮއިންސްތައް މިއުޒިއަމްގައި އާއްމުންނަށް ދައްކާލަން ބަހައްޓާނީތޯ ނުވަތަ ހެރިޓޭޖްގެ ބެލުމުގެ ދަށުގައި ބަހައްޓާނީތޯ. އަދި ވަކި ގޮތެއް ނުނިންމާ،" އޭނާ ވިދާޅުވި އެވެ.
ސަލްޓަން ޕާކުގައި ހުރި އިމާރާތެއް ތަޅާލާފައި: އެތަނުގައި ޒަމާނީ ފެންވަރުގެ ޕާކެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން.
ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީންނެވެ. އެ ތަން ތަރައްގީ ކުރަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ސްނޯ ޕާކެއް ނުވަތަ ވިންޓާ ކޯނާއެއް ހިމެނޭ ގޮތަށެވެ. އޭގެ އިތުރުން ފިނިފެންމާ ބަގީޗާއަކާއި ގްރީން ޓަނަލް ވޯކްވޭއަކާއި ފައްވާރަކާއި ކުޑަކުދިން ސްކޭޓް ކުރަން ވެސް ހާއްސަ ސަރަހައްދެއް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ.
ސަލްޓަން ޕާކުގައި ހުންނަ އުސްގެކޮޅު، ޗިލްރަން ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މމދ
01 July 2017
މިކަލޭގެޔާއި ޙަވާލުކުރާނީ ސަހަލުކަމެކޭ ބުނެވޭކަށެއްނެތެވެ. ޒުވާން ޑޮކްޓަރެއްގެ ފުރާނަދިއުމާއި، މާބަނޑު އަންހެނުންނާއި ޅަދަރިން ކާނުތެރެއަށް ގަނބައިގަތުމާއި، ގުއިފެނުތެރޭގައި ރައްޔިތުން އުޅެންޖެއްސުމާއި، މިފަދައެތައްކަމެއް ހިނގައިދިޔައިމަވެސް މިކަލޭގެ މަޤާމުގައި ބަހައްޓައިގެން އުޅޭނީ ކަމެއްވެތާއެވެ! ވަކިވުމުގެކުރިން ކުރެވެންހުރިކަމެއްވިއްޔާ ކޮށްލަނީބާވައެވެ؟ ހަމަސުވާލު އުފެދެނީއެވެ!
އިދުރީސްބެ
30 June 2017
ސަލްޓަންޕާކް ކޮނުމަކީ ދައުލަތުގެ ޚަޒާނާއެއް ކޮނުންފަދަކަމެއް. ވަށައިގެން ޓިނުޖަހާ ބައްދައިގެން ވަކި ބަޔަކު އެތަން ކޮނުމުގެ ބަދަލުގަ އެކަން ކުރަންޖެހޭނީ، ހާމަކަން ބޮޑު ގޮތެއްގަ މީޑިޔާތަކުގެ ވެސް ކުރިމަތީގަ ވީޑިޔޯކުރެވެމުން. މި ސަރުކާރަކީ ރައްޔިތުން އިތުބާރުކުރާ ސަރުކާރެއް ނޫންކަން އިންތިޚާބުތަކުގެ ވޯޓުން އެހެރަދަނީ ފެންނަމުން. މިހާރުވެސް އެވަނީ އެތަނުން ފެނުނު ރިހި ފައިސާފޮތި ތަކުގެ އަދަދާ, ބަރުދަނާމެދު ސުވާލު އުފެދިފަ އެތަކެތީގެ އަދަދު ހާމަކުރާއިރު ހަމަޔަށް ހާމަކުރާނެކަމުގެ އެއްވެސް ޔަގީންކަމެއްނެތް.
Mohamed
30 June 2017
ތިއީ މަގޭ އެއްޗެއް
އަލީ
30 June 2017
ތިފައިސާފޮތިތަކަށް ކޮންމެގޮތެއްހެދިޔަސް ވަރިހަމަ. އާންމުން ހިތްހަމަ ޖައްސާލަން ވަދެވޭނެ ގޮތަށް ތިޔަ ޕާކު ހުޅުވާލަދެއްވާ
ކަންއޮތްގޮތް
01 July 2017
މަށްތަބައެނގޭ ވާގޮތް! 2018އިގެ ރިޔާސީ އިންތިޚާބުގެކުރިން ސިފައިންލައްވާ ތިތަން ހައްދުވާނެ! ޅަދަރިންނަށް ތިތަންދައްކަން މާލެއައިސް ޚަރަދުކޮށްލަން ވިއްކާލުވާނީ ވޯޓު! އެންޑް އޮފް ދަ ގޭމް ދޯ! ހެ ހެ ހެ!
ކާސިމް
30 June 2017
އަވަހަށް ސައޫދީ ޕްރިންސް އަށް ވެދުމަށް އަރުވާލާ!
އަފިހުން ގޮއްޔެ
30 June 2017
ހެރިޓޭޖުގެ ބެލުމުގެ ދަށުގަ ހުއްޓާ، ހުދު ކާފޫރަށް ވާހެން ނުވެއްޖެއްޔާ ނަސީބު، ނޭގެ ހަމަ ވެދާނެ މީވަރަށް ފާޑެއްގެ ސަރުކާރެއް، ހަމަ ބޫތުކައިފަ.................ހީހީހީ.
ޑިމޮކްރަޓިސްޓް
30 June 2017
ކިތެއްމެ ގިނަޔަސް ތި ގުނާލާކަށް މާކަ ގިނައިރެއް ވާނެހެނެއް ހިޔެއްނުވޭ.. އަދަދު ހާމަނުކުރެެނީ ތީގެން ބައެއް ގެއްލުވާލުމުގެ ބޭނުމުގަ.. ހަމަ ޔަގީން..
ދދ
30 June 2017
ބުނި ތާރީހަކަށްވެސް ތިޔަތަން ނުނިމުނު!
އަހުމަދުބެ
30 June 2017
ހެރިޓޭޖް އަށް ގޮތެއް ނިންމޭނީ ޔާ ބޭނުން ނުވާނަމައެވެ.
ދާރުލްއާސާރު
30 June 2017
އަވަހައްގެނޭ މިތާބަހައްޓަން ތީ މަގޭ ހައްގެއް ( ދާރުލްއާސާރު )