ފެހެންދޫގައި ކައުންސިލަރުން ކުނި އުކަނީ-- ފޮޓޯ: އޭދަފުށީޓައިމްސް
ގޭގެއަށް ގޮސް ކުނި އުކައިދޭނެ ބަޔަކު ހޯދުމަށް ބ. ފެހެންދޫ ކައުންސިލުން ކުރި އިއުލާނަށް ކުރިމަތި ލާނެ ބަޔަކު ނުވުމުން، ކައުންސިލް މެމްބަރުން އެ މަސައްކަތަށް ނުކުންނަވައިފި އެވެ.
ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި ނައްތާލައި، ރަށް ސާފުތާހިރުކޮށް ބޭއްވުމަށް، މި އަހަރު ކުނި އުކުމުގެ ޕްރޮގްރާމެއް ފަށަން ކުރިއްސުރެ ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް މީހުން ހޯދަން ކައުންސިލުން އިއުލާން ކުރި ނަމަވެސް އަހަރު ފެށުނު އިރު އެކަން ކުރާނެ ބަޔަކު ނުވުމުން ތިން ކައުންސިލަރުން ކުނި އުކަން ނުކުންނެވީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ފެހެންދޫގެ ކައުންސިލަރުން ހެނދުނު 8:30 ގައި އޮފީހަށް ނުކުންނެވުމުގެ ބަދަލުގައި އަށެއް ޖަހާއިރު ގޭގެއަށް ކުނި ނަންގަވާށެވެ. ކޮންމެ ގެއެއްގެ ބޭރުގައި ވެސް ކުނި ކޮތަޅު ބަހައްޓާފައި ހުންނައިރު، އެ ތަކެތި އުފުލަނީ ކައުންސިލްގެ އައިލެންޑް ޕިކަޕެއްގަ އެވެ.
ފެހެންދޫގެ ކައުންސިލަރުން ކުޑަ ޕިކަޕްގައި ކުންޏާ އެކު -- ފޮޓޯ: އޭދަފުށީޓައިމްސް
"ވަރަށް އެހެން ކަހަލަ ކަމެއް މިއީ. އެކަމަކު ކުރާނެ ބަޔަކު ނުވުމުން އަޅުގަނޑުމެން ޖެހޭނީ ކުރަންތާ. މިއީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ދެކެނީ،" މޫސަ ވިދާޅުވި އެވެ.
އޭނާ އާއި ދެން ތިއްބެވި ކައުންސިލަރުން މިހާރު އޮފީހަށް ވަޑައިގަންނަވަނީ ކުނި އުކުމުގެ މަސައްކަތަށް ފަހު، ހެނދުނު 11 ޖަހާ ފަހުންނެވެ. އެކަމަކު އޮފީހުގައި ތިއްބަވައިގެން ކުރައްވާނެ މާ ގިނަ މަސައްކަތެއް ނެތުމުން، އާއްމު މަސައްކަތަށް ބޮޑު ބުރުލެއް ނާރާ ކަމަށް މޫސަ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފެހެންދޫގައި ކުނި އުކާލަނީ މަހެއްގެ މައްޗަށް ގެއަކުން 100 ރުފިޔާ ނަގައިގެންނެވެ. އެކަން ކުރާނެ ބަޔަކު ލިބެންދެން އެ ހިދުމަތް ކައުންސިލަރުން ދެއްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހެނބަދޫގެ ރައްޔިތެއް
03 January 2018
ހެނބަދޫ ކައުންސިލުން 1 ޖަނަވަރީ 2018 އިން ފެށިގެން ތި ކަންކުރާ ވާހަކަ އަޑުއެހިން. އެކަމަކު އެކަންވެސް ކުރެވެން އަންނަނީ މަހުޖަނު ރުއްސާފަ ވީމަ އަދި ނުފެށިގެން އެއުޅެނީ. މިހާރު ގޭކައިރީގަ ކުނި ގިނަވެއްޖެ.
އައިމިނަ
03 January 2018
ޒިންމާ ނަގާނީ ތިގޮތަށް. ވަރަށް ބަރާބަރު.
އިހޫ
03 January 2018
ތިޔަހެން ތިކަން ކުރުމުން އެނގެނީ ކައުންސިލަރުންގެ ހިތްވަރު ގަދަކަން.. އެކަމަކު ތަންކޮޅެއް ފުންކޮށް ވިސްނާލައިފިއްޔާ ތިކަމުގައި އެހެން މާނައެއް ވެސް ދޭހަވޭ. އެއީ ރަައްޔިތުން ބައިވެރިކޮށްގެން ކަންކަން ކުރަން ކައުންސިލަރުންނަށް ނޭނގުން! އެއްވެސް މީހަކު ތި މަސައްކަތަށް ނުނިކުންނާނެ ކޮންމެވެސް ސަބަބެއް އޮންނާނެ. އަސްލު ކައުންސިލަރުންގެ ދައުރަކަށް ވާންޖެހޭނީ އެމައްސަލައެއް ސާފުކޮށް ރައްޔިތުން މަސައްކަތަށް ނިކުންނާނެ މަގެއް ފަހިކޮށްދިނުން. ލީޑަރޝިޕަކީ އެއީ!
މައިތިރި
02 January 2018
އެބުނީ ރަށުގެ އާބާދީއަކީ ގާތްގަޑަކަށް 300 ކަމަށް.. އެވަރުގެ އާބާދީއެއްގައި 3 ކައުސިލަރުން ތިބޭއިރު އެބުނާހެން އޮފީހުގައި ކުރާނެ މާގިނަ ކަންތަކެއް ނުހުންނާނެ.. ކަމެއް ނުކޮށް ހަމައެކަނި ގޮނޑި ހޫނުކޮށްގެން މުސާރަ ނެގުމުގެ ބަދަލުގައި ތިޔަ ކައުންސިލަރުން ތިދެއްކެވީ ވަރަށް ރީތި ވަރަށް މަތިވެރި ނަމޫނާއެއް.. ކުދިކުދި ރަށްތަކުގައި ކުދި އާބާދީތަކަށް ހިދުމަތްކުރަން އަމަލީގޮތުން ކައުންސިލަރުން ބައިވެރިވުމަކީ ތިއީ.. ހަމަ އައްސަރިބަހާއި ސާބަސްދެން ތިޔަ ކައުންސިލަރުންނަށް
ކެކެކެ
02 January 2018
މީތި ސަޅި.. ކުރާނެ ބައެއް ނެތޭ ކިޔާފަ ބޮލުން ކަޓުވާ ނުލީތީ އައްސަރި ބަހާ ސާބަސް..
ސަން ސަން
02 January 2018
ނަށީދު ހެދެނީ ދޯ ހުސް އަމީތާބު ދެން މީ ބޮނޑުވަރު
މައިތިރި
02 January 2018
ކިތަންމެ ހަޖަމް ކުރަން ދަތިވިޔަސް ރައްޔިތުންނާއި ގާތުން ހިދުމަތް ކުރުމުގައި ރައީސް ނަޝީދު ދެެއްކެވި ނަމޫނާ އެއީ ހަމަ ތައުރީފް ހައްގު
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
02 January 2018
ދައުލަތުގެ މަޤާމް ތަކަށް ރައްޔިތުން މީހުން އިންތިހާބުކޮށް މަޤާމް ހަވާލު ކުރަނީ މަސްއޫލިއްޔަތު ތަކަކާއި އެކު. އެހެން ނަމަވެސް އެއްބަޔަކު ބަލަނީ “ތިޖޫރީ އާއި ދޯހަޅިވެ ލިބިފައިވާ ފުރުސަތުގައި ތިޖޫރީގައި ހުރިފައިސާ ކަޅާކޮށްލެވޭތޯ” އަނެއްބަޔަކު ދައުލަތުގެ މިނިވަން މުއައްސަސާގައި ތިބެ “ހިހޫތަނުން ކާލައިގެން” ލޮލަށް ނުފެންނަ ކަންފަތަށް އަޑުނީވޭ ބައެއްކަމަށް ހެދިގެން ތިބޭއިރު “އެކަހެރިކޮށް ބާކީކޮށްފައިތިބި” ސަފީރުންނާއިވެސް ވާހަކަ ދެއްކުން މަނާކޮށްފައި ތިބި ކައުންސިލަރުންނަށް މިޖެހެނީ ޑަސްބިން އުކަން. މިއީތޯ ތިޔަކިޔާ “ޔުނިޓަރީ ދައުލަތުގެ ސިފަ” އަކީ ؟؟! ނަސްލީ ތަފާފު ކުރުން ހައްދުން ނައްޓައިފި. ޔުނިޓަރީ ދައުލަތަކަށް ވުރެން “ރޭސިޒަމް ބޮޑު” ކޮމިއުނިސްޓް ދައުލަތެއްގެ ސިފަ އާއި ގޮތްތައް މަޑުމަޑުން އާލާވާން ފަށައިފި. 2018 ގެ މާކުރިން ބަދަލު ގެނެސް އިޖުތިމާއީ އަދާލަތު ޤާއިމް ކުރާން ޖެހެނީ މިދައުލަތުގެ ދެމިއޮތުމަށް “ޤައުމުގެ ހައްގުގައި” ކަން ޤަބޫލު ކުރޭ.
ރ. ވާދޫ ރެދަން
02 January 2018
ތީ ރަށެއްގަ އަލަށްކުރާކަމެއްނޫން! ރަަސްގެތީމުގަ ކައުންސިލަރަކު ތިކަންކުރާތާ އެތައްދުވަހެއްވެއްޖެ!
ރަބަރު
02 January 2018
ހާދަހާވާ ރަނގަޅުކަމެކޭ.