ހިތަދޫގައި ދަގަނޑުބުރިއަކުން ކުއްޖަކަށް ހަމަލާދީ، ޒަހަމްކޮށްލައިފި

އައްޑޫ ހިތަދޫގައި ކުޑަކުއްޖަކަށް ބަޔަކު ދަގަނޑުބުރިއަކުން ހަމަލަދީ ރޭ ޒަޚަމްކޮށްލައިފި އެވެ.


މި ހާދިސާއާ ގުޅިގެން، އުމުރުން 16 އަހަރުގެ އެ ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު، ބޮލުގެ ދެ ތަނަކުން ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ހިތަދޫ ބޮޑުމަގުގައި ޝީޝާ ފިހާރަ ހުންނަ ސަރަހައްދުގައި ރޭ 10:30 ހާއިރު، އެ ކުއްޖާއަށް ހަމަލާ ދިނީ ސައިކަލަކުން ދިޔަ ބައެއް ކަމަށް ވެ އެވެ.

މި މާރާމާރީގެ މައްސަލަ ފުލުހުން އަނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އަދި މީޑިއާގައި ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.