ކްލަބްމެޑު ކަނިފިނޮޅުގެ މޫދު ކޮޓަރިއެއްގައި ރޯވެއްޖެ

ކްލަބްމެޑް ކަނިފިނޮޅު ރިސޯޓުގެ މޫދުކޮޓަރިއެއްގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.


އެމްއެންޑީއެފުން ބުނީ އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އެކަމަކު އަލިފާން ރޯވި ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައި، ބޮޑެތި ގެއްލުންތަކެއް ވެފައިވާ ބުންޏެވެ.

މި އަލިފާންގަނޑު އިރުއޮއްސި 6:50 ހާއިރު ނިއްވާލާފައިވާއިރު، އަލިފާން ނިއްވުނީ ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން ކަން އެމްއެންޑީއެފުން ފާހަގަކުރެ އެވެ. އަދި ސިފައިންގެ ފަޔާ ފައިޓަރުން ކަނިފިނޮޅު ރިސޯޓަށް ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާގައި ލިބުނު ގެއްލުމުގެ އަދަދެއް އަދި އަލިފާން ރޯވާން ދިމާވީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.