ޚަބަރު / މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ބޭފުޅަކު އައްޔަން ކުރައްވައިފި

24 ޖެނުއަރީ 2018

11 comments
angry icon 68%

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ގ. ހުދުރުވާ އިދްރީސް އިސްމާއިލް، ޕްރައިވެޓައިޒޭޝަން ބޯޑުން އިއްޔެ އައްޔަންކޮށްފި އެވެ.

އިދްރީސްއަކީ ލޭބަ ޓްރައިބިއުނަލްގެ ކުރީގެ ރައީސެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަނީ ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން ހުސްވެފައިވާ، ހައްޖު ކޯޕަރޭޝަންގެ ބޯޑުގެ މެމްބަރަކަށް އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ ބޭބެ ހުސެއިން ސައީދު ވެސް އައްޔަންކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމު ހުސްވީ، މިހާތަނަށް އެ މަގާމުގައި ހުންނެވި ޔާމީން އިދްރީސް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަކިކުރުމުންނެވެ. ޔާމީންގެ އިތުރުން އެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފަރުހާދު ދާއޫދު ވެސް އެ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރަކަށް ހުސެއިން ސައީދު އިއްޔެ އައްޔަން ކުރެއްވީ ފަރުހާދުގެ ބަދަލުގަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ޔާމީން އަދި ފަރުހާދު ވަކިކޮށް، އެ މަގާމުތަކަށް އާ ބޭފުޅުން ހަމަޖެއްސިއިރު، އެ ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.

އެކަމަކު ޔާމީނާއި ފަރުހާދު ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑަކުން ނުބުނެ އެވެ. އަދި އޭސީސީން ބަލަމުން އަންނަ ފައިސާގެ މައްސަލައާ އެ ދެ ބޭފުޅުންނާ ގުޅުން ހުރި ކަމެއް ވެސް ނޭނގެ އެވެ.

"އަޅުގަނޑުމެން ބަލަމުން އަންނަ ފައިސާގެ މައްސަލާގައި ޒިންމާވާނެ ފަރާތެއް އެނގޭނީ މައްސަލަ ބަލައި ނިމުމުން،" އޭސީސގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެފައިވެ އެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިއާސީ ގަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެކެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.

މީގެ ހަތަރު އަހަރު ކުރިން ހައްޖު ކޯޕަރޭޝަން އުފެއްދީ، ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިނުމުގެ މައްސަލަ ބޮޑުވާން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

11 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުނިޔަ

24 January 2018

މިފަރުވެސް އިދުރީސް އެއްދޯ؟

The name is already taken The name is available. Register?

ޢިދްރީސް

24 January 2018

ތުނިޔަ އެވަރުން އިދްރީސް ބޭރުކުރަން އުޅުނީމަ އަނެއްކާވެސް ހަމަ އިދްރީސްއެއް!

The name is already taken The name is available. Register?

މޯޑް

24 January 2018

އިދްރީސަކީ ވަރަށް އަޚުލާޤު ރަަގަޅު އަދި ޤާބިލް ފޭބުޅެއް!

The name is already taken The name is available. Register?

ތަރަފަނަ

24 January 2018

އަޚުލާގު ރަގަޅު. ވައްކަމެއް ނުކުރާނެ. އެކަމަކު ލީޑަރޝިޕް ކޮލިޓީއެއްނެތް

The name is already taken The name is available. Register?

ޝަޒްރާ އަލީ

24 January 2018

ކޮބާތަ އޭސީސީގެ ރައީސް... އަބަދު މުއައްވިޒު ރަޝީދު........... ރައީސްއަށް ބަސްފުޅު ވިދާޅުވާން ނުކެރެނީތޯ؟ އެފަދަ ނާގާބިލް މީހުން ވަކިކޮށް އިޚްލާސްތެރި ޤާބިލް މީހުން މަގާމުތަކަށް ލާބަލަ ނިކަން

The name is already taken The name is available. Register?

މާތް ބިމުން

24 January 2018

ކުރީގެ 2 މެމބަރުން ވަކިކުރީ 2018ގެ އިންތިޚާބަށް ހައްޖަށްދާން ރައްޔިތުން ދައްކާފަ ހުރި ފައިސާއަށް އަތްބާނަން ދެކޮޅު ހެދުމުންނޭ ބުނާތީ އިވޭ. ޢަދި ކޮރަޕްޝަނޭ ކިޔާފަ ދޮގު ތުހުމަތު ކުރަނީވެސް އެހެންވެ އަގު ވައްޓާލާށޭ ބުނާތީ އިވޭ

The name is already taken The name is available. Register?

އަލިފުއަލިފު2017

24 January 2018

ކޮންމެހެން "ބޭފުޅަކު"އައްޔަންކުރަންޖެހޭތެ. ހަމަ މީހަކު އައްޔަންކޮޢްފިއޭ ލިޔަންވީއެއްނުނ. ނޫނީ އާ އެމްޑީއެއް އައްޔަންކޮށްފިއޭ.

The name is already taken The name is available. Register?

ތެދުފުޅު

24 January 2018

ހެދޭ ނެހެދޭ އެއް ނޭގޭ ތާއެވެ.ތި ނިންމީ އަދި މާ ގޯސް ނިންމުމެކެވެ.

The name is already taken The name is available. Register?

ފާތީ

24 January 2018

އިސްކަންދަރު ސްކޫލުގެ ކުރީގެބެލެނިވެރިއެއްގެ ހައިސިއްޔަތުންބުނެލަންބޭނުން ހުސެން ސައީދަކީ ކުރިމަތިލާ ކޮންމެކަމެއްގައި އިހުލާސްތެރި ތެދުވެރި އަދި ގާބިލްކަން ހުންނާނެ ބޭފުޅެއްކަން ޔަގީން. އެކަމަކު އިސްކަންދަރު ސްކޫލް ދޫކޮށްނުލައްވާތި. ސައީދަކީ އެޑިއުކޭޝަން ފީލްޑަށްލިބިފައިހުރި ވަރުގަދައެސެޓެއްކަންޔަގީން.

The name is already taken The name is available. Register?

ސަލީމް

24 January 2018

ސްޓެލްކޯގެ ޗެއަރމަންގެ މަޤާމުން އައިމަން ވަކިކުރޭ

The name is already taken The name is available. Register?

ނާަމް

24 January 2018

މީނާ އަޑީގައި ހުރެގެން ކުރާ މަސައްކަތަކީ ސްޓެލްކޯ މިހާރުގެ ސީއީއޯ ޒުހޫރު ވަކިކުރުން. ހަމަ ހިލާ ތިކަމެއް ވިޔަކަ ނުދޭނަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!