މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ތެރެއިން--ފޮޓޯ:ފައިލްފޮޓޯ/މިހާރު
އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި، ރާއްޖެ އިން ބޭރުގައި ވޯޓުލާން ބޭނުންވާ މީހުން އެ ކަމަށްޓަކައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އީސީން ނެރެފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ވޯޓު ލުމަށްޓަކައި ރަޖިސްޓްރީ ކުރަން ބޭނުންވާ މީހުން އެ ކަމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ އިންތިޒާމު އެ ގައުމުތަކުގައި މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމަ އަށް ހަމަޖެހިފައިވާނެ އެވެ.
ރަޖިސްޓްރީ ކުރެވޭނީ "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމް" ފުރާފައި ހުށަހެޅުމުންނެވެ. ރަޖިސްޓަރީވުމަށް އެދޭ ފޯމް އެ ކޮމިޝަނުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް އީސީން ބުންޏެވެ.
ފޯމު ލިބެންހުންނާނީ އިންޑިޔާގެ ޓްރިވެންޑްރަމް ކޮންސިއުލޭޓް އޮފީހުން، އިންޑިޔާ ގަޑިން ހެނދުނު 10:00 އިން ހަވީރު 3:00 އަށެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީން، ލަންކާ ގަޑިން ހެނދުނު 9:30 އިން ހަވީރު 3:30 އަށް ލިބެން ހުންނާނެ އެވެ.
މެލޭޝިޔާގައި ނަމަ ފޯމު ލިބޭނީ ކުއާލަ ލަމްޕޫރްގައި ހުންނަ ރާއްޖޭގެ އެމްބަސީން، މެލޭޝިޔާ ގަޑިން ހެނދުނު 9:30 އިން ހަވީރު 3:00 އަށެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީން އެ ތަނުގެ ގަޑިން ހެނދުނު 10:00 އިން ހަވީރު 4:30 އަށް ފޯމު ލިބެންހުންނާނެ ކަމަށް އީސީން ބުނެ އެވެ.
ފޯމާއެކު ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އަދި އެހެން މީހެއްގެ ފޯމު ހުށަހަޅަން ދާ ނަމަ، ފޯމު ހިފައިގެން ދާ މީހާ ވެސް، އެ ފަދަ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހޭނެ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނި ގޮތުގައި ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައި ވިޔަސް، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލާން ބޭނުންވާ ނަމަ އެކަމަށް ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މީކޮންހަމައެއް
18 July 2018
ބެންގަލުރުގަ ތިބެފަ ޓްރެވެންޑުރަމްއަށް ދާންމިޖެހެނީ ފޯމުލާން ކިހާހެއްވާ!
އަލީ ނަސީމް
18 July 2018
އެމެރިކާގަ ހުރެފަ، މިދާންޖެހެނީ، ލަންޑަން އައް!