މިދިޔަ ހަފުތާގައި ވެސް އައްޑޫ ހިތަދޫގައި ދެ ކާރެއްގައި ރޯކޮށް އަންދާލައިފައި ވަނިކޮށް، ރޭ އަނެއްކާ ވެސް ކާރުތަކެއްގައި ރޯކޮށްލައި ގެއްލުންތަކެއް ދީފި އެވެ.
ރޭ ދަންވަރު ވަގުތެއްގައި ރޯކޮށްލާފައި ވަނީ ހިތަދޫ ރޯޒްމީން ގޭގެ ކައިރީގައ އޮތް ދެ ކާރަކާއި ޝިއުބްގޭގެ ގޯތިތެރޭގައި އޮތް ކާރެއްގަ އެވެ. މި ހާދިސާގައި އެ ކާރުތަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.
ފުލުހުން ބުނީ ރޭ ކާރުތަކެއްގައި ރޯކޮށްލުމާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި މިކަމުގެ އިތުރު ބަޔަކު ޝާމިލްވާ ކަމަށް ބެލެވޭތީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ހިތަދޫގައި ދެ ކާރެއްގައި ރޯކޮށްލައި ފުލުހެއްގެ ޕްރައިވެޓް ކާރެއްގައި ވެސް ވަނީ ރޯކޮށްލައިފަ އެވެ.ރޭ ރޯކޮށްލި ތިން ކާރުގެ ތެރެއިން އެއް ކާރަކީ ޓެކްސީ ކުރާ ކާރެކެވެ.

ފުލުހުން ބުނީ ހިތަދޫގައި ކާރުތަކުގައި ރޯކުރުމުގެ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން އެދޭ ކަމަށާއި މިއީ ކޮން ކަމަކާ ގުޅިގެން ހިންގާ ކަމެއްތޯ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.