ޖުލައި 25-29އަށް މަގު ބަންދުކޮށްގެން މަސައްކަތެއް ނުކުރެވޭނެ: މިނިސްޓްރީ

މިނިވަން ދުވަހުގެ މުނާސަބަތުގައި ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު މަގުތައް ބޭނުން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި މަހު 25 ވަނަ ދުވަހުގެ ރެއިން ފެށިގެން 29 ޖުލައިއާ ހަމައަށް މަގުތައް ބަންދުކޮށްގެން އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.


މިނިވަން ދުވަހުގެ މުނާސަބަތުގައި ފަސް ދުވަސް ބަންދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި އެ މުއްދަތުގެ ތެރޭގައި މަގު ބަންދުކޮށްގެން މަގުމަތި ކޮނުމާއި ފައުންޑޭޝަނާއި ޝީޓު އެޅުން ފަދަ މަސައްކަތަށް ހުއްދައެއް ދުލެއް ނުކުރާނެ އެވެ. އެއީ މާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ކުޅިވަރުތަކާއި އެ ކުޅިވަރުތައް ބަލަން ނިކުންނަ އަދި ހިނގާ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.