ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ ގޮތްޕެއް އައްޑޫގައި ހުޅުވައިފި

ސޮލެރަލް އިންޝުއަރެންސް ކުންފުނީގެ ގޮތްޕެއް އައްޑޫ ހިތަދޫގައި މިއަދު ހުޅުވައި، ޚިދުމަތް ދޭން ފަށައިފި އެވެ.


މީގެ ދެ އަހަރު ކުރިން ޚިދުމަތް ފެށި ސޮލެރަލް އިންޝުއަރެންސް ކުންފުނީގެ އައްޑޫ ގޮފިން ބުނީ އެ ކުންފުނިން ދޭ އިންޝުއަރެންސްގެ ހުރިހާ ޚިދުމަތެއް އެ ގޮފިން ވެސް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ހެލްތު އިންޝުއަރެންސް، ކާގޯ އިންޝުއަރެންސް، މެރިން އިންޝުއަރެންސް، އިންޖިނިއަރިން އިންޝުއަރެންސް، ޕްރޮޕަޓީ އިންޝުއަރެންސް، އޭވިއޭޝަން އިންޝުއަރެންސް، މިސެލޭނިއަސް އިންޝުއަރެންސް އަދި މޮޓޯ އިންޝުއަރެންސް ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ޚިދުމަތް ދޭން ފެށި ސޮލެރަލް އިންޝުއަރެންސް ކުންފުނީގެ ގޮތްޕެއް އައްޑޫގައި ހުޅުވާނެ ކަމަށް އިއުލާން ކުރީ އެ ކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް މިދިޔަ އޭޕްރީލް 30 ގައި ބޭއްވި ހަފުލާގަ އެވެ.

ރާއްޖޭގައި އިންޝުއަރެންސްގެ ޚިދުމަތް ދޭ ކުންފުނިތަކުގެ ތެރެއިން އެލައިޑް އިންޝުއަރެންސް އާއި ސިލިންކޯ އިންޝުއަރެންސްގެ ގޮތްޕެއް ވެސް އައްޑޫގައި ހުރެ އެވެ.