ލޯކަލް މާރުކޭޓާއި ކުޅުދުއްފުށީ ހޮސްޕިޓަލްގައި މީދާ.
ހޮސްޕިޓަލެއްގައި ހުރި، އައިވީ ސްޓޭންޑެއްގެ މަތީގައި މީދާ އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ. ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ އެ ފޮޓޯ ސިފަކޮށްދޭން ބުނެފައި ވަނީ އެއީ، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހާލަތު ކަމަށެވެ.
އެކަކު ކޮމެންޓްކުރީ މިހެންނެވެ؛
"ޑިއުޓީގައި ހުރި ސުޕަ ސުޕެޝަލިސްޓު ޑޮކްޓަރު އައިވީފުޅި ޗެކްކުރަނީ" ތޯ އެވެ.
އެއާއެކު ފުލުފުލުގައި އައި ކޮމެންޓުތަކުގައި، އެތައް ބަޔެއްގެ ރުޅިގަނޑު ބާލާފައިވެ އެވެ. ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް އެ ހޮސްޕިޓަލުގެ ހާލަތަކީ އެއީތޯ އަހައި، އެއް ބަޔަކު ކަންބޮޑުވުން ފާޅުކުރީ އެވެ. އެއީ ހޮސްޕިޓަލް ހިންގަން ހަވާލުކުރި ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި) އިން ފޮނުވި ޑޮކްޓަރެއްތޯ ވެސް ޖެއްސުމަށް އެއް ބަޔަކު ސުވާލުކޮށްފައިވެ އެވެ.
އެ ފޮޓޯ އިން ފެންނަނީ، ކުޅުދުއްފުށީ ހޮސްޕިޓަލުގެ ވޯޑެއް ކަމަށް ކައުންސިލުން ބުންޏެވެ. އެކަމަކު މީދާ ފެންނަ އެ ފޮޓޯއަކީ އަސްލު ނުވަތަ ހަދާފައި އޮތް ފޮޓޯއެއް ކަން ޔަގީނެއް ނޫނެވެ.
މި ފޮޓޯއަށް ފާޑުކިޔައި ނުނިމި އުޅެނިކޮށް، ދެން އާއްމުވީ މީދަލެއް ވަރަށް ހަމަޖެހިލައިގެން އޮވެ ބަރަބޮލެއް ކާތަން ފެންނަ ފޮޓޯތަކަކާއި ވީޑިއޯ އެކެވެ. މިފަހަރު އަދި މާ ގޯހެވެ.
ފޮޓޯގްރާފަރު، އަލީ ނިޝާން (މިލްޒީރޯ) ރޭ އާއްމުކުރި ވީޑިއޯ އިން ފެންނަނީ މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގެ ތެރޭގައި، މީދަލެއް ބަރަބޯފަޅިއެއް ކާން އޮތް މަންޒަރެވެ. އެކި ވައްތަރުގެ، މޭވާ އާއި ތަރުކާރީ ބަހައްޓާފައި ހުރި އެ ގޮޅި ތެރޭގައި އޮތް ބަރަބޯފަޅިއާ ހިސާބަށް މީދަލަށް ދެވޭނީ އެތަނުގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީތަކާއި މޭވާތަކުގެ މަތިން ގޮހެވެ.
މާރުކޭޓުގެ ކާރުބާރުބޮޑު ވަގުތެއްގައި އެ ވީޑިއޯކޮށްފައިވާއިރު، އެ ގޮޅިން އޭރު ވެސް ދިޔައީ އެއްޗެއްހި ވިއްކަމުންނެވެ. ތަރުކާރީތަކުގެ ތެރޭގައި އޮވެ، ބަރަބޯފަޅިކަމުން، މީދާ ގޮވާ އަޑު ވެސް ވީޑިއޯ އިން އިވެ އެވެ.
އެއް ބަޔަކު ބުނިގޮތުގައި، އެއީ މާރުކޭޓުގެ ގޮޅިތަކުގެ މުޑުދާރުކަން އަންގައިދޭ ކުޑަ މިންވަރެކެވެ. ކާބޯތަކެތި ވިއްކާ އެތަނަކީ ބައެއް މީހުން ސިފަކުރި ގޮތުގައި، "މީދާ ހާއްޔެކެ"ވެ. އެތަނުގައި ވިއްކާ ތަރުކާރީ އާއި މޭވާގެ ސާފުތާހިރުކަން ވަަރަށް ދަށް ކަމަށް އެ މީހުން ބުނެ އެވެ.
އެ ވާހަކަ އަށް ބާރު ލިބެނީ، މާރުކޭޓުގައި ވިއްކަން ހުންނަ ތަރުކާރީ އާއި މޭވާ ނުތާހިރު ފެނުން ދޮންނަ ވީޑިއޯއެއް މީގެ ދުވަސްކޮޅެއް ކުރިން އާއްމުވެފައިވާތީ އެވެ.
ތެދެކެވެ؛ ކާބޯތަކެތި ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ނެތް މިންވަރު، ލޯކަލް މާރުކޭޓާއި މަސް މާރުކޭޓަށް އެކަނި ވެސް ސާފެވެ. އާއްމުވި ދެ ފޮޓޯއާ މެދު އެތައް ބަޔަކު ފާޑުކިޔަން ޖެހުނީ މިހެންވެ އެވެ. ދެން އޮތީ، ކަމާބެހޭ ފަރާތްތަކުގެ ޒިންމާ އެވެ. މި ޒަމާނުގައި ފާޑުނުކިޔާ ކަމެއް އޮންނާނެހޭ ބުނެ ނިންމާލާނީ ހެއްޔެވެ؟
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޔޭސް
20 January 2018
ބުރޯ. އައި ލައިކް ޔޫ.
ބުޅާ
18 January 2018
ދެން ބުޅަލެއް ހޯދަންވީނުން
އަލްޖިބްރާ
18 January 2018
މިހާރު މިރާއްޖޭގަ ވެރިކަން ކުރަނީވެސް މިކަހަލަ ގޮތަކަށް ! ވަރަށް ވާހަކަ !
ޢަބްދުﷲނާފިޒު
18 January 2018
އިތުރު ގޮތެއްނެތް، ހަމަ އަތް ޖަހަންވީ.
ޔާމިން
18 January 2018
މުޅިގައުމު މިއޮތީ މިހާރު ނަޖިސްވެފަ މާރުކޭޓް އެކަނި ނޫން
މާމަ
18 January 2018
ޢެސް އެސް ހޮޅިއަކުން މީދާ އަރާވާހަކަ ޖަހަންވީނު
ކްރިޓިކަލް
18 January 2018
އަދިވެސް މީދަލެއް ނައްތައެއް ނުލެވޭ... ކުރިން މީދާ އުޅުނީ ގޭގޭ ފަންގިފިލާގައި... މިހާރު މިދާ އުޅެނީ ކާނުތަކުގައި.. ތަންތަނައް އަރާ ފައިބާ ހަދަނީ ދިޔަދޯލި ފެން ހޮޅިތަކުގެ ތެރެއިން... ބާޒާރުގަ މީދާ އާންމު ވުމުގެ މައިގަނޑު އެއް އަސްލަކީ މާލެ ދަތުރު ކުރާ ނާލު ދޯނި ފަހަރު... ރަށް ރަށުން ދޯންޔައް އަރާ މީދާ މި ފައިބަނީ މާލެއައް...... އޭގެ ހެއްކަަކައް ފުދޭނެ މާލެ ޕޯރޓްގައި މީދާ އޮންނަވަރު ދިރާސާ ކޮއްލީމަ...
މީދާ
18 January 2018
މީދަލަށްވެސް ހައްގުތަކެއްވޭ. ފުރަތަމަ ހައްގު: ދިރިއުޅުމުގެ ހައްގު. ދެވަނަ ހައްގު: ރަށްރަށަށް ދަތުރު ކުރުމުގެ ހައްގު.
ޙފޗޖޖ
18 January 2018
ވަރަށް ރީއްޗެއްނު. މާލޭގަ ނޫޅޭނެ އިންސާނުން ފިޔަވާ އެހެން އެއްވެސް މަޚުލޫގެއް ދޮތަ؟ ގަމާރުވިޔަސް ބޮޑުވަރު
ބަދުބަސް
18 January 2018
މީދަލުގެ އުފަންރަށް ބަލަން ފެންނަނީ
ކާނުބޭ
18 January 2018
ބޯހަލާކު. މީގެކުރިން މީދަލަކީ ހަމައެކަނި ރާއްޖެތެރޭ ރަށްރަށުގަ އުޅުނު އެއްޗަކަށް ދޯ މިވީ
ރަށުތެރެމީދާ
20 January 2018
ރަގަޅު! ރަށް ރަށުން އަންނަ މީދާ ތަށް މާލޭގަ ކުއްޔަވެސް އުޅެނީ. އެވެސް ބޯޓްތަކަށްލާފަ އަބުރާފޮނުވާލާ! ޢޭރުން މާލޭގަ އަމާންކަން ލިބޭނީ.
ވާނެގޮތް
18 January 2018
މާރުކޭޓުގެ އެތެރޭގައި އެތަން ބަލަހައްޓާ އޮފީހެއް ހުރޭ. އެމީހުން ކުރާކަމަކީ ކޮބައިބާ؟ މިކަންކަން ބަލަހައްޓާ ޞިއްޙީ އިދާރާ ތަކުގެ ބަޖެޓްގައި މުވައްޒަފުން ހޯދުމަށް އަދި އިންސްޕެކްޝަންތައް ހެދުމަށް ފައިސާއެއްނެތް. ޤައުމު އެކަމަކު ވަރަށް މުއްސަނދި ގޮޅިތައް އަޞްލު ދޫކޮށްފައިވަނީ ސިޔާސީ ފަރާތްތަކަށް، އެމީހުން އަތުން ބޮޑުއަގުގައި ސްބަލީސްކޮށްގެން ހިންގަނީ ކޮންމެވެސް އެހެން ދިވެއްސެއް. އެ ދިވެހި މީހާ އެތަން ޙަވާލުކޮއްލަނީ ބޭރު މީހެއްގެ އަތްމައްޗަށް. އެހެންވީމާ މިތަންތަން ހިންގާ މީހުްނާ މެދު ފިޔަވަޅުއަޅަން އުޅެފިނަމަ އެމީހުން ދާނީ އެއްކަލަ ސިޔާސީ މީހާއާ ހަމައަށް. އެހިސާބުން ނިމުނީ ދެންވިސްނާލަ މި މާރުކޭޓްގެ ޙާލަތު އިޞްލާޙުކުރާނެގޮތެއް
މަހޫ
18 January 2018
ވާނެގޮތް.. ތިބުނެލީ ހަގީގަތް.. ހަަަމަ އެގޮތައް ގާޑީޔާތައްވެސް ދީފައިވަނީ ސިޔާސީމީހުން އަދި އަމީހުންގެ ބާރުދަށުގައިތިބޭ މީހުނަށް.. ގާޑިޔާތަކުގެ މޭޒުތައްވެސް ޖަހާފަ މިހާރުހުންނަނީ މަގުމަތީ..
ހަސަން އަލީ
18 January 2018
މީދާ ނުވަންނާނީ ކޮންތާކަށް؟ ދައުލަތުގެ ހަޒާނާވެސް މީދާ އަރާ ދަނީ ކައި ހުސްކުރަމުން
ތުއްތުބެއްޔާ
18 January 2018
ތީ އާކަމެއްނޫން. މިފަހަރު ފޮޓޯ ވެސް ނެގުނީ ވީޑިއޯ ވެސް ކުރެވުނީ.