އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީންނަށް ރޮޒައިނާ އާއި އާޒިމް ހޮވިއްޖެ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ ދެ މަގާމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިޚާބުވެއްޖެ އެވެ.


އެމްޑީޕީގެ ޕީޖީ ގްރޫޕްގައި މިއަދު ނެގި ވޯޓުން ރޮޒައިނާ އާއި އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ ވާދަކޮށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މަގާމުތަކަށް ކުރިމަތިލުމަށް މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި އިންތިޚާބަކަށް ދާން ޖެހުނީ ޑެޕިއުޓީ ލީޑަރުގެ މަގާމު އެކަންޏެވެ. ދެން ހުރި ހުރިހާ މަގާމުތަކަށް އިންތިޚާބަކާ ނުލައި ބޭފުޅުން ވަނީ ހޮވިފަ އެވެ.

ޕީޖީ ގްރޫޕްގެ ލީީޑަރު ކަމަށް އިންތިޚާބަކާ ނުލައި ހޮވުނީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އެވެ.