ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަތަރު ކުންފުންޏަކަށް ދީފި

ރާއްޖޭން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އަމިއްލަ ހަތަރު ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.


އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޒައީ ގްރޫޕަށެވެ. މިއިން ކޮންމެ ޖަމާއަތަކަށް ހުއްދަ ދިނީ 100 މީހުން ހައްޖަށް ގެންދިއުމަށެވެ. އެއީ މީހަކަށް 69،965ރ. ގެ މަގުން ފައިސާ ނަގައިގެން ހައްޖަށް ގެންގޮސްދޭ ގޮތަށެވެ.

ހައްޖަށް ގެންދަން ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް އާއްމުކޮށް ދޭ 1،000 މީހުންގެ ކޯޓާގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި ލިބެނީ ސަރުކާރުގެ ކުންފުނި ހައްޖު ކޯޕަރޭޝަނަށެވެ.