ކުރީގެ ނައިބު ރައީސް އަދީބު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަނީ. އޭނާގެ މައްޗަށް ވަނީ ތަފާތު އެކި ކުށްތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުން އިއްވާފައި.
ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި މިއަދު އިތުރު 15 ދުވަހުގެ ހުކުމެއް އިއްވައިފި އެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ހުކުމް އިއްވީ އަދީބުގެ މައްޗަށް ކުރާ ރިޝްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގައި މިއަދު ބޭއްވި ސިއްރު ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.
މިއަދު ބޭއްވި އަޑުއެހުން ސިއްރުކޮށްފައި ވާތީ އެކަމާ ބެހޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
ރިޝްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އަދީބުގެ މައްޗަށް ކުރަނީ އޭނާ ސަރުކާރުގައި އުޅުއްވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހޯދުމަށް ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި ދެ ފުލުހަކަށް ރިޝްވަތު ދިން ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
އަދީބުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެގޮތުން މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ނުވަ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެއްގެ އިތުރުން އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނަޖްވާ
31 January 2018
މީނަ އަށް މިހާ ޕަވަރު ދީ މީނަ ކުރިކަން ދިފާއު ކުރަން އޭރު މީހުންނަކަށް ހުކުމެއް ނާދޭތަ؟
ހެހެހެ
31 January 2018
ރިޝްވަތުދޭ މީހާއާއި ދިން މީހާއާއި ހުރިހާ ކަމެއްގެ އަޑީގައި ހުރި މީހާއާއި މައިބަދަ އެއްކޮށް ފުނޑު ފުނޑުވުމުންވެސް ކަމެއްނުވި މީހާއާއި ވެރިކަން ކުރަން ހުރިމީހާއާއި އެންމެން އެބައުޅޭ އެއްގެއެއްގަ. އަދީބަކީ ޖަރީމާތައް ހިންގުވުމަށް މަޤާމެއްދީފަ މޯޓިވޭޓްކޮށް ހުރިހާ ކަމެއްގެ ޒިންމާ އަޅުވާފަ ހުރިމީހާ. އަދީބު ނެތަސް ވައްކަން.ނުހުއްޓޭ ދޯ.
ހެހެހެ
30 January 2018
އަދީބުގެ މައްޗަށް 1000 އަހަރު ހުކުމެއް ކުރިޔަސް އަދީބެއް ހާއެއް ނުވާނެ! މިހާރުވެސް އެހުރީ 30 އަހަރަށް ވުރެ ދިގުހުކުމެއްގައި! ދެން ތިއީ ބޭކާރު ޝަރީއަތްތަކެއް!
23434342343
30 January 2018
ކަލޭމެން ދެން އަދީބަކީ ހީރޯއަކަށްވެސް ހަދާފާނަން ދޯ ހަމަ. ގައުމުގެ ހާލަތު މިފެންނަނީ..
މެންޓަލިސްޓް
30 January 2018
ދެންތިޔައީ ހެއްވާ ތާކުންތާކު ނުޖެހޭ ހުކުމެއްކަން ޙުދު ގާޒީއަށްވެސް އެނގިލައްވާނެ ،،، އެއީ 35 އަހަރަށް ހުކުމްކޮއްފައިހުރިމީހަކަށް އިތުރު 15 ދުވަސް ޖެހިޔަސް ،،، 15 އަހަރުޖެހިޔަސް މާކަބޮޑުތަފާތެއް ނާންނާނެ ،،، ދެންއަނެއްތަންކޮޅަކީ މިވެރިކަން ކިތަންމެ އަވަހަށް ވެއްޓުނަސް އަދީބް ޖަލުންސަލާމަތްވާނެ ،،، އޭނާ ބޭހަށް ދާގޮތަށް ދެންއަންނާނީ ކޯޓްތަކުން ސާފްވެގެން ،،،،، އޭނާބަދަލުވެގެންދާނީ ސެއިންޓަކަށް ،،، ހުދު ފޮލާލީން ފޮތިކޮޅަކަށް ،،، އޭނާގެ ކަރުގައި މާމެލާޢިމެލީގެ ހާރުތަށް އެޅުވިގެންދާނެ ،،،، މީދިވެހިރާއްޖެ ،،، މީއެބުނާ ސުވަރުގެޔަކީ ،،، އެވްރިވަންއިޒް އިނޮސެންޓް ޑިޕެންޑިން އޮން ވިޗް ޕާޓީ ދޭ ރިޕްރެސެންޓް ،،،، މައައްސަލާމާ
އިބްރާ
31 January 2018
ކިތަންމެ ކުޑަ ކުށެއްކުރިއަސް ، ވެރިކަން ބަދަލުވުމުންވެސް ސަލާމަތް ނުވެވޭނެ ބަޔަކީ ދީނީ ކަންކަމޭކިޔައިގެން ބަންދުކުރާ މީހުންނެވެ. އެމީހުންނަކީ ޓެރެރިސްޓުންނޯލައެވެ. ދެންމީހުންމަރާމީހުންނަކީ ޑިމޮކްރަސީ ކުރިއަރުވާމީހުންނަށްވުމުން އެމީހުންނަކީ ކޯޓްތަކުން ނުހަނު ފަސޭހައިން ސަލާމަތްވެވޭ ބަޔަކަށް އަދުމިވަނީ ވެފައެެވެ.
ގުއި
31 January 2018
މޮޔަ ނުގޮވާ. 15 ދުވަސްވެސް 15 މިނިޓްވެސް ޖަހަން ޖެހުނީމަ ޖެހޭނީ ޖަހަން.