އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޑރ. ޔޫސުފް ބިން އަހުމަދު އަލް އުތަމައިން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.


އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ވިދާޅުވީ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރެވެ.

ފޮރިން މިނިސްޓްރީން ބުނީ ސެކްރެޓަރީ ޖެނެރަލްގެ މިދަތުރުގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ދަތުރުގައި އޯއައިސީ ސެކްރެޓަރީ ޖެނެރަލް ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ލެކްޗަރެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.