ޝަރުތުތަކަކާ އެކު ސަމީރު ވެސް ދޫކޮށްލައިފި

ރޭ ހައްޔަރުކުރި ޖުމްހޫރީ ޕާޓިިީގެ ސެކްރެޓަރީ ޖެެނެރަލް އަހުމަދު ސަމީރު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.


ކުރިން ރަައްޔިތުންގެ މަޖިލިހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ސަމީރު ހައްޔަރުކުރީ ރޭ ޖޭޕީގެ މައި ޖަގަހަ، ކުނޫޒް ކައިރީގައި އޮތް އިދިކޮޅު ފަރާތްތަކުގެ އެއްވުމެއްގައި ރާއްޖެޓީވީ އަށް އިންޓަވިއުއެއް ދެއްވަން ހުންނަވަނިކޮށެވެ.

ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލަން އަމުރުކޮށްފައި ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ދިނުމާއި ޖިނާއީ ކުށެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށްފަ އެެވެ. ކޯޓުން ސަމީރު ދޫކޮށްލިއިރު، ފުލުހުން ވަނީ އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށްފަ އެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ފުލުހެއްގެ ގައިގައި ޖެހުމާއި ދައުލަތް ހިންގުމުގެ ދާއިރާއަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެން ދިއުމާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ ހިމެނެ އެވެ.

މިދިޔަ ޖުލައި 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވެސް ވަނީ ޝަރުތުތަކަކާއެކު މިއަދު ކޯޓުން ދޫކޮށްލައިފަ އެވެ.