ފަސްޓް ލޭޑީގެ އުފަންދުވަހަށް ގެންދިޔަ ބަތަށް ޕިންތަކެއް އެޅި މައްސަލައެއް ބަލަނީ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އުފަންދުވަހަށް މުލީއާގެ އަށް ގެންދިޔަ ބަތަށް ޕިންތަކެއް އެޅި މައްސަލައެއް ފުލުހުން ބަަލަން ފަށައިފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފަސްޓް ލޭޑީގެ އުފަންދުވަސް ފާހަގަކުރުމަށް، ބަޔަކާ ހަވާލުކޮށްގެން މި ހަފުތާގައި މުލީއާގެ އަށް ގެންދިޔަ ބަތުގެ ތެރެއިން ވަނީ ހައެއްކަ ތަންބް ޕިން ފެނިފަ އެވެ.

މިކަމާ ގުޅޭ ގޮތުން މުލީއާގެ އިން އަދި ފުލުހުން ވެސް ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.

ފަސްޓް ލޭޑީގެ އުފަން ދުވަހަކީ މި މަހުގެ 9، އެވެ. އެކަމަކު އުފަން ދުވަސް ފާހަގަކުރަން މުލިއާގެއަށް ކާއެއްޗެހި ގެންދިޔައީ ކޮންއިރަކު ކަމެއް ސާފެއް ނުވެ އެވެ. އަދި ގެންދިޔައީ ކޮން ތަނަކުން ކަމެއް ވެސް ނޭނގެ އެވެ.