ޚަބަރު / ފޮރިން މިނިސްޓްރީ

ރާއްޖެ އަށް ބޭރުގެ ޕްރެޝަރެއް ނެތް، އެއީ ހިޔާލު: ސަރުކާރު

ފޮރިން ސެކްރެޓަރީ އަލީ ނަސީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ރާއްޖެ ވެސް ހިމެނެނީ ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކި މައްސަލަތަކުގައި ބޭރު ގައުމުތަކުން ރާއްޖެ އަށް އަންގާ އެންގުންތަކާއި ދައްކާ ވާހަކަތަކަކީ ސަރުކާރަށް ކުރިމަތިވާ ޕްރެޝަރެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފޮރިން ސެކްރެޓަރީ އަލީ ނަސީރު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރާއްޖެ ވެސް ހިމެނެނީ ގުޅި ލާމެހިފައިވާ ދުނިޔެއެއްގަ އެވެ. ރާއްޖެ އަކީ ކޮމަންވެލްތުގެ މެމްބަރެއް ކަމަށާއި އދ. އާއި އެ ޖަމާއަތުގައި ހިމެނޭ ބައެއް ޖަމިއްޔާތަކުގައި ވެސް ރާއްޖެ ބައިވެރިވެ، ހަރަކާތްތެރި މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންވެ، އެކި ކަންކަމާ ގުޅޭ ގޮތުން ގައުމުތަކުން ދެކޭ ގޮތް އާއްމުކޮށް ހާމަކުރަމުން ދާނެ ކަމަށާއި އެ ކަމެއް ރައްދުވާ ގައުމަކާ ވަކިން ވެސް ވާހަކަ ދައްކާނެ ކަމަށް އަލީ ނަސީރު ވިދާޅުވި އެވެ. ރާއްޖޭން ވެސް ބޭރު ދުނިޔޭގައި އަމަލު ކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ގޮތަށެވެ.

"އެއީ [ރާއްޖޭގެ] ހިޔާލު. އަޅުގަނޑުމެން ދައްކާ ވާހަކަ ރައްދުވާ ގައުމަކަށް ޕްރެޝަރު ކުރުމަކަށް ނޫން އެ ވާހަކަ ދައްކަނީ،" ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން ސެކްރެޓަރީ ވިދާޅުވި އެވެ.

އާ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވި ގޮތުގައި ރާއްޖޭން އަބަދު ވެސް ގެންގުޅެނީ ހަމަހަމަ ހާރިޖީ ސިޔާސަތެކެވެ. ވީހާ ވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހިކޮށް، ރައްޓެހިކަން ބޭއްވުމަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ވަރަށް މުހިއްމު ކަމެކެވެ.

އާ ފޮރިން މުހައްމަދު އާސިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވީހާ ވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހި ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، މި ފަހުން ރާއްޖޭން އަންނަނީ ޗައިނާ އާއި ސައޫދީ އަރަބިއްޔާ ފަދަ ގައުމުތަކާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. ހަމަހަމަ ހާރިޖީ ސިޔާސަތެއް ރަސްމީކޮށް ގެންގުޅުނު ނަމަވެސް، ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރާއްޖޭން ޗައިނާ އަށް އިސްކަން ދޭނެކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެހެންވެ، ހުޅަނގާއި އިންޑިއާ ފަދަ ގައުމުތަކުން ދަނީ އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެ އަބަދު ވެސް ބޭރުގެ ޕްރެޝަރަށް ވެއްޓެނީ އަދި އދ. ފަދަ ޖަމާއަތްތަކުގެ ނިންމުންތައް ރާއްޖެއާ ދެކޮޅަށް އަންނަނީ ހާރިޖީ ސިޔާސަތު ފޭލްވުމުގެ ސަބަބުންތޯ "މިހާރު"ން ދެންނެވުމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަނީ ސަރުކާރުގެ ސިޔާސަތު ރާއްޖޭން ބޭރަށް އަންގައިދޭން ކަމަށެވެ. ސަރުކާރުގެ އިތުރުން، އެހެން ފަރާތްތަކުން ވެސް ރާއްޖެއާ ބެހޭ ގޮތުން ބޭރު ދުނިޔޭގައި މައުލޫމާތު ފަތުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

"[ހާރިޖީ ސިޔާސަތު ފޭލް ނުވެއޭ] މި ދެންނެވީ އދ.ގެ ޖެނެރަލް އެެސެމްބްލީގަ އާއި އެހެން ވެސް ޖަމާއަތްތަކުގައި އަދި ތަރައްގީގެ މަޝްރޫއުތަކުގައި އަޅުގަނޑުމެން ބައިވެރިވަމުން ގެންދޭ،" ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު އާސިމް ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒު ނުކުރަން ގޮވާލައި އީޔޫ އާއި ގުޅިފައިވާ ގައުމުތަކުން ނެރުނު ޑިމާޝް ހުށަހަޅުއްވަން އެ ގައުމުތަކުގެ ސަފީރުން މިދިޔަ ހޯމަ ދުވަހު ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި: މިހާރު އެންމެ ބޮޑަށް ރާއްޖެ އަށް ބޭރުގެ ޕްރެޝަރު އޮތީ މަރުގެ އަދަބުގެ މައްސަލައިގައި.-- ފޮޓޯ: އީޔޫ

މިހާރު އެންމެ ބޮޑަށް ރާއްޖެ އަށް ބޭރުގެ ޕްރެޝަރު އޮތީ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭ މައްސަލައިގަ އެވެ. އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

މިކަން ވެސް ގޮސް ގުޅެނީ ބޭރުގެ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދާ ޝަރުއީ ނިޒާމުގެ އިންސާފުވެރިކަމާއި މިނިވަންކަމާ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާއި އެ ނޫން ވެސް އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ކޮށްފައިވާ ޝަރީއަތްތަކާ ގުޅިގެން ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވަމުން ދެ އެވެ. އަދި ފަރުދުންގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެ ވެސް ބޭރުގެ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

34 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 1%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސލވރ

14 July 2016

އަސްލުތަ؟ އެކަމެއް ނޭނގެ ޔޫ.އެން ގެ ހުރިހާ ޖަލްސާ އެއްގައި އެމެރިކާއިން ވޯޓް ދޭ ކޮޅަށް ވޯޓް ދޭއިރު. އޭގެ މާނައަކީ އެހެން ގައުމުތަކާ ދުރުވުން ކަމުގައި ވީ ނަމަވެސް.

The name is already taken The name is available. Register?

މަގާމްގެ ދަހި

14 July 2016

އެއްގޮތަކަށްވެސް ޕްރެޝަރެއްނެތް. ދެއްތޯ.

The name is already taken The name is available. Register?

ސިއްދީގު

14 July 2016

ފޮރިން މިނިސްޓަރު ޓީ ވީ އަށް އަރާ ޕްރެޝަރެއް ނެތޭ ވިދާޅުވީމަ ނޫސްކިޔާ މީހުން ހާދަ ވަރެއް އެބަހުއްޓޭދޯ. އެހެން އެމަނިކުފާނު އެ ވިދާޅުވީ ނޫސްކިޔާ މީހުންނަކަށް ނޫނޭ! ތިބޭނެ ނޫސް ނުކިޔާ ހަމައެކަނި ޓީ ވީ އެމް ބަލާލައިގެން އުޅޭ ޕީޕީ އެމް ކުދިންކޮޅެއް، އެ މީހުންނަށް އިވޭނީ ހަމައެކަނި ޓީ ވީ އެމުން ކިޔާ ޚަބަރު. އޭގަ ކޮންމެ އެއްޗެއްކިޔަސް އެމީހުން ގަބޫލްކުރާނެ. އެމީހުން ދެވަނަ ވިސްނުމަކަށް ދާކައް ބޭނުމެއްނުވާނެ.

The name is already taken The name is available. Register?

ޢާރިޝް

14 July 2016

ސާބަސް ފުރަތަމަވެސް ރައީސްގެ ވާހަކަފުޅުދޮގުކުރެއްވީ.

The name is already taken The name is available. Register?

ޒަލީފް

13 July 2016

ދެން ދެނޭވާ ދޭތެރެއިން ޔާމީނު އަރާ އެ ކިޔަނީ ކޯއްޗެކޭތަ؟ ބޭރުން ކިތަންމެ ޕްރެޝަރ ކުރިޔަސް މަރުގެ ހުކުމް ތަންފީޒު ކުރާނަމޭ ކިޔާފަ؟ ޕްރެޝަރު ނެތިއްޔާ އެހެން އެކިޔަނީ ކީއްވެ؟ ތާއީދު ހޯދަން ޖައްސާ ސްޓަންޓެއްތަ؟ ނޫނީ ހަމައިން ކަޓާފަ ހުރެގެން ކިޔާ އެއްޗެއްތަ؟

The name is already taken The name is available. Register?

ހަވާނަފްސު

13 July 2016

ރައީސް ޔާމީނު އެއްމެ ފަހުން ގައުމާ މުހާތަބުކޮށް ދެއްކި ވާހަކައިގައި ވިދާޅުވީ - އެތެރެއާއި ބޭރުގެ ޕްރެޝަރުތައް ނުހަނު ބޮޑު ކަމަށް - .. އާ ފޮރިން މިނިސްޓަރު ތިޔަ ދޮގު ކުރައްވަނީ ރައީސްގެ ވާހަކަތައް..

The name is already taken The name is available. Register?

ސިއްދީގު

13 July 2016

މަނިކުފާނަކީ ދިވެހިރައްޔިތުން ނަށް ތެދުވެރި ވަފާތެރިއެއް ކަން ތިޔަސާބިތުކޮއްދިނީ އެވެ. ސުކުރިއްޔާ ވަރަށް ވަރަވެދުން

The name is already taken The name is available. Register?

ރެފުޖީ

13 July 2016

އެހެންތަ! ނެއްތަ އެއްވެސް ޕުރެސަރެއް ރައްޔިތުން ނަށް ތެދުހާމަކޮށް ދިނީތީ ވަރަށް ވެދުން

The name is already taken The name is available. Register?

މާލޭބެއްޔާ

13 July 2016

ރާއަޖެ އަކީ ދުނިޔޭގެ ގަދަ އެއްބާރު ވީމަ ދުނިޔޭގެ ކުދި ގައުމުތަކުން ބިރުގަނޭ މި ގައުމަށް ޕްރެޝަރ ކުރަން އެހެން ވީމާކޮން ޕްރެޝަރ އެއްތޯ އޮންނާނީ....ހެހެހެ

The name is already taken The name is available. Register?

މަންސޫރު

13 July 2016

ރާއްޖޭގައި ކަނޑެއްވެސް ނެތް.

The name is already taken The name is available. Register?

ޖހ

13 July 2016

ރާއްޖެއަކީ ހިޔާލެއް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!