ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު، ކުރީގެ ރައީސް މައުމޫންއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން: އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރޭ
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރު ކުރެއްވީ، ވިލިނގިލީ ކައުންސިލަރަކަށް ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯއްދަވާފައިވާ ކަމަށް ތުހުމަތުކޮށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ވިލިނގިލީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި 2013 ވަނަ އަހަރު ސައުދު ހުންނެވި އިރު، ކައުންސިލުން އިއުލާން ކޮށްގެން އެ ރަށުގައި ގޯތި ދޫކުރުމުގައި ސައުދު މަގާމުގެ ފައިދާ ހޯއްދަވާފައިވާ ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ. އެކަމަކު އެކަން ސައުދު ވަނީ ދޮގު ކުރައްވާފަ އެވެ.
މި މައްސަލައިގައި މައުލޫމާތު ހޯދުމަށް ކަމަށް ބުނެ، މީގެ ދެ ހަފުތާ ކުރިން ވެސް އޭނާ އޭސީސީ އަށް ހާޒިރު ކުރި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، ޕީޕީއެމުން ވަކި ކުރައްވާފައިވާ ސައުދު ވިދާޅުވީ އޭނާގެ ވަށައިގެން އެކި ތުހުމަތުތައް މިހާރު ކުރައްވާނެ ކަމަށާއި ކުރިމަގުގައި ވެސް އެތަން ފެންނާނެ ކަމަށެވެ.
ސައުދު ވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވުމުގެ ތުހުމަތުގައި ވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
"އަޅުގަނޑުގެ މިހާރު ވެއްޖެ ޓެރަރިސްޓަކަށް ވެސް. އަދި މަގާމުގެ ނުފޫޒު ހޯދާފައިވާ މީހަކަށް ވެސް. ކުރިއަށް އޮތްތަނުގައި އަދި އިތުރު ތަންތަނަށް ހާޒިރުކޮށް އިތުރު ތުހުމަތުތައް ވެސް ކުރާނެ،" ސައުދު ވިދާޅުވި އެވެ.
އޭނާ ވަނީ ދައުލަތުގެ މުއައްސަސާތަކުން ސަރުކާރުން އަންގާހާ ދަށް އަމަލުތަކަށް ބޯލަނބާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
ސައުދު ވިދާޅުވީ މި ފަދަ މުއައްސަސާތައް ތަމްސީލު ކޮށްދޭން ޖެހޭނީ ރާއްޖެ އާއި ދިވެހި ރައްޔިތުން ކަމަށާއި ސަރުކާރުން ބުނާހާ ގޮތަކަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ތިބި ބައެއްގެ މިނިވަންކަން އޮތް މިންވަރާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ. ސައުދު ވިދާޅުވީ މުއައްސާސަތަކުން މިހާރު އަމަލު ކުރަމުންދާ ގޮތުން ރައްޔިތުންގެ ކުރިމަތީގައި އެ ތަންތަނުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
"ދައުލަތުގެ ހަޒާނާ އިން ބިލިޔަނުން ވައްކަންކޮށް، ގޯނި ގޯންޏަށް ފައިސާ އަޅައިގެން ގޮސް ބެހި ކަމަށް އެއްބަސްވާ އިރު ވެސް އެ މީހުންނާ ގާނޫނު އަރާ ހަމައެއް ނުކުރެވޭ. މުއައްސަސާތަކުން ސަރުކާރު ދެކެ ބިރުން، ހިންގާ މި ފަދަ ތަހުގީގުތަކުން ރައްޔިތުންގެ އިތުބާރު މިވަނީ ގެއްލިފައި،" ސައުދު ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު އެދެން (މުއައްސަސާތަކުން) ފިތިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭން،"
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އިއްތިފާޤުގެ އައްމަ
03 July 2017
ދަރުބާރުފެކްޝަނާ ދެބަސްވާ ކޮންމެ މީހަކު ދެބަސްވާއިރަށް އޭސީސީ އަށް ދާން ޖެހުން މީ އަނެއްކާ.......؟ އޭސީސީ މީ ދަރުބާރުފެކްޝަންގެ ސްލޫކީ ކޮމެޓީތަ އަނެއްކާ....؟؟؟
އިފްރީމް
03 July 2017
ޑާޑާޑާޑާ މިއީ އާ ނިޒާމެކެވެ. މިނިޒާމަކީ އަދި އެއްވެސް ސިޔާސީ އިލްމުވެރިއަކަށް އެނގިފައިވާ ނިޒާމެއް ނޫނެވެ. މިއަށް އަހަރެން ދޭނެ ނަމަކީ އިފްރިތްޒަމް އެވެ. މިއީ އާ އިސްތިލާހެކެވެ. ޕޮލިޓިކަލް ޑިކްޝަނަރީއަށް މިބަސްލާށެވެ.
އެނަލިސްޓް
02 July 2017
ސަރުކާރާ އިދިކޮޅަށް ވާހަކަ ދައްކާ ސިޔާސީ ބޭފުޅުންގެ މައްޗާށް ވަރަށް ފަސޭހައިން ފާޑުފާޑުގެ ތުހުމަތުތަށް ކޮށް ޕޮލިހަށާ އެހެން ފަރާތްތަކަށް ގެންގޮސް ތަހުގީގު ހިންގާ ޝަރީއަތަށް ހުށްހެޅެމުން ދާނެ. ސަރުކާރުކޮޅުގަ ތިއްބަވާ ބޭފުޅުންގެ އެއްވެސް ކަހަލަ ކުށެއްނުފެންނާނެ. ނުވެސް އޮންނަނީ ތޯއްޗެއް. މިހުރިހާ ކަމެއްކުރަނީ ތާއިދުނެތީމަ މުޅިން އަތުން ކޮންޓްރޯލް ގެއްލި ބޯވަތަށް ވެއްޓިދާނެތީ. މަޖާކަމަކީ މިގޮތަށް އަމަލު ކުރުވަރަކަށް އިދިކޮޅުމީހުން ދަނީ ގިނަ ވަމުން. ވަރުގަދަވަމުން. ސެލްފް ޑިފީޓިން ސްޓްރެޓެޖީ ބްރޯ!
މޮހޮނު
02 July 2017
ތިޔަ މަޖިލީހުގެ ހުރިވަރެއް އަހަރެމެންނަށް ފެންނާނެ މިހަފްތާގަ ،
މަޖިލިސް ބޯއި
02 July 2017
މަޖިލިސް މިނިވަން ވުމައްޓަކައި މެމްބަރުން ނުތެދުވެއްޖެ ނަމަ، މިއައްވުރެ ފިޑި މަޖިލީހެއް ދިވެހި ތާރިހު ދެކެފައި ނުވާކަން ކަށަވަރެވެ. އެ ކުރެވެނީ މުޅި ރާއްޖެއަށް ބޭއިންސާފެވެ.
ވިސްނާ
02 July 2017
މެމްބަރުންގެ އަތްފުޅުގައި މިހާރު އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ މިފަދާ ބިރުދެއްކުންތަކާއި ފިއްތުންތަކުގެ ތެރޭގައި ދާއިމަށް ތިބެންވީތޯއެވެ. ނުވަތަ ހަށިފޮޅާލާފައި މިކަމާ ދެކޮޅަށް ތެދުވަންވީތޯއެވެ. ބަލިން ފަސޭހަވާނީ ހިތި ބޭސް ބޮއެގެނެވެ. ހިތިބޭސް ނުބޮއި ކެތްކުރެވޭނީ ވަކިވަރަކަށެވެ. މީހާގެ ދުވަސް މަޑުމަޑުން ދާނެއެއެވެ.
ޑާޑާޑާޑާ
02 July 2017
މެމްބަރުންނަށް އޮތީ އެންމެ ޗޮއިސް އެކެވެ. އެޗޮއިސް އަކީ އެއީ ޕޮލިޓިކަލް ސައެންސް ގައި ހިމެނޭ ސަރުކާރު ހިންގާ ސްޓައިލަށް ބަލާއިރު އޮންނަނީ 3 ސްޓައިލް އެވެ. އެ 3 ސްޓައިލް އަކީ އެއީ 1. ކޮންސްޓިޓިއުޝަނަލް 2. އޮތޯރިޓޭރިއަމް 3. ޓޯޓަލިޓޭރިއަމް މި 3 ސްޓައިލް އެވެ. މި 3 ސްޓައިލް އަށް ބަލާއިރު ޑިމޮކްރަސީ އަކީ އެއީ ޕޮލިޓިކަލް ސައެންސް ގައި އޮންނަ އެއްޗެއް ނޫނެވެ. ކަން މިހެން ހުރުމުން މަމެން ޕިންކީން މިއުޅެނީ އިސްވެ ދެންނެވުނު 3 ސްޓައިލް ކޮމްބައިން ކޮށްގެން މަމެން ޕިންކީންގެ ސަރުކާރު އެކުލަވާލަން. އެއީ އޭ ސިންގަޕޯރ ގައި އޮންނަ ގަވަރމެންޓް ސްޓައިލް އަކީ. މީ ބިރުދެއްކުމެއް ނޫނޭ މީ ޕޮލިޓިކަލް ސައެންސް އެޕްލައި ކުރަނީއޭ ކުދިންނޭ އަދި ތަމެން ޕޮލިޓިކަލް ސައެންސް ގައި އާ ވުމުން އަލަށް މަހަށް ދާއިރު ހީވާނެއޭ އެއީ ބިރުދައްކަނީ ކަމަށް ފަހުން ހޭނުނީމާ ރަނގަޅުވާނެއޭ ކުދިންނޭ. ޑާޑާޑާޑާ..
ހިހީހަލާކު
02 July 2017
އެސީސީ ސަރުކާރުގެ ޕަޕެޓެއްކަން ޕްރޫވްކޮށް ދިނީތީ ޝުކުރިއްޔާ. އަދި ތިކަންކަމަށް ނިމުން އަންނާނެ
ޤުއްޓޭ
02 July 2017
ކެތްތެރިވެގެން ތިބޭ. ﷲ ގެ އިރާދަފުޅުން ޤާނޫނުގެ ދިގު އަތް ހަމަ ބޭއިންސާފުން ކަންކަން ކޮއްފައި ތިބި ފަރާތާއި އަރާ ހަމަ ކުރާނެ ދުވަސް ވެސް އަދި އަންނާނެ.
ސަމާސާ
02 July 2017
"އެހެންވެ އަޅުގަނޑު އެދެން (މުއައްސަސާތަކުން) ފިތިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭން،" މިތަނުގައި ސައުދު ވިދާޅުވާ ވާހަކައަކީ މުއައްސަސާތައް ފިތިގެން މަސައްކަތް ނުކޮށް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަންޖެހޭވާހަކަ. އެއަށްވުރެވެސް ބޮޑަށް ﷲ އަށްޓަކައި ﷲގެ ގާނޫނާއެއްގޮތަށް ﷲ އެންގެވިގޮތަށް ހަމަހަމަ ކަމާއި އިންސާފާއެކު މުއައްސަސާތައް މަސައްކަތް ކުރަންޖެހޭވާހަކަވެސް ބުނެލިމަ ފުރިހަމަވީސް.....................!!!!
ހަސަނު
02 July 2017
ފިތިގެން ނޫން އެހެންގޮތަކަށް ކިހިނެތްތޯ މަސައްކަތް ކުރެވޭނީ ނަޒާހަތްތެރިކަމުގެ ފުލެޓް ވަނީ ހަވާލުކޮށްފައި، ތި އޭސީސީ އޮތީ ސަރުކާރުން ބުނާ ކަންތައްތައްބަލަން އެކަނި.