ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ މައުމޫން ވާހަކަ ދައްކަވަނީ.
ފޮރިން މިނިސްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވީ މަރުގެ އަދަބު ތަންފީޒުކުރަން ފެށުމާ މެދު ސަރުކާރާ ހިޔާލުތަފާތުވެގެން ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އިސްތިއުފާ ދެއްވުމަށްފަހު އެކަމަނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ 60 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުނުކޮށް އޮތުމަށްފަހު އެކަން ތަންފީޒުކުރުމަށް ނިންމި ދުވަސްވަރަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ހަރުދަނާކަމާ މެދު ސުވާލުތަކެއް އުފެދިފައިވާ ދުވަސްވަރެއް ކަމަށެވެ. އަދި އެކަމާ މެދު ވަރަށް ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންތަކެއް ހުރިކަން ގަބޫލްކުރަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރަން ފަށަން ސަރުކާރުން ނިންމާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލު ހުސެން ހުމާމާއި ގާނޫނީ ވަކީލު އަހްމަދު ނަޖީބުގެ ގާތިލް އަހްމަދު މުއްރަތުގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ ދެ މީހުންނަށް ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ މިހާރު ފެށިފައި ވާއިރު އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަމުންނެވެ.
ދުންޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އޮތް ހާލަތުގައި މަރުގެ އަދަބު ދޭން ފެށުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ ތަސަައްވުރަށް ބައިނަލްއަގުވާމީ މައިދާނުގައި ކިލަނބުކަން އަންނާނެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް ހާރިޖީ ސިޔާސަތުގެ އަމާޒުތަކަށް ވާސިލްވުމަށް އޮތް ހުރަހަކަށް ވާނެ ކަމަށް ގަބޫލްކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހެންވެ ހާރިޖީ ވަޒީރުކަމުގެ މަގާމުން އަޅުގަނޑު މިއަދު އިސްތިއުފާދީފީމެވެ،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވަނީ ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި އިރު ރައީސް ޔާމީން ދެއްވި އިރުޝާދާއި ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"އަޅުގަނޑުގެ އުއްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކާއި ދަތި އުނދަގޫތަކަށް އަވަސް މުސްތަގުބަލެއްގައި ހައްލެެއް އައުމެވެ. ރާއްޖޭގައި ވެރިކަން ހިންގާ ނިޒާމަށާއި އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާވެ ދިވެހިންގެ ބާރުވެރިކަން އިތުރުވުމެވެ. އަދި ރާއްޖެއަކީ ފަޚުރުވެރި އެހެން ގައުމުތަކުގެ އިހުތިރާމް ލިބޭ އަދި އިހުތިރާމް ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ގައުމަކަށްވުމެވެ،" ބަޔާން ނިންމަވާލައްވަމުން ދުންޔާ ވިދާޅުވެފައިވެ އެވެ.
ދުންޔާ އިސްތިއުފާ ދެއްވި އިރު އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާ ދެމެދު، ވެރިކަންކުރާ ޕާޓީގެ ތެރޭގައި ވަނީ ބޮޑެތި މައްސަލަތަކެއް އުފެދި ޕާޓީ ދެ ބައި ވެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ރާޓީވީ
06 July 2016
ރާޓީވީ އިންވެސް މިހާރު ތިކަމަނާ ވަރުގެ މީހެއް ނެތްކަމަށް ރިޕޯރޓްތައް ހަދަހަދައިގެން ދައްކަނީ.. މިއޮތީ ވާކަމެއް.. މިއޮތީ ވާގައުމެއް. އިއްޔެ ބާގީ މިއަދު ރާނީ.
ލލ
06 July 2016
އިއްޔެ އެއްމެންގެ ބްރޯ - މިދީބު ގެ ޑޯން. މިއަދު ޢައްދާރު - އިއްޔެ ހީރޯ މިއަދު - މިއަދު ފްރޭމްޑް ޓެރަރިސްޓް - މިއޮތީ ވާ އަނގައެއް
މަމެން11
06 July 2016
އެއްކަމެއްވެސް ހަގީގަތަށް ހާމަ ކުރާކަށް ބޭނުމެއްނުވޭ. މުޅިރައްޔިތުންނަށް އެބައެނގޭ ކީއްކަން މިވަނީ. އެކަމަކު ތިކަމަނާ ވިދާޅުވާގޮތައް ގަބޫލުކުރެވޭތޯވެސް އެކަކުވެސް ނޫޅޭނެ. އެއީ ވަރަށްސާފުކޮށް އެނގޭ ކަންކަންވެސް އޮޅުވާލަންއުލޭތީ މީގެންހާމަވަނީ ތިކަމަނާމެން ހީފުޅުކުރައްވަނީ ދިވެހިރައްޔިތުންނަކީ ތިކަމަނާމެންގެ އަޅުންކަމަށް، އެހެންވީމާ ވިދާޅުވިއެއްޗެއް ޖެހޭނީ ގަބޫލުކުރާށޭ. ދެންނުކުންނާނީ ގައްސާނު.. ދޮގުސަބަބެއް ލިޔެވުމާއެކު އިސްތިއުފާދޭނެ.. ؟؟؟؟
ސައިމަން
06 July 2016
އިތުބާރެ ނެތް ކަމުގެ ވޯޓު މަޖިލިހަށް ވައަދަފާނެކަމުގެ ބިރު ހީވާން ފެށީމަ އަވަހަށް އިސްތިއުފާ ދިނީ ދޯ؟.
އަލީ
06 July 2016
އިސްތިއުފާ ދެއްވި ސަބަބުވެސް އޮޅުވާލެއްވީ. ހަމަ އެންމެ ކަމެއްވެސް ތެދަށް ވިދާޅުވާން ބޭނުންފުޅު ނުވަނީތޯ؟
މުހަންމަދު
06 July 2016
ސަރުކާރުގެދިފާޢުގައި ތިމާބަރަހަނާވެ ނިކަމެތިވެއްޖައިމުތާއެވެ! އަބަނޭރީމަ ދެންއެންމެރަނގަޅުވާނީ ތިގޮތެވެ.އަބައެއްނޭރިތާއެވެ! ދުރުވަމުން ތިޖަހާލީ ރީތި ތަފާލެކެވެ. ނުޖަހާވަރެއްވެސް ނޫންތާއެވެ! ކަމަނާ ފިސާރިރަނގަޅަށް ދަސްކިޔައިފަހުރިކަން އެބައެނގެއެވެ.
ކަޅުފަސް
06 July 2016
މަރުގެ ޙުކުމަކީ ވެސް ވައްކަން ކުރުމުން އަތް ކެނޑުމުގެ ޙުކުމަކީވެސް، ވަކި އުޞޫލުތަކަކާ ހަމަތަކެއްގެ މަތިން ﷲ ގެ އަމުރުފުޅުގެ ދަށުން އަންނަ ކަމަކަށްވާއިރު، އެކަންކަން ނުކުރެވޭން ގޮތަށް ވިސްނުންތައް ޤާއިމް ކުރުމަކީ، އަޅުގަޑުމެން މުސްލިމް ދިވެހިރައްޔިތުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ދެކެމެވެ.
އުމަރު
05 July 2016
މިހާރު ތިޔަހުންނެވީ ރައްޔިތުންގެ ފައިވާނުގައި އެހެންވެ ރަނގަޅު ވާހަކަ އަދި އަސްލުހަގީގީ ވާހަކަ ތިޔަ ވިދާޅުވެވެނީ
ތުއްތުބޭބެ
05 July 2016
ކަމަނާގެ ސަރުކާުގެ ދިފާޢުގައި ވަރަށްބޮޑަށް މަސއްކަތްކުރައްވައިފި. ގޮތްހުސްވުމުން ވަކިވެވަޑަިގަތީކަން ޔަޤީން . ކަމަނާއަކީ މިޤައުމުގެ އަންހެންބޭފުޅުންގެ ނަމޫނާ އަކަށް ބަލަންޖެހޭ އަންހެންލީޑަރެކެވެ.ި އިންޝާﷲ ކަމަނާއަށް ސިޔާސީ ލީޑަރޝިޕް މިންވަރުކުރައްވާށި. ޢާމީން
ފަޅުވެރިން
05 July 2016
ކަމަނާ ތިޔަ ދައްކަވާ ވާހަކަ ދިމައެއް ނުވެއެވެ. ރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތްހާ ހިނދަކު ރާއްޖޭގެ އެއްވެސް ކަމަކާ ބޭރުގެ މީހުން ހިތްހަމައެއް ނުޖެހޭނެއެވެ. އެހެން ސީދާ ބުނުމުގެ ބަދަލުގައި އެމީހުން އެކިފަހަރު ދައްކާނީ އެކި ވާހަކައެވެ. މިހާރު އަޅައިގަނެގެން އުޅެނީ ފަނޑިޔާރުގެއާއެވެ. ނަމަވެސް މައްސަލައަކީ ފަނޑިޔާރުގެއެއް ނޫނެވެ. މައްސަލައަކީ އެމީހުންނެވެ. ނަމަވެސް އެންމެ ބޮޑު މައްސަލައަކީ އެމްޑީޕީއެވެ. ސަބަބަކީ ތިޔަވިދާޅުވާ ބޭރު މީހުންނަކީ އެމްޑީޕީ އިން ބުނި ހަމަ ކޮންމެ އެއްޗެއް ޤަބޫލުކުރާ ބަޔަކަށްވުމެވެ. ކަމަނާއަށް ދިމާވެގެން އުޅޭ ޙަޤީޤީ މައްސަލައަކީ ކަމަނާގެ ބައްޕާފުޅު މަރުގެ ޙުކުމް ތަންފީޒުކުރުމާ އިދިކޮޅުވުމެވެ. އެހެންވީމާ އެބޭފުޅާ ހުންނެވި ގޮތަކަށް ނުހުންނަވައެއް ކަމަނާއަކަށް ނުހުންނެވޭނެއެވެ. އެހެންވީމާ ތިޔަދައްކަވާ އުޒުރު އެއްވެސް ތަނެއްގައި ލައްވައެއް ނުލައެވެ. ނަމަވެސް ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނަވައިގެން ކަމަނާ ޤައުމަށް ޚިދްމަތްތަކެއް ކޮށްދެއްވައިފިއެވެ. އެކަމަށްޓަކައި ޝުކުރިއްޔާއެވެ.
އަލީ ނަސީރު
06 July 2016
ބޯގޯސް ވާހަކަ ނުދައްކާ. ދަޅައަކައް ހުންނަ ކަންތަކާ، ހަގީގަތާ ތަފާތު ވާނެ. ގައުމު ފުނޑެނީ، މި ދެކަންތައް ނޭގޭމީހުން ގިނަ ކަމުންނޭ!
ތިގޮތުގަ
05 July 2016
ތިޔައީ މިވަގުތައް އެންމެ ރަނގަޅު ގޮތް