މީހަކު ނެތް ބޭރުގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުން ފެނިއްޖެ

މީހަކު ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ބޭރުގެ މަސް ބޯޓެއް ފެނިއްޖެ އެވެ.


އެ މަސްބޯޓު ފެނުނީ މަހަށް ގޮސް އުޅުނު އިހަވަންދޫ ދޯންޏަކަށް ކަމަށާއި އެ ބޯޓު މިހާރު އޮތީ އިހަވަންދޫ ބަނދަރުގައި ކަމަށާއި އެ ބޯޓު ފެނުނުއިރު އޭގައި އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން ބުންޏެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އަދި އެއީ ކޮން ގައުމެއްގެ ބޯޓެއް ކަން ވެސް އަދި ސާފެއް ނުވެ އެވެ.

ދާދިފަހުން ރާއްޖޭގެ ސަރަހައްދަށް ހުއްދަ ނެތި ވަދެ އުޅުނު ސްރީލަންކާގެ ބޯޓުތަކެއް ވެސް ވަނީ އަތުލައިގެންފަ އެވެ. އެ ބޯޓުތައް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.