ފޮރިން މިނިސްޓަރަކަށް އާސިމް މިއަދު އައްޔަންކުރެއްވުމަށް ފަހު އޭނާއާ މަގާމުގެ ލިއުން ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ފޮރިން މިނިސްޓަރުގެ މަގާމަށް، ކުރީގެ ސަފީރު ޑރ. މުހައްމަދު އާސިމް ދެންމެ އައްޔަންކުރައްވައިިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އާސިމް ވަނީ މަގާމުގެ ހުވާކުރައްވާފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އާސިމްއާ މަގާމުގެ ލިއުން ހަވާލުކުރައްވާފަ އެވެ.
ފޮރިން މިނިސްޓަރަކަށް މިއަދު އައްޔަންކުރެއްވި އާސިމް މަގާމުގެ ހުވާ ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޮކްޓޯބަރު 2004 ގައި ހާރިޖީ ދާއިރާއާ ގުޅިވަޑައިގަތް އާސިމް އެންމެ ފަހުން ހުންނެވީ ބަންގްލަދޭޝް އަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރަކަށެވެ. އޭނާ ވަނީ ލަންކާ އާއި ޕާކިސްތާން އަދި އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕިއަން ކޮމިއުނިޓީޒްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ކުރިން އަދާކުރައްވާފަ އެވެ. އަދި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމާއި އެމްބެސެޑަރު އެޓް ލާޖުގެ މަގާމުގައި ވެސް ހުންނެވި އެވެ.
އޭގެ ކުރިން އާސިމް ވަނީ ރައީސް އޮފީހުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެ ގޮތުން، އެ އޮފީހުގެ ޕްރެޒިޑެންޝަލް އެއިޑް ކަމާއި އެމްޕްލޯއިމަންޓް އެފެއާޒްގެ ޑިރެކްޓަރު އަދި ފަހުން އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލްކަން ވެސް ކުރެއްވި އެވެ.
އާސިމް ޕީއެޗުޑީ ހާސިލް ކުރެއްވީ ޕޮލިޓިކަލް ސައެންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ރޮނގުން، ދަ އޮސްޓްރޭލިއަން ނެޝެނަލް ޔުނިވަސިޓީންނެވެ. އަދި އެމެރިކާގެ ދަ ކެލިފޯނިއާ ސްޓޭޓް ޔުނިވަސިޓީން އިންޓަނޭޝަނަލް އެފެއާޒުގެ ދާއިރާ އިން މާސްޓާޒް ވެސް ހާސިލް ކުރެއްވި އެވެ.
ފޮރިން މިނިސްޓަރަކަށް މިއަދު އައްޔަންކުރެއްވި އާސިމް މަގާމުގެ ހުވާ ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ފޮރިން މިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދުންޔާ މައުމޫން މި މަހުގެ 5 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ދުންޔާ އިސްތިއުފާ ދެއްވީ، އޭނާ އޭރު ވިދާޅުވި ގޮތުގައި، މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމާ މެދު ސަރުކާރާ ހިޔާލު ތަފާތުވެގެންނެވެ. އެކަމަކު، އޭރު ވަނީ އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާ ދެމެދު މައްސަލަ ޖެހި، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަން އުފެެދިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފިސާރި ފިރިހެނާ
13 July 2016
ކަނޑު ގަދައިއްޔާ ދުއްވާކަށްނުވާނެ. ކެރޭވަރިއްޔާތާ ފައްސިޔައިގާ ދުއްވޭނީ. ވަރަށް ކެރޭ ބޭފުޅެއް އާސިމަކީ. ގާބިލު ބޭފުޅެއް. ކުރިން ތިއްބެވި ބޭފުޅުންނާ ކޮންމެހެން އަޅާކިޔާނެކަމެއްނެތް. ރަނގަޅަށް ގައުމަށް ފައިދާހުރި ގޮތްގޮތަށް ކަންކަން ކުރެއްވީމާ ރަނގަޅުވާނެ. މީހުން ފާޑުވެސް މިޒަމާނުގަ ކިޔާނެ އާސިމް. ގައުމަށް ވަފާތެރި ބޭފުޅަކަށްވީމާ ރަނގަޅުވާނެ. ފާޑުކިޔަސް ކޮންމެ ކަމަކަށް ރައްދުވެސް ދޭކަށް ނުޖެހޭނެ. އެކަމަކުން ސަލާމަތެއްވެސް ނުވާނެ.
ހޯދާބަލާ
13 July 2016
ޑޜ. ޢާސިމްއެވެ. ތިޔަ އެރުއްވީ ވަރަށް ބާވެ، ދިޔަ ވަމުންގޮސް ފެތެން ކައިރި ވެފައިވާ އޮޑިއަކަށެވެ. ހިތައް އަރާ އެއްޗަކީ ތިޔަ އޮޑީގައި މަނިކުފާނުގެ ބަސް ހިނގާނީ ކިހާ މިންވަރަކަށް ބާވައެވެ. އާދޭހެއް އެބައެޮތެވެ. އަޅުގަނޑު އަޑު އަހާގޮތުން ނަމަ މަނިކުފާނަކީ ވަރަށް މަޑުމަޑުން ވާހަކަ ދައްކަވާ ބޭފުޅެކެވެ. ނަމަނަމަ އެހެން ބަޔަކަށް އަޑު އިވޭގޮތަށް ބާރަށް އެއްޗެކޭ ވިދާޅު ނުވައްޗެވެ. އަނިލްވެސް ތިމަންނައަކީ ނުފޫޒެއް ނެތް ބޭފުޅެއްކަމަށް ވިދާޅުވިތާނ ދެދުވަސް ނުވެއެވެ. މަނިކުފާނުގެ ތިޔަ ފެއްޓެވި ދަތުރުގެވެސް އަމާޒެއް ވާނެކަން ޔަގީނެވެ. އެދެނީ ރަނގަޅު މަންޒިލަކަށް ވާސިލް ވުމެވެ. ރައްޔިތުންނަށް ދެރަގޮތެއް ނަހައްދަވާށެވެ.
ވިސްނާލީމާ
13 July 2016
މަރްހަބާ އާސިމް! -އިބްރާހީމް-
ފަޅުވެރިން
13 July 2016
ޑރ. ޢާޞިމްގެ ކެތްތެރި މިޒާޖާއި، ފާޓުފުޅާ ތަޖުރިބާއިން ޤައުމަށް މަންފާކުރާނެ ކަމުގައި އުންމީދުކުރަން. މާތް ﷲ ޑރ. ޢާޞިމަށް އިތުރު ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރައްވައި، މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ހެޔޮ ތައުފީޤް މިންވަރު ކުރައްވާށި!
މެންޓަލިސްޓް
13 July 2016
ދުންޔާއަށް ވުރެ ތައުލީމީގޮތުން ޙާރިޖީދާއިރާގައި ފުންނާބުއުސްބޭފުޅެށް އާސިމްއަކީ ، ރައީސްޔާމިންގެ ވަރަށް ރަގަޅު ނިންމެވުމެށްކަމަށް ފެންނަނީ . ދެންއެނގިދާނެތާ ބޭރުގެ ފިއްތުންތަކާއި ހެދި ކަނޑުގަދަ ވައިބާރު ދުވަސްވަރެށްމީ ، އާސިމްގެ ހުރިކުޅާދާނަކަމެށް އަޅޭދައްކާލަބަލަ ،
ބުރުތުގާލް
13 July 2016
ދުންޏާ އަކީ ޕީ.އެޗް.ޑީ ނެތަސް އާދައިގެ ބޭފުޅެއްނޫން. އެއީ ފިސާރި ކަނބަލެއް. މީހާތަނަށް ބައިނަލް އަޤްވާމީ ދުނިޔޭގަ ރާއްޖެއަށް ހިފަހައްޓާލެވުނީ އެކަމަނާގެ ކުޅަދާނަފުޅުކަމުން. އެރޮނގުގައި ޑރ. އާސިމް އަށް ދުންޏާ ކައިރީ ފަތިގަނޑުވެސް ފިރުކާވެސްނުލެވޭނެ. ބަލަންތިބޭތި. ޑރ.އާސިމް އަކީ ބަސްމަދު މަޑުމައިތިރި ބޭފުޅެއް. ރައީސް ޔާމީން އަކީ ސިޔާސީ ކުޅި ހިނގާމަގު އެނގިވަޑައިނުގަންނަވާ، އަހުގެ ގޮޅީގައި މަނާ ބައިންދައިގެން ރާޒުވާ ކުޅުއްވަން އުޅޭ ބޭފުޅެއް.
ހެލޯ
13 July 2016
ސުވާލަކީ އަލަށް އައްޔަން ކުރެވުނު ފޮރިންގް މިނިސްޓަރު މީ ބިއުޓިފުލް މައިންޑެއްތޯއެވެ. ނުވަތަ ސްޓޭޓަސް ގެ ބޭނުން ތޯއެވެ.
އިނާޔާ
13 July 2016
މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒް ތެރޭގައި ހިނގަމުންދާ ޖެއްސުންކުރުމާއި ވަކިބައެއްގެ ބާރާއި ނުފޫޒްގެ ވަކިތައް ނިމުމަކަށް އަންނާނެކަމަށް އުއްމީދުކުރެވޭ ޑރ.އާސިމް އަށް މިކަންކަން އަމިއްލަފުޅައް ތަޖްރިބާކުރެވިފައި ވުމުން އެންމެ ފުރަތަމަވެސް ހައްލުކުރާނެ ކަމަކީ މިކަންކަން ކަމުގަ ދެކެން
އަލިބެ
13 July 2016
ފެތިފައި އޮތް ބޯޓަކަށް އަރާ ދިޔަ ހިއްކިދާނެބާ!!!!!!!
މާންބެ
13 July 2016
މަރުހަބާ! ޑރ.ޢާޞިމް. ހިފަހައްޓާލާތި. ގަދަ .......
ގގ
13 July 2016
ޑރ އާސިމަށް މަރުހަބާ ﷲ މަނިކުފާނަށް ހިދާޔަތާއި ތައުފީޤު ދެއްވައި ސަބިތުވެ ހުރުމުގެ ތައުފީޤު ދެއްވާށި!