ސައިރިކްސް ކޮލެޖުން އިސްކަންދަރު ސްކޫލްގެ ދަރިވަރުންނަށް މިއަދު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން: މީގެކުރިން ވެސް އެފަދަ ޕްރޮގްރާމްތަކެއް ސައިރިކްސުން ކުރިއަށް ގެންދިޔަ --ފޮޓޯ/ސައިރިކްސް
17 މާޗް 2018 - 20:32
ޓެކްނޮލޮޖީ އަށް ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި ސައިރިކްސް ކޮލެޖުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އިސްކަންދަރު ސްކޫލްގެ ދަރިވަރުންނަށް ޓްރެއިނިން ސެޝަނެއް މިއަދު ބާއްވައިދީފި އެވެ.
"ޓެކްނޮލޮޖީ އެންމެންނަށް"ގެ ނަމުގައި ސައިރިކްސް ކޮލެޖުން ހިންގާ އެ ޕްރޮގްރާމްގައި އިސްކަންދަރު ސްކޫލްގެ ގްރޭޑް 5-9 ގެ ދަރިވަރުންނަށް މިއަދު ވަނީ ސެޝަންތަކެއް ބާއްވައިދީފަ އެވެ. ސެޝަންތައް ބޭއްވީ ސައިރިކްސްގެ ވައިސް ރެކްޓަ މުހައްމަދު ޝަރީފެވެ.
ޓެކްނޮލޮޖީ އެންމެންނަށް ޕްރޮގްރާމްގެ ދަށުން ކުރިން ވެސް ސައިރިކްސް ކޮލެޖުން ވަނީ ވޯކްޝޮޕްތަކެއް ބާއްވައިފަ އެވެ. އެ ޕްރޮގްރާމަކީ އެ ކޮލެޖަށް 23 އަހަރު ފުރުމާ ގުޅިގެން ހިންގަން ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމަކީ ހިލޭ ސާބަހަށް ހިންގާ ޕްރޮގްރާމެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް